Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާގެ އަސާސީ ބޭނުންތައް ފުއްދުމަކީ އިސްރާއީލްގެ ޒިންމާއެއް: އައިސީޖޭ

ޕްރިސައިޑިން ޖަޖް ޔުޖި އިވަސަވާ ވިދާޅުވެފައި ވަނީ، އޮކިއުޕައިން ބާރެއްގެ ގޮތުން އިސްރާއީލް އިން ވަނާީ ސަރަހައްދުގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުއްދައިދޭން ކަމަށެވެ. އޭގެ ތެރޭގައި ކާބޯ ތަކެއްޗާއި، ފެން، ބޯހިޔާވަހިކަން، ތެޔޮ އަދި ޞިއްޙީ ޚިދުމަތްތައް ވެސް ހިމެނޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ބައިނަލްއަގުވާމީ ކޯޓުން ނިންމީ ޣައްޒާގެ މަދަނީ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަކީ އިސްރާއީލުގެ ޒިންމާއެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2025 | ބުރާސްފަތި 08:12
އައިސީޖޭގެ ފަަނޑިޔާރުން ޝަރީއަތުގެ މަޖިލީހެއްގައި

އައިސީޖޭގެ ފަަނޑިޔާރުން ޝަރީއަތުގެ މަޖިލީހެއްގައި

ޣައްޒާ އަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދީ، ފަލަސްޠީނު ރައްޔިތުންގެ އަސާސީ ކަންކަން ފުއްދައި ދިނުމަކީ އިސްރާއީލްގެ ޒިންމާއެއް ކަމަށް، އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖީ) އިން ބުނެފި އެވެ.

އައިސީޖޭ އިން ބުދަ ދުވަހު ނެރުނު ލަފާދޭ ނިންމުމުގައި ބުނެފައި ވަނީ، ޣައްޒާގެ މަދަނީ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައި ދިނުމަކީ އިސްރާއީލްގެ ޒިންމާއެއް ކަމަށެވެ.

ޖުމުލަ 11 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޕެނަލް އިން ނެރެފައިވާ ނިންމުމުގައި ފާހަގަ ކޮށްފައި ވަނީ، އދ އިން ފޯރުކޮށްދޭ އެހީތެރިކަމަށް އެއްބާރުލުން ދިނުމަކީ ވެސް އިސްރާއީލްގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ. އޭގެ ތެރޭގައި ޔުނައިޓެޑް ނޭޝަންސް ރިފީލް އެންޑް ވާކްސް އެޖެންސީ ފޯ ޕަލަސްޠީން ރެފިއުޖީސް އިން ދަ ނިއާ އީސްޓް، (އަންރުވާ) ވެސް ހިމެނެ އެވެ.

ޕްރިސައިޑިން ޖަޖް ޔުޖި އިވަސަވާ ވިދާޅުވެފައި ވަނީ، އޮކިއުޕައިން ބާރެއްގެ ގޮތުން އިސްރާއީލް އިން ވަނާީ ސަރަހައްދުގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުއްދައިދޭން ކަމަށެވެ. އޭގެ ތެރޭގައި ކާބޯ ތަކެއްޗާއި، ފެން، ބޯހިޔާވަހިކަން، ތެޔޮ އަދި ޞިއްޙީ ޚިދުމަތްތައް ވެސް ހިމެނޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ދުނިޔޭގެ ކޯޓުގެ ނަމުން ވެސް މަޝްހޫރު އައިސީޖޭގެ ލަފާ ދޭ ނިންމުން ތަކަކީ ޤާނޫނީ އަދި ސިޔާސީ ބުރަދަން ހުރި ނިންމުންތަކެކެވެ. ނަމަވެސް، މިއީ ތަންފީޒު ކުރުން ލާޒިމު ނިންމުން ތަކެއް ނޫނެވެ. އަދި ކޯޓަށް މި ފަދަ ނިންމުންތައް ތަންފީޒު ކުރުމުގެ ބާރެއް ވެސް ލިބިގެން ނުވެ އެވެ.

އިސްރާއީލް އިން ވަނީ އެ ނިންމުމާ ދެކޮޅު ހަދައިފަ އެވެ. އެގޮތުން އިސްރާއީލް އިން ބުނެފައި ވަނީ، އެ ޤައުމަށް ބައިނަލްއަޤުވާމީ ޤާނޫނުތަކާ އެއްގޮތަށް އަމަލު ކުރަމުންދާ ކަމަށެވެ. އިސްރާއީލް އިން ވަނީ ޣައްޒާގައި އަންރުވާގެ މަސައްކަތްތައް މަނާ ކޮށްފަ އެވެ. މިއީ އެ ޖަމިއްޔާގެ ބައެއް މުވައްޒަފުންނަކީ ހަމާސް ޖަމާއަތުގެ މެމްބަރުން ކަމަށް ތުހުމަތުކޮށް އިސްރާއީލް އިން ނިންމާފައިވާ ނިންމުމެކެވެ.

އައިސީޖީގެ ފަނޑިޔާރުން ފާހަގަ ކުރި ގޮތުގައި އަންރުވާގެ ގިނަ މުވައްޒަފުންނަކީ ހަމާސްގެ މެމްބަރުން ކަމަށް ދައްކުވައިދޭ ހެކި އިސްރާއީލް އަށް ހުށަހެޅިފައި ނެތް ކަމަށެވެ. މިއަހަރުގެ އޭޕްރީލް މަހު އދ އާއި ފަލަސްޠީނުގެ ވަކީލުން މަނީ، މާޗު މަހުން ފެށިގެން މެއި މަހާ ހަމައަށް އިސްރާއީލް އިން އެހީ ވެއްދުން މަނާކޮށްފައިވާ ކަމަށް ބުނެ، އެއީ ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ބުނެފަ އެވެ.

އޭގެ ފަހުން ކޮންމެ ވެސް މިންވަރަކަށް އިންސާނީ އެހީ ވެއްދުމުގެ ހުއްދަ ދީފައި ވީ ނަމަވެސް، އދ ގެ އިސްވެރިން ބުނާ ގޮތުހައި އެއީ ބަނޑުހައި ހޫނު ކަމުގެ ކާރިސާ އަކަށް ވެފައިވާ ސަރަހައްދަށް ބޭނުންވާ މިންވަރަށް ވުރެ މާ މަދު އަދަދެއް ކަމަށެވެ.

މި މަހު އެކުލަވާލެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ވަނީ، ކޮންމެ ދުވަހަކު ވެސް ޣައްޒާ އަށް 600 ޓްރަކްގެ އެހީ ވެއްދުމަށެވެ. ނަމަވެސް، އދ އިން ބުނާ ގޮތުގައި މިހާތަނަށް ޣައްޒާ އަށް ފޮރުކޮށްދެވިފައި ވަނީ މަދު މިންވަރެއްގެ އެހީ އެވެ.

މަސްދަރު: ރޮއިޓާސް

އިސްރާއީލް-ޣައްޒާއައި.ސީ.އައި.ޖޭއަންރުވާހަމާސްޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު