Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް

އިތުރު ދައުރަކަށް ވާދަ ކުރައްވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

19 އޮކްޓޯބަރު 2025 | އާދީއްތަ 07:42

އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު ވެސް ބޮޑު ކަމަށް އޭނާ ވަނީ ވިދާޅުވެފަ.

ނެތަނިޔާހޫ 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިންތިޚާބުގައި ވާދަކުރައްވާ އެ އިންތިޚާބު ކާމިޔާބު ކުރައްވާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 އޮކްޓޯބަރު 2025 | އާދީއްތަ 07:42
އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫ

އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫ

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ، އިތުރު ދައުރަކަށް ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރައްވައިފި އެވެ.

ޗެނަލް 14 ގެ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވެފައި ވަނީ، 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށެވެ. އަދި އެ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު ވެސް ބޮޑު ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އިސްރާއީލްގެ ކަނާއަތު ފިޔައިގެ ޕާޓީ އެއް ކަމަށްވާ ލިކުޑްގެ ލީޑަރުކަން ކުރައްވާ ނަތަންޔާހޫ އަކީ، އިސްރާއީލްގެ ބޮޑު ވަޒީރު ކަމުގައި އެންމެ ދިގު މުއްދަތެއް ވަންދެން ހުންނެވި ފަރާތެވެ. އެގޮތުން 1996 ވަނަ އަހަރުގެ ފަހުން، މެދު ކެނޑުމެއް ނެތި 18 އަހަރަށް ވުރެ ގިނަ ދުވަހު އޭނާ ވަނީ ބޮޑު ވަޒީރުކަން ކުރައްވައިފަ އެވެ.

އެންމެ ފަހުން އޮތް އިންތިޚާބުގައި ނަތަންޔާހޫގެ ޕާޓީ އިން ވަނީ ޤާނޫނު ހަދާ މަޖިލީހުގެ 32 ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އޯތޮޑޮކްސް އެލައިސް އަށް 18 ގޮނޑި ކާމިޔާބު ކުރެވުނުއިރު، ރިލިޖަސް ޒައިއޮނިޒަމް އެލައެންސް އިން ވަނީ 14 ގޮނޑި ކާމިޔާބު ކޮށްފަ އެވެ.

އިތުރު ދައުރަކަށް ވާދަ ކުރައްވާނެކަން ނަތަންޔާހޫ އިއުލާން ކުރައްވާފައިވާއިރު، އެ ޤައުމުގައި އޭނާ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. އެގޮތުން ޣައްޒާގައި އިސްރާއީލް އިން ހިންގަމުން އައި ހަނގުރާމައިގެ ސަބަބުން، ހަމާސް އިން ރަހީނު ކޮށްފައި ތިބި އިސްރާއީލްގެ ރައްޔިތުން މިނިވަން ކުރުމަށް ގޮވާލާ އޭނާގެ ސަރުކާރާ ދެކޮޅަށް އެތައް ހާސް އިސްރާއީލުގެ ރައްޔިތުން އެތައް މުޒާހާރާ އެއް ކޮށްފައިވެއެވެ.

ނަމަވެސް، އިތުރު ދައުރަކަށް ވާދަ ކުރައްވާކަން ނަތަންޔާހޫ އިއުލާން ކުރެއްވިއިރު، މިހާރު ވަނީ ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ޤާއިމު ކޮށްފަ އެވެ. އޭގެ ތެރެއިން ދިރި ތިބި އެންމެން މިނިވަން ކޮށްފައިވާއިރު، މިހާރު ހަމާސް އިން އަންނަނީ މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މަސްދަރު: އޭއެފްޕީ

އިޒްރޭލްޣައްޒާ ހަނގުރާމަބެންޖަމިން ނަތަންޔާހޫ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025
މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
02 ޑިސެމްބަރު 2025

ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި

02 ޑިސެމްބަރު 2025
ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި
02 ޑިސެމްބަރު 2025

ސީރިއާގެ ކަންކަމުގެ ތެރެއަށް އިސްރާއީލް ނުވަނުމަށް ޓްރަމްޕް ގޮވާލައްވައިފި

02 ޑިސެމްބަރު 2025
ސީރިއާގެ ކަންކަމުގެ ތެރެއަށް އިސްރާއީލް ނުވަނުމަށް ޓްރަމްޕް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް