Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ބްރެންޓްފޯޑް އަތުން ބަލިވެ، ޔުނައިޓެޑުގެ ޙާލަތު ދަށަށް

މި ސީޒަންގެ ޕްރިމިއާ ލީގުގައި ޔުނައިޓެޑުން މިހާތަނަށް ހަ މެޗު ކުޅެފައިވާއިރު، މޮޅުވެފައި ވަނީ ދެ މެޗުންނެވެ. ތިން މެޗުން ބަލިވެފައިވާއިރު، އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. ހަ މެޗުން ހަތް ޕޮއިންޓާ އެކު ޔުނައިޓެޑު އޮތީ 14 ވަނައިގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2025 | އާދީއްތަ 04:15
ޕްރިމިއާ ލީގުގައި ބްރެންޓްފޯޑް އަދި ޔުނައިޓެޑު ކުޅުނު މެޗުގެ ތެރެެއިން

ޕްރިމިއާ ލީގުގައި ބްރެންޓްފޯޑް އަދި ޔުނައިޓެޑު ކުޅުނު މެޗުގެ ތެރެެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، މެންޗެސްޓަރ ޔުނައިޓެޑަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.

ބްރެންޓްފޯޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ 3-1 އިން ޔުނައިޓެޑުގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ބްރެންޓްފޯޑް އިން ދެ ލަނޑު ޖެހިއިރު، ޔުނައިޓެޑުން އެއް ލަނޑު ޖެހި އެވެ. ބްރެންޓްފޯޑުގެ ތިން ވަނަ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި ބްރެންޓްފޯޑަށް ލަނޑު ޖަހައި ލީޑު ނަަގައިދިނީ އިގޯ ތިއާގޯ އެވެ. އެއީ ޖޯޑަން ހެންޑަަސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ 20 ވަނަ މިނެޓުގައި ތިއާގޯ ވަނީ ދެ ވަނަ ލަނޑެއް ޖަހައި ބްރެންޓްފޯޑަށް ލީޑު ފުޅާ ކޮށްދީފަ އެވެ.

ބްރެންޓްފޯޑް އިން ދެ ވަނަ ލަނޑު ޖެހިތާ ހަ މިނެޓު ފަހުން ޔުނައިޓެޑުން ވަނީ ފުރަތަމަ ލަނޑު ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. އެ ލަނޑު ޔުނައިޓެޑަށް ޖަހައިދިނީ ބެންޖަމިން ސެސްކޯ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދޭން ލިބުނު ފުރުސަތުގައި ބްރޫނޯ ފެނާންޑޭސް ޖެހި ޕެނަލްޓީ ކާމިޔާބެއް ނުވި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ބްރެންޓްފޯޑުގެ ތިން ވަނަ ލަނޑު ޖެހީ މަތިއަސް ޖެންސެން އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

މި ސީޒަންގެ ޕްރިމިއާ ލީގުގައި ޔުނައިޓެޑުން މިހާތަނަށް ހަ މެޗު ކުޅެފައިވާއިރު، މޮޅުވެފައި ވަނީ ދެ މެޗުންނެވެ. ތިން މެޗުން ބަލިވެފައިވާއިރު، އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. ހަ މެޗުން ހަތް ޕޮއިންޓާ އެކު ޔުނައިޓެޑު އޮތީ 14 ވަނައިގަ އެވެ. ޔުނައިޓެޑުގެ ނަތީޖާތައް ދަށްވަމުން އަންނާތީ އެ ޓީމުގެ ކޯޗު ރުބެން އަމޯރިމް އަށް އަންނަނީ ޕްރެޝަރު ބޮޑު ވަމުންނެވެ.

މެންޗެސްޓަރ ޔުނައިޓެޑްއިނގިރޭސި ޕްރިމިއަރ ލީގުބްރެންޓްފޯޑު

ކޮމެންޓް

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު