Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އިނގިރޭސިވިލާތް

އެމެރިކާ ކުންފުނިތަކުން އިނގިރޭސިވިލާތަށް 1.7 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

ޓްރަމްޕްގެ ދަތުރުފުޅުގެ ކުރިން އިނގިރޭސިވިލާތަށް 1.25 ބިލިއަން ޕައުންޑުގެ އިންވެސްޓްމަންޓް ދިނުމަށް ނިންމާފައިވާ ކުންފުނި ތަކުގެ ތެރޭގައި ޕޭޕާލް، ބޭންކު އޮފް އެމެރިކާ، ސިޓިގްރޫޕް އަދި އެސް އެންޑް ޕީ ގްލޯބަޕް ފަދަ ކުންފުނިތައް ހިމެނެ އެވެ.

އެމެރިކާގެ މާލީ ކުންފުނިތަކުން ޓްރަމްޕްގެ ދަތުރުފުޅުގެ ކުރިން ބްރިޓަނަށް 1.69 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ގެންނަން ނިންމައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ސެޕްޓެމްބަރު 2025 | ހޯމަ 04:18
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގެ ކުރިން، އެމެރިކާގެ މާލީ ކުންފުނިތަކުން އިނގިރޭސިވިލާތަށް 1.7 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓް ދީފައިވާ ކަމަށް ހާމަ ކޮށްފި އެވެ.

ޓްރަމްޕްގެ ދަތުރުފުޅުގެ ކުރިން އިނގިރޭސިވިލާތަށް 1.25 ބިލިއަން ޕައުންޑުގެ އިންވެސްޓްމަންޓް ދިނުމަށް ނިންމާފައިވާ ކުންފުނި ތަކުގެ ތެރޭގައި ޕޭޕާލް، ބޭންކު އޮފް އެމެރިކާ، ސިޓިގްރޫޕް އަދި އެސް އެންޑް ޕީ ގްލޯބަޕް ފަދަ ކުންފުނިތައް ހިމެނެ އެވެ.

އިނގިރޭސިވިލާތުގެ ޑިޕާޓްމަންްޓް އޮފް ބިޒްނަސް އެންޑް ޓްރޭޑް އިން ބުނެފައިވާ ގޮތުގައި، މި އިންވެސްޓްމަންޓުގެ ސަބަބުން ލަންޑަން، އެޑިންބަރާ، ބެލްފާސްޓާ އަދި މެންޗެސްޓަރގައި 1،800 ވަޒީފާ އުފެދޭނެ އެވެ. އަދި މިއީ ދެ ޤައުމުގެ މާލީ ގުޅުން އިތުރަށް ބަދަހި ވެގެންދާނެ ކަމެއްގެ ގޮތުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

ބޭންކު އޮފް އެމެރިކާ އިން، ފުރަތަމަ ފަހަރަށް ނޮދަން އަޔަލެންޑުގައި އޮޕަރޭޝަނެއް ފަށައި، ބެލްފާސްޓުގައި 1000 ވަޒީފާ އުފައްދާނެ އެވެ. ސިޓިގުްރޫޕުން 1.1. ބިލިއަން ޕައުންޑު އިނގިރޭސިވިލާތުގެ އޮޕަރޭޝަންތަކަށް އިންވެސްޓް ކުރުމަށް ރާވާފައިވެ އެވެ.

އެސް އެންޑް ޕީ ގްލޯބަލް އިން މެންޗެސްޓަރ ގައި ހަތަރު މިލިއަން ޕައުންޑަށް ވުރެ ގިނަ އަދަދެއްގެ އިންވެސްޓްމަންޓް ގެނެސް، 200 ދާއިމީ ވަޒީފާ އުފައްދާނެ އެވެ. ބްލެކްރޮކް އިން އަންނަ އަހަރު އިނގިރޭސިވިލާތަށް ހަތް ބިލިއަން ޕައުންޑު އިންވެސްޓް ކުރުމަށް ރާވައި، އެޑިންބަރާގައި އައު އޮފީހެއް ހުޅުވައި، މުވައްޒަފުންގެ އަދަދު ގާތް ގަނޑަކަށް ދެގުނަ ކުރާނެ އެވެ.

އިނގިރޭސިވިލާތުގެ ވިޔަފާރީގެ ވަޒީރު ޕީޓާ ކައިލް ވިދާޅުވެފައިވާ ގޮތުގައި، މިއީ އެމެރިކާއާ އެކު ގޮތް "ގޯލްޑަން ކޮރިޑޯ"ގެ ޚަރުދަނާކަން ދައްކުވައިދޭ ކަމެކެވެ. މާލީ ވަޒީރު ރޭޗަލް ރީވްސް ވިދާޅުވެފައި ވަނީ، މި އިންވެސްޓްމަންޓު ތަކަކީ އިނގިރޭސިވިލާތުގެ ހުރިހާ ސަރަހައްދެއްގެ މަސައްކަތްތެރިންނަށް ފައިދާ ކުރާނެ ކަމެއް ކަމަށެވެ.

އިނގިރޭސި ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މި އެއްބަސްވުންތަކުގެ ސަބަބުން ދެ ޤައުމުގެ ދެ މެދުގައި 20 ބިލިއަން ޕައުންޑުގެ ވިޔަފާރި ކުރެވޭނެ އެވެ. މީގެ އިތުރުން، އެމެރިކާގެ ވޮޝިންޓަންގައި ހުންނަ އިނގިރޭސިވިލާތުގެ އެމްބަސީ އިން ބުނެފައި ވަނީ، ދެ ޤައުމުގެ ޓެކްނޮލޮޖީގެ ދާއިރާގެ ގުޅުން ބަދަހި ކުރުމަށް އައު އެއްބަސްވުމެއްގައި ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި ސޮއި ކުރެވޭނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ އަންގާރަ ދުވަހު އެވެ. އިނގިރޭސިވިލާތަށް ޓްރަމްޕް ކުރައްވާ ދަތުރުފުޅު ތިން ދުވަހަށް ދެމިގެން ދާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.

މަސްދަރު: ރޮއިޓަރސް

ޑޮނަލްޑް ޓްރަމްޕްއެމެރިކާ-ބްރިޓަންލަންޑަންބޭންކް އޮފް އެމެރިކާ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު