Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޕީޕީއެމް

މި ވެރިކަމާއި މެދު ރައީސް ޔާމީން: ފަނޑު ނޫކުލައިން ގެނުވީ ބަލިމަޑުކަމާއި ހައިހޫނުކަން!

ކުރީގެ ރައީސް ޔާމީން ވިދާޅުވީ ޝަކުވާ ނޫން ކަމެއް ދިވެހިރާއްޖޭގައި އުފުލާނެ ޖާގަ މިހާރު ނެތް ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 21 އޯގަސްޓު 2025 | ބުރާސްފަތި 17:46
 ކުރީގެ ރައީސް އަބްދުﷲ ޔާމީން،  ޕީއެންއެފް އިން ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި "ވޭކް އަޕް" ޖަލްސާގައި ވާހަކަދައްކަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޕީއެންއެފް އިން ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި "ވޭކް އަޕް" ޖަލްސާގައި ވާހަކަދައްކަވަނީ

ފަނޑު ނޫކުލައިން ރާއްޖެ އަށް ގެނުވީ ބަލިމަޑުކަމާއި ހައިހޫނުކަން ކަމަށް ފާހަގަކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ޕީއެންސީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މި މޭރުމުން ވާހަކަދައްކަވާފައި ވަނީ ޕީއެންއެފް އިން ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި "ވޭކް އަޕް" ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ޅެން ބައިތަކުން ޕީއެންސީގެ ވެރިކަން ސިފަކޮށްދެއްވަމުން ރައީސް ޔާމީން ވަނީ ކުރިން ފެނުނު ޕީޕީއެމްގެ ވެރިކަމަކީ ބަހާރު މޫސުން ކަމަށް ސިފަކުރައްވާފަ އެވެ.

Advertisement - newsAdvertisement

އެގޮތުން، އޭރު ދިވެހިން ނަލަ ފިނިފެންމަލާއި އަސުރުމާ ކުލައިގެ ޖާދޫ ދެކެފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. މި ފަދައިން އެ މަނިކުފާނު ވިދާޅުވީ އެ މަނިކުފާނުގެ އަމިއްލަފުޅު ވެރިކަމަކީ ފޮނި ދުވަސް ވަރެއް ކަމަށް ސިފަކުރައްވާ ވާހަކަދައްކަވަމުންނެވެ.

އެހެންނަމަވެސް އޭރު ލިބުނު ފޮނިކަން ބަޔަކަށް ކަމު ނުދިޔަ ކަމަށް ކުރީގެ ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އަދޮ އޭރުގެ ވެރިކަމުގައި ވެސް ބަޅިނދާއި ކޮކާތައް ފޮނިބޯން އައި ކަމަށް ވެސް އެ ޅެންބައިތުގައި ރައީސް ޔާމީން ވިދާޅުވި އެވެ. މިހެން އެ މަނިކުފާނު ވިދާޅުވީ އެ ވެރިކަމުގައި މަންފާ ހޯދަން ބައެއް އުޅުނު ކަަމަށް ފާހަގަކުރައްވަ އެވެ. އެއަށް ފަހު ދެން އައީ ފަނޑު ނޫކުލައިގެ ވެރިކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ފަނޑު ނޫކުލައިން ގެނުވައިފިއޭ ބަލިމަޑުކަމާއި ހައި ހޫނުކަން. ގަޑުބަޑު ނުކޮށް ފައްކާވިއޭ ވައުދާއި ކޮރަޕްޝަން ގައި ގޯޅިކޮށް. މިއީ ފިނިފެންމާ ކުލަ ނައްތާލާފައި ފަނޑު ނޫކުލަ މަޑު ނޫކުލަ، ކުލައިގެ އަސަރު ވެސް ނެތް ކުލަ އައުމުން ވާގޮތް. ސިނަމާލެ ބްރިޖުގައި ފަނޑު ނޫކުލަ ޖެހުމަކުން އެތަން އަދި ރައީސް މުއިއްޒުގެ ތަރިކަ މުދަލަކަށް ނުވެއޭ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

އިތުރަށް ކުރީގެ ރައީސް ޔާމީން ވިދާޅުވީ ޝަކުވާ ނޫން ކަމެއް ދިވެހިރާއްޖޭގައި އުފުލާނެ ޖާގަ މިހާރު ނެތް ކަމަށެވެ. އަދު އަނދިރި ދައުލަތެއްގެ ފަރާތުން މިހާރު ހިންގަމުންދާ ބޭއިންސާފުގެ ނަތީޖާއަކަށް ވެގެން ދަނީ ދިވެހިރައްޔިތުން ފުނޑިގެން ދިއުން ކަމަށް އެ މަނިކުފާނު ވިދަޅުވި އެވެ. އަދި ވެރިންގެ ޖީބުތައް ފަލަވެގެން މިދަނީ ރިޝްވަތުގެ ފައިސާއިން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއި އެކު ރައްޔިތުންގެ ހާލަތު ދަށަށް ދާ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމިންރައީސް މުއިއްޒުޕީއެންސީޕީއެންއެފްޕީޕީއެމް

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާ އަށް ނުކުތުމުން ރައީސް މުއިއްޒު އަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެ އަށް އަރަން އުޅުނުހެން: ރައީސް ޔާމީން

މަސްވެރިން މުޒާހަރާ އަށް ނުކުތުމުން ރައީސް މުއިއްޒު އަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެ އަށް އަރަން އުޅުނުހެން: ރައީސް ޔާމީން

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު