Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ފަހު ވަގުތު ޔުނައިޓެޑު މޮޅުވެއްޖެ، އަމޯރިމް އަށް ކުޑަ ހަމަ ޖެހުމެއް

މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމް ބުނެފައި ވަނީ، މެޗުގައި ޔުނައިޓެޑުގެ ކުޅުންތެރިން ކުރި ހިތްވަރާއި މަސައްކަތާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަަދި ކުޅުންތެރިންގެ ފަރާތުން އެ ފަދަ ހިތްވަރެއް ފެންނަ ކޮންމެ ފަހަރަކު، އެކަމާ އޭނާ ވަރަށް ގަޔާވާ ކަމަށް އަމޯރިމް ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 31 އޯގަސްޓު 2025 | އާދީއްތަ 04:17
މެޗުގައި ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑުގެ ފެނާންޑޭސް އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑުގެ ފެނާންޑޭސް އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މެންޗެސްޓަރ ޔުނައިޓެޑުން ހަމަ ޖެހުމެއް ހޯދައިފި އެވެ.

ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގައި ދެ ފަހަރެއްގެ މަތިން ޔުނައިޓެޑުން ލީޑު ނެގިއިރު ވެސް، ބާންލީ އިން ނަތީޖާ ހަމަހަމަ ކުރި އެވެ. ނަމަވެސް މެޗުގެ ފަހު ވަގުތު ލަނޑު ޖަހައިގެން ޔުނައިޓެޑު ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ލިބުނީ ބާންލީގެ ޖޯޝް ކުލެން އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. ނަމަވެސް ދެ ވަނަ ހާފުގައި ބާންލީ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ދެ ވަނަ ހާފު ފަށައިގެން ދިހަ ވަނަ މިނެޓުގައި ބާންލީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ލައިލް ފޮސްޓާ އެވެ.

އޭގެ ދެ މިނެޓު ފަހުން ޔުނައިޓެޑުން ވަނީ ލަނޑެއް ޖަހައި މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ހޯދައިފަ އެވެ. ޑިއޭގޯ ޑަލޮޓް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޔުނައިޓެޑަށް އެ ލަނޑު ޖަހައިދިނީ ބްރަޔާން އެމްބުއޭމޯ އެވެ. ނަމަވެސް، މެޗުގެ 66 ވަނަ މިނެޓުގައި ބާންލީ އިން ދެ ވަނަ ލަނޑެއް ޖަހައި އަނެއްކާ ވެސް ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޖޭޑަން އެންތަނީ އެވެ.

އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޔުނައިޓެޑުން ތިން ވަނަ ލަނޑެއް ޖަހައިގެން މެޗުން މޮޅުވީ، އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. ބާންލީގެ އޭރިޔާ ތެރެއިން ޔުނައިޓެޑުގެ ކުޅުންތެރިޔަކަށް ކުރި ފައުލަކާ ގުޅިގެން ލިބުނު އެ ޕެނަލްޓީ ކާމިޔާބު ކުރީ ބްރޫނޯ ފެނާންޑޭސް އެވެ.

މިއީ އައު ސީޒަންގެ ޕްރިމިއާ ލީގުގައި ޔުނައިޓެޑަށް ލިބުނު ފުރަތަމަ މޮޅެވެ. ފުރަތަމަ މެޗުގައި އާސެނަލް އަތުން ޔުނައިޓެޑު ބަލިވެފައިވާއިރު، ދެ ވަނަ މެޗުގައި ވަނީ ފުލަމް އަތުން އެއްވަރުވެފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމް ބުނެފައި ވަނީ، މެޗުގައި ޔުނައިޓެޑުގެ ކުޅުންތެރިން ކުރި ހިތްވަރާއި މަސައްކަތާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަަދި ކުޅުންތެރިންގެ ފަރާތުން އެ ފަދަ ހިތްވަރެއް ފެންނަ ކޮންމެ ފަހަރަކު، އެކަމާ އޭނާ ވަރަށް ގަޔާވާ ކަމަށް އަމޯރިމް ބުންޏެވެ.

އިތުރަށް އޭނާ ބުނީ ޔުނައިޓެޑުން ކުޅޭ ކޮންމެ މެޗެއްގައި ވެސް އެވަރަށް ހިތްވަރު ކުރަން ޖެހޭކަން ޤަބޫލު ކުރާ ކަމަށާއި، ރަނގަޅަށް މަސައްކަތް ކޮށްފި ނަަމަ މޮޅުވާނެކަން ޓީމުން ސާބިތު ކޮށްދީފައިވާ ކަމަށެވެ. މެޗު ފަށައިގެން ވެސް ރަނގަޅަށް ކުޅުނު ކަމަަށާއި، ބައެއް ވަގުތު ތަކުގައި އުނދަގޫ ތަކެއް ތަހަންމަލު ކުރަން ޖެހުނު ކަމަށް އަމޯރިމް ފާހަގަ ކުރި އެވެ.

ލީގުގައި ޔުނައިޓެޑަށް ދެން އޮންނާނީ ރަށުން ބޭރުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ.

މެންޗެސްޓަރ ޔުނައިޓެޑްއިނގިރޭސި ޕްރިމިއަރ ލީގުބަރންލީ

ކޮމެންޓް

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފުލަމް އަތުން މޮޅުވެ އާސެނަލް އިން ލީޑު ނަގައިފި

ފުލަމް އަތުން މޮޅުވެ އާސެނަލް އިން ލީޑު ނަގައިފި

19 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު