Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އައިއެސް ހަނގުރާމަ

ތަލްއަފަރގައި އައިއެސް އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކާމިޔާބުކުރެވިއްޖެ: އިރާގްގެ ބޮޑު ވަޒީރު

މިހާރު އައިއެސް ކޮންޓްރޯލް އޮތީ އިރާގާއި ސީރިއާ ބޯޑު ސަރަހައްދުގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2017 | ހުކުރު 03:39
އައިއެސްއާ ދެކޮޅަށް އިރާގުގައި ކުރަމުންދާ ހަނގުރާމައިގެ ތެރެއިން --

އައިއެސްއާ ދެކޮޅަށް އިރާގުގައި ކުރަމުންދާ ހަނގުރާމައިގެ ތެރެއިން --

އިސްލާމިކް ސްޓޭޓް (އައިއެސް)އާ ދެކޮޅަށް ތަލްއަފަރގައި ކުރަމުންދާ ހަނގުރާމަ ކާމިޔާބު ލިބިއްޖެ ކަމަށް އީރާގްގެ ބޮޑުވަޒީރު ހައިދަރު އަލް އަބާދި ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު އަބާދި ނެރުއްވާދައިވާ ސްޓޭޓްމަންޓެއްގައި ވިދާޅުވެފައިވަނީ އައިއެސްގެ އަތްދަށުން ތަލްއަފަރ ސަލާމަތް ކުރެވިފައިވާ ކަމަށެވެ.

"އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިންނަށް އަހަރެމެން ބުނަން އޮތީ ކަލޭމެން ކޮންމެތާކު ވިޔަސް އަހަރެމެން ކަލޭމެންނާ ހަނގުރާމަ ކުރާނަން. އަދި ކަލޭމެންނަށް އަމާންދިނުން ނޫން ގޮތެއްނެތް. އެހެންނޫނީ އޮތީ މަރު،" އަބާދި ސްޓޭޓްމަންޓްގައި ވިދާޅުވެފައިވެއެވެ.

އައިއެސްގެ އަތްދަށުން އިރާގްގެ މޫސަލް ސަލާމަތް ކުރިނަމަވެސް އިރާގާއި ސީރިއާ ބޯޑަރ ސަރަހައްދުގެ ކޮންޓްރޯލް އަދިވެސް އޮތީ އައިއެސްގެ ހަނގުރާމަވެރިންގެ އަތްދަށުގަ އެވެ.

އިރާގުގެ މޫސަލްގެ އަލް ނޫރީ މިސްކިތް އެގައުމުގެ އަސްކަރިއްޔާއިން ހިފައި، އިސްލާމިކް ސްޓޭޓް ޖަމާއަތް ބަލި ކުރެވިފައިވާ ކަަމަށް މިދިއަ ޖޫން މަހު ވަނީ އިއުލާން ކޮށްފަ އެވެ.

އަލް ނޫރީ މިސްކިތަކީ މީގެ ތިން އަހަރު ކުރިން. 29 ޖޫން 2014 ގައި، އިރާގާއި ސީރިޔާގައި ޚިލާފަތެެއް އިއުލާންކޮށް، އިސްލާމިކް ސްޓޭޓް ދައުލަތެެއްގެ ގޮތުގައި އަބޫ ބަކުރު އަލް ބަޣްދާދީ އިއުލާންކުރި ތަނެވެ. މި މިސްކިތުގައި ޚިލާފަތު އިއުލާންކުރި އިރު، ޚިލާފަތުގެ ވެރިއެއްގެ ގޮތުގައި ބަޣްދާދީ ވަނީ އަމިއްލައަށް އައްޔަންވެފައެވެެ.

އިރާގުގެ އަސްކަރިއްޔާ އިން މޫސަލް ހިފުމުގެ އޮޕަރޭޝަން ފެށުމާ ގުޅިގެން، ބަޣްދާދީ މޫސަލް ދޫކޮށްފައިވާ ކަމަށާއި އޭނާ ވަނީ އިރާގާއި ސީރިޔާގެ ބޯޑަރު ސަރަހައްދުގައި ފިލާ ކަމަށްވެސް އިރާގާއި އެމެރިކާގެ ސިފައިން ވަނީ ބުނެފައެވެ. ނަމަވެސް ފަހުން އިރާގުގެ އަސްކަރިއްޔާއިން ވަނީ ބަޣްދާދީ އަވަހާރަކޮށްލެވިފައިވާ ކަމަށް އިއުލާން ކޮށްފަ އެވެ.

އައިއެސް ޖަމާއަތުން 2014 ވަނަ އަހަރު އިރާގާއި ސީރިޔާގައި ޚިލާފަތެއް އިއުލާންކުރި އިރު، ޚިލާފަތާ ގުޅުމަށް މުސްލިމުންނަށް ގޮވާލާފައިވެއެވެ. އެ ޖަމާއަތުގެ ގޮވާލުމަށް ގިނަ ބަޔަކު ވަނީ އިޖާބަދީ، އިރާގާއި ސީރިޔާއަށް ހިޖުރަކޮށްފައިވެއެވެ. މީގެ ތެރޭގައި ބައެއް ދިވެހިންވެސް ހިމެނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު