Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފ. މަގޫދޫ

މަގޫދޫ އިން ރައީސް ޞާލިޙަށް ރަތް ދޫލައިގެ މަރުޙަބާއެއް

ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ރައީސް ޞާލިޙް އަށް މަރުޙަބާ ދެންނެވުމަށް ބަނދަަރަށް ނިކުމެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 އޯގަސްޓު 2025 | އާދީއްތަ 13:08
ފ.މަގޫދޫ އަަށް ރައީސް ޞާލިޙް ވަޑައިގެންނެވުމުން މަރުޙަބާ ދަންނަވަނީ

ފ.މަގޫދޫ އަަށް ރައީސް ޞާލިޙް ވަޑައިގެންނެވުމުން މަރުޙަބާ ދަންނަވަނީ

ފ.މަގޫދޫ ކައުންސިލްގެ ދައުވަތަކަށް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެ ރަށަށް ވަޑައިގެންފި އެވެ.

އާދީއްތަ ދުވަހުގެ ހަވީރު ރައީސް ޞާލިޙު މަގޫދޫ އަށް ވަޑައިގެންނެވީ މަގޫދޫގެ ބަނދަރު މަތީގައި ހަދާފައިވާ ދަތުރުވެރިންގެ ހިޔާ އާއި، ރަސްމީ ފާލަން އަދި ޓްރެކު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށެވެ.

Advertisement - newsAdvertisement

މަގޫދޫ އަށް ރައީސް ޞާލިޙް ވަޑައިގެންނެވުމުން އެމަނިކުފާނަށް ރަތްދޫލައިގެ މަރުހަބާ އެއް ކިޔާފައިވެއެވެ. ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ރައީސް ޞާލިޙް އަށް މަރުޙަބާ ދެންނެވުމަށް ބަނދަަރަށް ނިކުމެފަ އެވެ.

އެގޮތުން ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަޙުމަދު ޙަލީމް (ދޮންބިލެތް) ގެ އިތުރުން، މަގޫދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ވަޙީދު އަދި، ފީއަލީ ކައުންސިލްގެ ރައީސް މޫސާ އަޙުމަދު، ބިލެތްދޫ ކައުންސިލްގެ ރައީސް އަރީހް އިސްމާއީލް ވެސް ވަނީ ރައީސް ޞާލިޙަށް މަރުޙަބާ ދެންނެވުމަށް ބަނދަރަށް ވަޑައިގެންފަ އެވެ.

މަގޫދޫ އަށް ރައީސް ޞާލިޙު ކުރައްވާ މި ދަތުރުފުގައި އެމަނިކުފާނުގެ އަރިހުގައި ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާގެ އިތުރުން، އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސެއިން (ބިގޭ) ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ރައީސް ޞާލިޙުގެ ސަރުކާރުގައި ވަނީ މަގޫދޫގައި ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން އެ ރަށުގައި ވަނީ ފެނާއި ނަރުދަމާ ޤާއިމު ކުރުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފަ އެވެ. މީގެ އިތުރުން އައުޓް ޑޯ ވޮލީ ކޯޓެއް ޤާއިމު ކުރުމުގެ އިތުރުން، ކުޑަ ކުދިންގެ ޕާކެއް ވެސް ވަނީ ޤާއިމު ކޮށްފަ އެވެ.

މީގެ އިތުރުން މަގޫދޫގައި އެއާޕޯޓެއް ޤާއިމު ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. ރައީސް ޞާލިޙުގެ ވެރިކަން ނިމުނުއިރު، އެ މަޝްރޫއުގެ ބޮޑު އިންސައްތައެއްގެ މަސައްކަތް ނިމިފައިވާއިރު، މި ސަރުކާރާ އެކު އެ މަޝްރޫއު ވަނީ ވަރަށް ބޮޑަށް މަޑު ޖެހިފަ އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު