Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލޮސް އެންޖެލެސް

އެމެރިކާގެ ލޮސް އެންޖަލަސް އަށް ބަދަލުވާން ސޮން އެއްބަސްވެއްޖެ

ޓޮޓެންހަމްގެ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވައި ސޮން އެ ކުލަބު ދޫކޮށްލަން ނިންމާފައިވާއިރު، އޭނާ ހޯދުމަށް ލޮސް އެންޖަލަސް އިން ޓޮޓެންހަމް އަށް 15 މިލިއަން ޔޫރޯގެ އަދަދެއް ދައްކާނެ ކަމަށް ވެސް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 އޯގަސްޓު 2025 | ހޯމަ 06:18
ޓޮޓެންހަމް އަށް ކުޅެމުން އައި ސޮން ހެއުން މިން، އެ ޓީމުގެ ބައެއް ކުޅުންތެރިންނާ އެކު

ޓޮޓެންހަމް އަށް ކުޅެމުން އައި ސޮން ހެއުން މިން، އެ ޓީމުގެ ބައެއް ކުޅުންތެރިންނާ އެކު

ޓޮޓެންހަމް ދޫކޮށްލަން ނިންމާފައިވާކަން ދާދި ފަހުން އިއުލާން ކުރި ސައުތު ކޮރެއާގެ ސޮން ހެއުން މިން، އެމެރިކާ ލީގުގެ ލޮސް އެންޖަލަސް އަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 33 އަހަރުގެ ކުޅުންތެރިޔާ، ބަޔާ ލެވަކޫސަން ދޫކޮށްލުމަށް ފަހު ސޮން ޓޮޓެންހަމް އަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އެންމެ ފަހުން ސޮން ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2026 ވަނަ އަހަރު އެވެ.

ނަމަވެސް، އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވައި ސޮން ވަނީ ޓޮޓެންހަމް ދޫކޮށްލަން ނިންމައިފަ އެވެ. 10 އަހަރަށް ފަހު ޓޮޓެންހަމް ދޫކޮށްލަން ސޮން ނިންމާފައި ވަނީ، ކެރިއަރުގައި އައު ޗެލެންޖެއް ބޭނުންވާ ކަމަށް ބުނެ އެވެ.

ޓޮޓެންހަމްގައި ސޮންގެ އެންމެ ފަހު މެޗަކީ އާދިއްތަ ދުވަހު ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް އެ ޓީމުން ކުޅުނު ރަޙުމަތްތެރި ކަމުގެ މެޗެވެ. އެ މެޗުގައި ސޮން ކުޅެފައިވާއިރު، އެ މެޗަށް ފަހު ޓޮޓެންހަމްގެ ކުޅުންތެރިން ވަނީ ސޮން އަށް އަލް ވަދާއު ކިޔުން ކުރިއަށް ގެންގޮސްފަ އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ލޮސް އެންޖަލަސް އިން ވަނީ ސޮން ހޯދުމަށް އޭނާ އާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ. އަދި އެ ކުލަބުން ވަނީ ސޮން އަށް ހުށަހެޅުމެއް ހުށަހަޅާފައި ކަމަށާއި، އެ ކުލަބަށް ބަދަލުވާން ސޮން އަނގަ ބަހުން އެއްބަސްވެފައިވާ ކަމަށް ވެސް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

ޓޮޓެންހަމްގެ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވައި ސޮން އެ ކުލަބު ދޫކޮށްލަން ނިންމާފައިވާއިރު، އޭނާ ހޯދުމަށް ލޮސް އެންޖަލަސް އިން ޓޮޓެންހަމް އަށް 15 މިލިއަން ޔޫރޯގެ އަދަދެއް ދައްކާނެ ކަމަށް ވެސް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، މިވަގުތު ކުރިއަށް ދަނީ ސޮން ލޮސް އެންޖަލަސް އަށް ބަދަލުވުމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ސޮން ހުރީ ހުރިހާ ކަމެއް ފުރިހަމަ ވުމާ އެކު، ލޮސް އެންޖަލަސްގެ އެއްބަސްވުމުގައި ސޮއި ކުރަން ތައްޔާރަށް ކަމަށް ވެސް ބުނެފައިވެ އެވެ.

ޓޮޓެންހަމްގައި ސޮން ހޭދަ ކުރި 10 ސީޒަންގެ ތެރޭގައި އޭނާ ވަނީ އެ ކުލަބަށް 454 މެޗު ކުޅެދީ 173 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން ޓޮޓެންހަމާ އެކު އޭނާ ވަނީ ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފަ އެވެ. އޭގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް އަދި ކަރަބޯ ކަޕްގެ ފައިނަލްގައި ވެސް ކުޅެފައިވެ އެވެ.

ލޮސް އެންޖަލަސް އަށް ބަދަލުވާން ސޮން އެއްބަސްވެފައިވާއިރު، އޭނާ ހޯދުމަށް ސައުދީ ޕްރޯ ލީގުގެ ބައެއް ކުލަބުތަކުން ވެސް ޝައުޤުވެރިކަން ގެންގުޅު ކަމަށް ވަނީ ބުނެފަ އެވެ.

ލޮސް އެންޖެލެސް މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ސޮން ހުއެން-މިން

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސޮން ލޮސް އެންޖަލަސް އަށް ބަދަލުވެއްޖެ

ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސޮން ލޮސް އެންޖަލަސް އަށް ބަދަލުވެއްޖެ

07 އޯގަސްޓު 2025
ސިންސިނާޓީ އަތުން މިއާމީ ބަލިވެއްޖެ

ސިންސިނާޓީ އަތުން މިއާމީ ބަލިވެއްޖެ

17 ޖުލައި 2025
މެސީގެ ދެ ލަނޑާ އެކު މިއާމީ މޮޅުވެއްޖެ

މެސީގެ ދެ ލަނޑާ އެކު މިއާމީ މޮޅުވެއްޖެ

13 ޖުލައި 2025
އެމެރިކާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް މެސީ

އެމެރިކާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް މެސީ

07 ޑިސެމްބަރު 2024
ފަހަތުން އަރައި މޮޅުވެ، މިއާމީން އެއް ވަނައިގައި

ފަހަތުން އަރައި މޮޅުވެ، މިއާމީން އެއް ވަނައިގައި

13 މެއި 2024

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު