Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޢަބްދުﷲ ޝާހިދު

ޝާހިދު، އދ ގެ ސެކެރެޓަރީ ޖެނެރަލް އާއި ބައްދަލުކުރައްވައިފި

އިންޓަނޭޝަނަލް ކޮމިއުނިޓީ އޯގަނައިޒޭޝަންގެ 'ފޮރ އަވަރ ފިއުޗަރ' ރިޕޯޓާއި ބެހޭ މައުލޫމާތުވެސް ޝާހިދު އދގެ ސެކެރެޓަރީ ޖެނެރަލް އާއި ހިއްސާކުރެއްވި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 5 ޑިސެމްބަރު 2025 | ހުކުރު 12:23
އަބްދުالله ޝާހިދު، އދގެ ސެކެޓްރީ ޖެނެރަލްއާއި ބައްދަލުކުރައްވައިފި

އަބްދުالله ޝާހިދު، އދގެ ސެކެޓްރީ ޖެނެރަލްއާއި ބައްދަލުކުރައްވައިފި

އެމް.ޑީ.ޕީ ގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، އދގެ ސެކެރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓިރޭޒް އާއި ނިއުޔޯކްގައި ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި ޝާހިދު އާއި ގުޓިރޭޒް ވަނީ ޝާހިދުގެ ރިޔާސަތުގެ ދަށުން އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަން ކުރިއަށްދިޔަ އިރު، ދެބޭފުޅުން އެކުގައި ކުރެއްވި މަސައްކަތްޕުޅަށާއި، އޭރު ޝާހިދު ފެއްޓެވި ބައެއް މަސައްކަތްޕުޅުތައް މިހާރު ގޮސްފައިވާ ހިސާބާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ. އަދި އިންޓަނޭޝަނަލް ކޮމިއުނިޓީ އޯގަނައިޒޭޝަންގެ 'ފޮރ އަވަރ ފިއުޗަރ' ރިޕޯޓާއި ބެހޭ މައުލޫމާތުވެސް ޝާހިދު އދގެ ސެކެޓްރީ ޖެނެރަލް އާއި ހިއްސާކުރެއްވި އެވެ.

Advertisement - newsAdvertisement

އދގެ މެމްބަރު 70 ޤައުމާއި އދގެ ބައެއް ޖަމްއިއްޔާތަކުން ބައިވެރިވި ރަސްމިއްޔާތެއްގައި ޝާހިދު ވަނީ މި ރިޕޯޓާއި ގުޅޭ ގޮތުން ކީނޯޓް ސްޕީޗެއް ވެސް ދެއްވާފަ އެވެ. އެރަސްމިއްޔާތުގައި ޝާހިދު ދެއްކެވި ވާހަކަފުޅުގައި، ޒަމާނީ މައްސަލަތަކަށް ހައްލު ހޯދުމުގައި ޒުވާނުންގެ ދައުރު ފުޅާކުރުމާއި ބެހޭ ގޮތުން ވާހަކަ ދެއްކެވި އެވެ. ޚާއްސަކޮށް، މިއަދުގެ މައްސަލަތަކަށް ހޯދާ ހައްލުތަކާއެކު ގިނަ ދުވަހު އެހައްލުތަކުގެ ނަތީޖާ ތަހައްމަލުކުރަން ޖެހޭނީ މިއަދުގެ ޒުވާނުންކަން ފާހަގަކޮށް، ޒުވާނުން ކުރިއެރުވުމަށް އަދި އދގެ ތެރޭގައި ޒުވާނުން ބާރުވެރިކުރުމަށް ޝާހިދު ފެއްޓެވި މަސައްކަތްޕުޅު، ޝާހިދަށްފަހު އދ ގެ އާއްމު މަޖިލީހުގެ ރިޔާސަތާއި ހަވާލުވާ ބޭފުޅުންވެސް ކުރިއަށް ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ފޮރ އަވަރ ފިއުޗަރ ރިޕޯޓަކީ މިދިޔަ އަހަރު އދއިން އެޑޮޕްޓްކުރި ޕެކްޓް ފޮރ ދަ ފިއުޗަރ އާއި ގުޅުވައިގެން، ބައިނަލްއަޤްވާމީ ސުލްހައަށް މަސައްކަތްކުރާ ޖަމްއިއްޔާއެއްކަމަށްވާ އިންޓަނޭޝަނަލް ކޮމިއުނިޓީސް އޯގަނައިޒޭޝަނުން ނެރުނު ރިޕޯޓެކެވެ.

އަބްދުﷲ ޝާހިދުއެންޓޯނިއޯ ގުޓެރެސްޔޫއެން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު
08 ޑިސެމްބަރު 2025

އދގެ އާއްމު މަޖިލީހުގެ ރައީސުންގެ ކައުންސިލްގެ ބައްދަލުވުމުގައި ޝާހިދު ބައިވެރިވެވަޑައިގެންފި

08 ޑިސެމްބަރު 2025
އދގެ އާއްމު މަޖިލީހުގެ ރައީސުންގެ ކައުންސިލްގެ ބައްދަލުވުމުގައި ޝާހިދު ބައިވެރިވެވަޑައިގެންފި
07 ޑިސެމްބަރު 2025

ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

07 ޑިސެމްބަރު 2025
ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި
01 ޑިސެމްބަރު 2025

ވަގުތީ ޗެއަރޕަސަން ހޮވުމުގެ މަރުހަލާ ފުރިހަމަ ނުވާތީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އެއް ބޭއްވުމަށް ޝާހިދު އިރުޝާދު ދެއްވައިފި

01 ޑިސެމްބަރު 2025
ވަގުތީ ޗެއަރޕަސަން ހޮވުމުގެ މަރުހަލާ ފުރިހަމަ ނުވާތީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އެއް ބޭއްވުމަށް ޝާހިދު އިރުޝާދު ދެއްވައިފި
24 ނޮވެމްބަރު 2025

ހަރުދަނާ ޑިމޮކްރަސީއަކަށް މުހިއްމީ އިންތިޚާބު އެކަންޏެއް ނޫން: ޝާހިދު

24 ނޮވެމްބަރު 2025
ހަރުދަނާ ޑިމޮކްރަސީއަކަށް މުހިއްމީ އިންތިޚާބު އެކަންޏެއް ނޫން: ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު