Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

އެމެރިކާގައި އީރާާން އަށް ތާއީދުކޮށް ބޭއްވި އެއްވުމެއްގެ ތެރެއަށް ވެހިކަލެއް ވަނުމުން، ޑްރައިވަރަށް ހަމަލާ ދޭން މަސައްކަތް ކޮށްފި

އޭބީސީ7 ނޫހުން ނަގާފައިވާ ހެލިކޮޕްޓަރުގެ މަންޒަރު ތަކުން ފެންނަ ގޮތުގައި، އެއްވުމުގެ ބައިވެރިން އެ ވެހިކަލްއާ ދިމާލަށް ދުވެފައިދޭ. އެއަށް ފަހު ވެހިކަލް ދުއްވަން އިން މީހާ އަށް ހަމަލާ ދިނުމަށް މަސައްކަތް ކޮށްފައިވޭ. އެގޮތުން ވެހިކަލް ދުއްވަން އޭނާ އިން ދިމާލުން ދިދަތައް ވައްދަން މަސައްކަތްކޮށް، ހަމަލާ ދޭން އުޅެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2026 | ހޯމަ 07:42
އެއްވުމުގެ ތެރެއަށް ވަދެ ގަތް ވެހިކަލް ފުލުހުން ހުއްޓުވާފައި

އެއްވުމުގެ ތެރެއަށް ވަދެ ގަތް ވެހިކަލް ފުލުހުން ހުއްޓުވާފައި | ރޮއިޓަސް

އީރާންގެ ރައްޔިތުންނަށް ތާއީދުކޮށް އެމެރިކާގެ ލޮސް އެންޖަލިސްގައި ކުރިއަށް ގެންދިޔަ އެއްވުމެއްގެ ތެރެއަށް ވެހިކަލެއް ވަދެ ގަތުމުން، ވެހިކަލް ދުއްވަން އިން މީހާ އަށް ހަމަލާ ދިނުމަށް އެއްވުމުގެ ބައިވެރިން މަސައްކަތް ކޮށްފި އެވެ. 

ލޮސް އެންޖަލިސްގެ ފުލުހުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ އާދީއްތަ ދުވަހު ކަމަށެވެ. ފުލުހުން ބުނީ އެއްވުމާ ތަން ކޮޅެއް ދުރުން އެ ވެހިކަލް ހިފެހެއްޓީ ކުޑަ ދޮރު އަދި އަރި މަތީގައި ހުރި ލޯގަނޑުތައް ތަޅާލައިގެން ކަމަށެވެ. ފުލުހުންގެ ކާރު ތަކުން ވަނީ އެ ވެހިކަލް ވަށާލައި، ހުއްޓުވައިފަ އެވެ.

އޭބީސީ7 ނޫހުން ނަގާފައިވާ ހެލިކޮޕްޓަރުގެ މަންޒަރު ތަކުން ފެންނަ ގޮތުގައި، އެއްވުމުގެ ބައިވެރިން އެ ވެހިކަލްއާ ދިމާލަށް ދުވެފައިދެ އެވެ. އެއަށް ފަހު ވެހިކަލް ދުއްވަން އިން މީހާ އަށް ހަމަލާ ދިނުމަށް މަސައްކަތް ކޮށްފައިވެ އެވެ. އެގޮތުން ވެހިކަލް ދުއްވަން އޭނާ އިން ދިމާލުން ދިދަތައް ވައްދަން މަސައްކަތްކޮށް، ހަމަލާ ދޭން އުޅެފައިވެ އެވެ. ނަމަވެސް ފުލުހުން ވަނީ އެއްވުމުގެ އެ ބައިވެރިން ހުއްޓުވައިފަ އެވެ.

ފުލުހުން ބުނެފައި ވަނީ އެ ވެހިކަލް ދުއްވަން އިން މީހާ ހައްޔަރު ކޮށްފައިވާ ކަމަށާއި، އެ މައްސަލައިގެ އިތުރު ތަހުގީގު ކުރިއަށް ގެންދަމުން އަންނަ ކަމަށެވެ. ނަމަވެސް، އެ މީހާގެ ނަމާއި، އިތުރު މައުލޫމާތެއް ފުލުހުން ހާމަ ކޮށްފައި ނުވެ އެވެ. 

ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ ވެހިކަލް ޖެހުމުގެ ސަބަބުން އެކަަކަށް އަނިޔާވެފައިވާ ކަމަށާއި، ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. ދެ މީހަކަށް އަވަސް ފަރުވާ ދޭ ފަރާތްތަކުން އެހީތެރިކަންފ ފޯރުކޮށްދީފައިވާއިރު، ފަރުވާ ހޯދުމަށް އެ ދެ މީހުން ވެސް ދެކޮޅު ހެދި ކަމަށް ލޮސް އެންޖަލިސްގެ ފަޔާ ޑިޕާޓްމަންޓް އިން ބުނެފައިވެ އެވެ. 

އާދީއްތަ ދުވަހުގެ މެންދުރު ގިނަ އަދަދެއްގެ ބަޔަކު ވަނީ ދިދަ ހިފައިގެން ލޮސް އެންޖަލިސްގެ ވެސްޓްވުޑް ސަރަހައްދުގެ ވެޓެރަން އެވެނިއު ކައިރީގައި އަޑު އުފުލައިފަ އެވެ. އެއްވުމާ ދެކޮޅަށް ފުލުހުން ވަނީ އެ ސަރަހައްދު ހުސް ކުރުމުގެ އަމުރެއް ވެސް ނެރެފަ އެވެ. އޭގެ ފަހުން އެ ދުވަހުގެ ހަވީރު ފަހެއް ޖެހިއިރު، އެ ސަރަހައްދުގައި ތިބީ ވަރަށް މަދު ބަޔަކު ކަމަށް މީޑިއާ ތަކުގައި ބުނެފައިވެ އެވެ. 

އީރާން އިން ބޭރުގައި އެންމެ ގިނައިން އެ ޤައުމުގެ ރައްޔިތުން ދިރިއުޅެމުން އަންނަ ސިޓީ އަކީ ލޮސް އެންޖަލިސް އެވެ.

ލޮސް އެންޖެލެސް އެމެރިކާއެމެރިކާ-އީރާންއީރާން

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން އަށް އިންޓަނެޓު ދިނުމާ ގުޅޭ ގޮތުން ޓްރަމްޕް މަސްކާ ވާހަކަ ދައްކަވަނީ

އީރާން އަށް އިންޓަނެޓު ދިނުމާ ގުޅޭ ގޮތުން ޓްރަމްޕް މަސްކާ ވާހަކަ ދައްކަވަނީ

12 ޖެނުއަރީ 2026
އިންޒާރަށް ފަހު، މަޝްވަރާ ކުރަން ބޭނުންވާ ކަމަށް އީރާން އިން ބުނެފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އިންޒާރަށް ފަހު، މަޝްވަރާ ކުރަން ބޭނުންވާ ކަމަށް އީރާން އިން ބުނެފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

12 ޖެނުއަރީ 2026
ވެނެޒުއެލާގެ ވަގުތީ ރައީސް އަކީ އޭނާ ކަމަށް ހާމަ ކުރައްވައިފި

ވެނެޒުއެލާގެ ވަގުތީ ރައީސް އަކީ އޭނާ ކަމަށް ހާމަ ކުރައްވައިފި

12 ޖެނުއަރީ 2026
މަދޫރޯ ހުންނެވީ ގަދަކޮށް: ދަރިކަލުން

މަދޫރޯ ހުންނެވީ ގަދަކޮށް: ދަރިކަލުން

11 ޖެނުއަރީ 2026
ވެނެޒުއެލާގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން އެ ޤައުމުން ފޭބުމަށް އަންގައިފި

ވެނެޒުއެލާގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން އެ ޤައުމުން ފޭބުމަށް އަންގައިފި

11 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު