Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މައިކްރޮސޮފްޓް

މައިކްރޮސޮފްޓް އިން ޣައްޒާ ގައި މީހުން މެރުމަށް ބާރުދޭތީ މުވައްޒަފުން އިހުތިޖާޖު ކޮށްފި

މައިކްރޯސޮފްޓްގެ މުވައްޒަފުން ޣައްޒާގައި ހިނގަމުންދާ އަނިޔާވެރި ޢަމަލުތަކާ ގުޅިގެން އިސްރާއީލާއެކު ކުރާ ވިޔަފާރި ހުއްޓާލުމަށް ގޮވާލައި، ކުންފުނީގެ މައި އޮފީހުގައި އިހުތިޖާޖުކޮށްފިއެވެ. "ނޯ އެޒުއަރ ފޮރ އަޕާތައިޑް" ގެ ނަމުގައި މުވައްޒަފުން ކުރަމުންދާ މި އިހުތިޖާޖުގައި، މައިކްރޯސޮފްޓްގެ އުފެއްދުންތައް ޣައްޒާގައި އާންމުން މެރުމަށް ބޭނުންކުރެވޭ ކަމަށް ބުނެ ކުށްވެރިކޮށްފައި ވެއެވެ.

ރާއްޖެ އެމްވީ | 20 އޯގަސްޓު 2025 | ބުދަ 13:08
ވޮޝިންޓަންގައި ހުންނަ ސީއާޓަލް ކޮންވެންޝަން ސެންޓަރުގައި އޮތް މައިކްރޮސޮފްޓް ބިލްޑް ކޮންފަރެންސްގެ ބޭރުގައި ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާ ކުރަނީ - 19 މެއި 2025

ވޮޝިންޓަންގައި ހުންނަ ސީއާޓަލް ކޮންވެންޝަން ސެންޓަރުގައި އޮތް މައިކްރޮސޮފްޓް ބިލްޑް ކޮންފަރެންސްގެ ބޭރުގައި ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާ ކުރަނީ - 19 މެއި 2025

މައިކްރޮސޮފްޓް ކޯޕަރޭޝަން އިން، ޣައްޒާ ގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، އިސްރާއީލާއެކު ކުރާ ވިޔަފާރި ހުއްޓާލުމަށް ގޮވާލައި، ވޮޝިންގްޓަންގެ ރެޑްމަންޑްގައި ހުންނަ ކުންފުނީގެ މައި އޮފީހުގައި އެ ކުންފުނީގެ މުވައްޒފުން އިހުތިޖާޖު ކޮށްފިއެވެ.

އިހުތިޖާޖުކުރާ ފަރާތްތައް އެއްވާން ފަށާފައިވަނީ އަންގާރަ ދުވަހުގެ މެންދުރުފަހުގައެވެ. އެމީހުން އެއްވެފައިވަނީ ސިއެޓަލްގެ ކުންފުނީގެ މައި ކެމްޕަހުގެ މައިދާނަކަށެވެ. އެމީހުން ވަނީ ޑެކްލަރޭޝަން އެއް އިއުލާނު ކޮށް، އެމީހުންގެ މަޤްޞަދުތައް ބަޔާންކޮށް، މައިކްރޯސޮފްޓްގެ އިސްވެރިންނަށް މަޝްވަރާގެ މޭޒަށް އައުމަށް ދައުވަތު ދީފައެވެ.

އިހްތިޖާޖު ކުރާ މީހުން ތިބި ސަރަހައްދަށް ފުލުުން ވެސް ވަނީ އައިސްފައެވެ.

އިހްތިޖާޖު ލީޑް ކުރާ ކުރީގެ މައިކްރޮސޮފްޓް ގެ ކުރީގެ މުވައްޒަފެއް ކަމުގައިވާ ހުސާމް ނަޞްރު އިހްތިޖާޖުގައި ވާހަކަ ދައްކަމުން ބުނީ އެމީހުން އެތަނުގައި ތިބެން ޖެހުނީ 22 މަސްދުވަސްވީ ޣައްޒާގެ ނަސްލު ނައްތާލުމުގެ ހަނގުރާމަ އަށް މައިކްރޮސޮފްޓް އިން ވާގިވެރިވެ ބާރު ދޭތީ ކަމުގައެވެ. އަދި މިކަމުގެ ސަބަބުން ފާއިތުވާ ކޮންމެ ގަޑީއިރަކާ އެކީ ކުށެެއް ނެތް އެތައް ކުޑަކުދިން މަރުވަމުންދާތީ ކަމުގައެވެ.

"ނޯ އަޒުއަރ ފޮރ އަޕާތައިޑް" ނަމުގައި މައިކްރޯސޮފްޓްގެ މުވައްޒަފުންގެ ގްރޫޕަކުން އިސްރާއީލާ މައިކްރޮސޮފްޓް އާ އޮންނަ ގުޅުން ކަނޑާލުމަށް ގޮވާލާ މަސައްކަތް ކުރަމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެމީހުން ބުނާ ގޮތުގައި ކުންފުނީގެ އުފެއްދުންތައް ބޭނުން ކުރެވެމުން ދަނީ ޣައްޒާ ގައި އާންމު ރައްޔިތުން މެރުމަށެވެ.

ކުންފުނީގެ ކްލައުޑް ކޮމްޕިއުޓިންގ ޑިވިޜަން ކަމުގައިވާ އެޒުއަރ އިން އިސްރާއީލު ސަރުކާރާއި އަސްކަރިއްޔާގެ އިދާރާތަކަށް، އޮންޑިމާންޑް ސޮފްޓްވެއަރ އަދި ޑޭޓާ ސްޓޯރޭޖް ވިއްކައެވެ.

"ނޯ އެޒުއަރ ފޮރ އަޕާތައިޑް" ގެ އޯގަނައިޒަރުންގެ ތެރެއިން ބައެއް މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. މައިކްރޮސޮފްޓް އިން ބުނާ ގޮތުގައި އެމީހުން ވަކިކުރީ ހުއްދަނެތި ކެމްޕަހުގައި އިވެންޓެއް ބޭއްވުމާއި އިސްވެރިންގެ ވާހަކަތަކަށް ހުރަސްއެޅުމުގެ ސަބަބުންނެވެ.

"މައިކްރޮސޮފްޓް އަކީ ޣައްޒާ ގައި އިސްރާއީލުން ހިންގާ ނަސްލު ނައްތާލުމުގައި އެންމެ ބޮޑަށް ބައިވެރިވާ ޑިޖިޓަލް ހަތިޔާރު އުފައްދާ ފަރާތެވެ،" މައިކްރޮސޮފްޓް ގެ މުވައްޒަފެއް ކަމަށްވާ ނިސްރީން ޖަރާދަތު އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުންޏެވެ.

ބްލޫމްބާރގް އިން ރިޕޯޓު ކުރި މި ޚަބަރުގައި ބުނެފައިވަނީ މިކަމާބެހޭ ގޮތުން މައިކްރޮސޮފްޓް އިން ކޮމެންޓެއް ކޮށްފައި ނުވާ ކަމަށެވެ.

އެހެން ނަމަވެސް މެއިި މަހު އެ ކުންފުނި ޝާއިއު ކުރި ބްލޮގް ޕޯސްޓެއްގައި ބުނެފައިވަނީ މައިކްރޮސޮފްޓް އެޒުއަރ ނުވަތަ އެ ކުންފުނީގެ އޭއައި ޓެކްނޮލޮޖީ ޣައްޒާ ގައި މީހުންނަށް ގެއްލުން ދިނުމަށް ބޭނުން ކޮށްފައިވާ ކަމުގެ ހެތްހެއް ލިބިފައި ނުވާ ކަމަށެވެ.

މައިކްރޮސޮފްޓްއިސްރާއީލް-ޣައްޒާއެޒުއަރހުސާމް ނަޞްރުޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް

22 ނޮވެމްބަރު 2025
އިޒްރޭލުގެ ބާރުގެ ދަށުގައި އޮތް ރަފަޙް ގައި ތިބިި ހަމާސް ގެ ހަނގުރާމަވެރިން އަމާން ނުދޭނެ ކަމަށް ބުނެފި

އިޒްރޭލުގެ ބާރުގެ ދަށުގައި އޮތް ރަފަޙް ގައި ތިބިި ހަމާސް ގެ ހަނގުރާމަވެރިން އަމާން ނުދޭނެ ކަމަށް ބުނެފި

10 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު