Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ޔުނައިޓެޑު ބަލިކޮށްފި

މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައި ވަނީ، ސިޓީ އިން ބޭނުން ވަނީ ރަނގަޅު ރޫޙެއްގައި ކުރިއަށް ގޮސް، ލީގަށް ވާދަ ކުރަން ކަމަށެވެ. މިވަގުތު ޓީމުގައި އޮޮތީ ރަނގަޅު ރޫޙެއް ކަަމށް ފާހަގަކޮށް ގާޑިއޯލާ ބުނީ، ކޮންމެ ކުޅުންތެރިޔަކު ވެސް ދައްކައި ދިނީ ވަރަށް ރަނގަޅު ހިތްވަރެއް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ސެޕްޓެމްބަރު 2025 | ހޯމަ 04:19
މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ހާލަންޑް އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ހާލަންޑް އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން، މެންޗެސްޓަރ ސިޓީ މޮޅުވެއްޖެ އެވެ.

ސިޓީގެ އަމިއްލަ ދަނޑު، އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-0 އިންނެވެ. މެެޗުގެ ފުރަތަމަ ހާފުގައި ސިޓީ އިން އެއް ލަނޑު ޖެހިއިރު، ފަހު ހާފުގައި އެ ޓީމުން ވަނީ އަނެއް ދެ ލަނޑު ޖަހައިފަ އެވެ.

މެޗު ފަށައިގެން 18 ވަނަ މިނެޓުގައި ސިޓީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ފިލް ފޮޑެން އެވެ. އެ ލަނޑު ޖަހަން ފޮޑެން އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޖެރެމީ ޑޮކޫ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ސިޓީ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ނަގައިފަ އެވެ. އެގޮތުން ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި ސިޓީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ އާލިން ހާލަންޑު އެވެ. އެ ލަނޑު ޖަހަން ހާލަންޑު އަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ޑޮކޫ އެވެ.

އޭގެ ފަހުން މެޗުގެ 68 ވަނަ މިނެޓުގައި ހާލަންޑު ވަނީ ސިޓީގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ހާލަންޑު ޖެހީ ބެނާޑޯ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައި ވަނީ، ސިޓީ އިން ބޭނުން ވަނީ ރަނގަޅު ރޫޙެއްގައި ކުރިއަށް ގޮސް، ލީގަށް ވާދަ ކުރަން ކަމަށެވެ. މިވަގުތު ޓީމުގައި އޮޮތީ ރަނގަޅު ރޫޙެއް ކަަމށް ފާހަގަކޮށް ގާޑިއޯލާ ބުނީ، ކޮންމެ ކުޅުންތެރިޔަކު ވެސް ދައްކައި ދިނީ ވަރަށް ރަނގަޅު ހިތްވަރެއް ކަމަށެވެ.

ޚާއްސަކޮށް ކުޅުންތެރިން ވެސް ތިބީ ކުރިއަށް ދާން ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށާއި، އެ މެޗުން ލިބުނު މޮޅާ އެކު އަނެއްކާ ވެސް ހިތްވަރު އައުވެއްޖެ ކަމަށް ގާޑިއޯލާ ބުންޏެވެ. އެހެން ނަމަވެސް، އަދި ވެސް ސިޓީ އިން ރަނގަޅު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ހުރި ކަމަށާއި، ހަރުފަތަކުން ހަރުފަތަކުން ކަންކަން ރަނގަޅު ކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.

ލީގުގައި މިހާތަނަށް ސިޓީ އިން ހަތަރު މެޗު ކުޅެފައިވާއިރު، އެ ޓީމު މޮޅުވެފައި ވަނީ ދެ މެޗުންނެވެ. އަނެއް ދެ މެޗުން ސިޓީ ވަނީ ބަލިވެފަ އެވެ. މިހާތަނަށް ކުޅުނު ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ސިޓީ އޮތީ އަށް ވަަނައިގަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑްމެންޗެސްޓަރ ސިޓީއިނގިރޭސި ޕްރިމިއަރ ލީގުއާރްލިންގ ހާލަންޑް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު