Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީޑިއާ ކޮންޓްރޯލް ކުރާ ބިލު

ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ނުކުރާނެކަމަށް މުއިއްޒު ވިދާޅުވުމަށްފަހު ހަންނާނު ލައްވާ އަނެއްކާވެސް ހަޑި ހާވަނީ

ނޫސްތަކާއި މީޑިއާ ކޮންޓްރޯލް ކުރުމަށް ސަރުކާރުން ހުށަހެޅި ބިލުގައި ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާ ކުރެވޭގޮތަށް ހަމަޖައްސާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 އޯގަސްޓު 2025 | އަންގާރަ 09:24
ނޫސްތަކާއި މީޑިއާ ތައް ކޮންޓްރޯލް ނުކުރައްވާނެކަމަށް ވިދާޅުވުމަށްފަހު އަނެއްކާވެސް މަޖިލީހަށް ވަނީ ބިލެއް ހުށަހަޅާފައި

ނޫސްތަކާއި މީޑިއާ ތައް ކޮންޓްރޯލް ނުކުރައްވާނެކަމަށް ވިދާޅުވުމަށްފަހު އަނެއްކާވެސް މަޖިލީހަށް ވަނީ ބިލެއް ހުށަހަޅާފައި

ނޫސްތަކާއި މީޑިއާ ތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ޤަބޫލުކުރައްވާ ހަމަޔެއްނޫން ކަމަށް ވިދާޅުވުމަށްފަހު އަނެއްކާވެސް ތުޅާދޫދާއިރާގެ މެންބަރު އަބްދުލް ހައްނާނު މެދުވެރިކޮށް ހަޑި ހާވަން ސަރުކާރުން ފަށައިފިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ގެއްލޭގޮތަށް ނޫސްތަކާއި ޓީވީ ތަކާއި، ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރު ފުރަތަމަ ބިލެއް މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އެއިރުވެސް މަޖިލީހަށް ބިލް ހުށަހެޅީ ސަރުކާރުގެ ފަރާތުން ސްޕޮންސަރ ކޮށްގެންނެވެ.

ހަންނާނު ފުރަތަމަ ހުށަހެޅުއްވި ބިލުގައި އެއިރު އޮތްގޮުތުން ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނުން އެކުލަވާލާ ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000 ރުފިޔާ އާއި 50،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ނޫސް މަޖައްލާ ޖޫރިމަނާ ކުރެވޭ އިރު، އަދި ވަކިވަކި ނޫސްވެރިން ވެސް 5،000 ރުފިޔާ އާއި 10،000 ރުފިޔާ އާ ދެމެދުން ޖޫރިމަނާ ކުރެވޭނެއެވެ. އަލަށް ހުށަހެޅި ބިލުގައި ބުނެފައިވަނީ، ސުލޫކީ މިންގަނޑާ ޚިލާފުވީ ބްރޯޑްކާސްޓަރެއް ނަމަ ފާއިތުވި އަހަރުގެ އާމްދަނީގެ 10 އިން ސައްތައިން ޖުރިމަނާ ކުރެވޭނެ ކަމަށެވެ.

އެ ބިލުގައި އޮތްގޮތުން ފަސް އަހަރުގެ ދައުރަކަށް އައްޔަން ކުރާ ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރުވެސް ލިބެނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ނަމަވެސް މީޑިއާތަކުންނާއި ނޫސްވެރިންނާއި އާންމުން އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ސަރުކާރަށް ކުރި ޕްރެޝަރާއެކު އެ ބިލު މަޖިލީހުން ބޭރުކޮށްލިއެވެ. ބިލު އަނބުރާ ގެންދިޔައީ 26 ނޮވެމްބަރު 2024 ގައެވެ.

ސަރުކާރުން ސްޕޮންސަރ ކޮށްގެން ހުށަހެޅި ބިލު ބޭރުކޮށްލުމަށްފަހު އެއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ނޫސްތަކާއި މީޑިއާ ތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ޤަބޫލުކުރައްވާ ހަމަޔެއްނޫން ކަމަށެވެ. އަދި މާތް ވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޚިލާފު ނުވާހާ ހިނދަކު ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުގައި ކޮންމެ ދިވެއްސަކަށް ވެސް އެމީހެއްގެ އަމިއްލަ މިނިވަންކަމާއެކު އެމީހަކު ބޭނުންކަމެއްކޮށް އުޅުމުގެ ޙައްޤު އޮންނާނެ ކަމަށެވެ.

ނަމަވެސް ރައީސް އެހެން ވިދާޅުވިތާ 9 މަސް ފަހުން އަނެއްކާވެސް މެންބަރު ހަންނާނު މެދުވެރިކޮށް ސަރުކާރުން ވަނީ އަލުން އެ ހަޑި ހާވަން ފަށާފައެވެ. މި ބިލުގެ މަސައްކަތް ކުރި އިރު އަންގާވެސް ނުލާ ކުއްލިއަކަށް މަޖިލީހަށް ބިލު ހުށަހަޅާ އެޖެންޑާކޮށް ބަހުސް ވަނީ ފަށާފައެވެ. އަދި ކުރިންވެސް މަޖިލިހުގެ ތެރޭގައި އެ ބިލަކީ ސަރުކާރުން ހުށަހެޅި ބިލެއް ނޫން ކަމަށް ދެއްކި ގޮތަށް ރައީސްގެ ވަފާތެރި މެންބަރުން ދިޔައީ މިފަހަރުވެސް އެ ބިލަކީ ސަރުކާރާއި ގުޅުންހުރި ބިލެއް ނޫން ކަމަށް ދައްކަމުންނެވެ.

ބިލު މަޖިލީހަށް ހުށަހެޅުއްވި އިރު ބިލު ހުށަހަޅާ ސަބަބުގެ ގޮތުގައި ލިޔެފައި އިން މިންވަރަށްވުރެ އިތުރަށް މެންބަރު ހަންންނާނު ބިލުގައި ހުރި ކަންކަމުގެ ވާހަކަ ނުދައްކަވައެވެ. އަދި މުޅިންވެސް ދެއްކެވީ ދީނާ ގުޅުވައިގެން ވާހަކައެވެ.

ރައީސް މުއިއްޒުޢަބްދުﷲ ހަންނާންޕްރެސް ފްރީޑަމްމީޑިއާ ކޮންޓްރޯލްޖުރިމަނާމަޖިލީސް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!
12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު