Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގެދޮރުވެރިޔާ ސްކީމް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓް އެއްބަސްވުމުގައި ސޮއި ކުރުން ހުއްޓާލައިފި

ފްލެޓް ލިބުނު ފަރާތްތަކުން ފަހިދިރިއުޅުން ކޯޕަރޭޝަނަށް ދިއުމުން ސޮއި ކުރުން ހޯލްޑް ކޮށްފައިވާކަމަށް އަންގައިފި

ރާއްޖެ އެމްވީ | 3 އޯގަސްޓު 2025 | އާދީއްތަ 07:17
ގެދޮރުވެރިޔާގެ ފްލެޓުތައް

ގެދޮރުވެރިޔާގެ ފްލެޓުތައް

"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރާ ފްލެޓް ގެ އެއްބަސްވުމުގައި ސޮއި ކުރުން ހުއްޓާލައިފި އެވެ.

ފްލެޓް ލިބުނު ކަމަށް އެންގި ބައެއް މީހުން އާދިއްތަ ދުވަހު ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަށް ދިއުމުން ސޮއި ކުރުން "ހޯލްޑް" ކޮށްފައި ކަމަށް އެތަނުން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ހުއްޓާލި އެއްވެސް ސަބަބެއް ނުބުނުމުގެ އިތުރުން ސޮއި ކުރަން ހަމަ ޖެހިފައިވާ އެއްބަސްވުމެއް ވެސް ދިޔަ މީހުންނަށް ދީފައެއް ވެސް ނުވެއެވެ.

އެފްޑީސީ އިން ފޯނަށް ޖަވާބު ނުދޭތީ ވެގެން އުޅޭ ގޮތް އަދި ސާފު ކުރެވޭ ގޮތެއް ނުވެއެވެ.

މިއަދު ސޮއި ކުރަން އަންގައިގެން ދިޔައިމަ ބުނީ، ހޯލްޑް ކޮށްފައޭ، އެއްވެސް ސަބަބެއް ބުނެ ނުދެއްވާ
ފްލެޓް އެއްބަސްވުމުގައި ސޮއި ކުރަން ދިޔަ ފަރާތެއް

ފްލެޓް އެއްބަސްވުމުގައި ސޮއިކުރަން ދާން އޮތް އެހެން ފަރާތަކަށް ޕޯޓަލް މެދުވެރިކޮށް އެފްޑީސީ އިން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ހައުސިންގ މިނިސްޓްރީ އިން އަންގައިގެން ސޮއިކުރުން ހޯލްޑް ކޮށްފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި މާފަށް އެދޭ ކަމަށެވެ.

އެފްޑީސީ އިން ޕޯޓަލް މެދުވެރިކޮށް ފޮނުވި މެސެޖްގެ އިމޭޖެއް
އެފްޑީސީ އިން ޕޯޓަލް މެދުވެރިކޮށް ފޮނުވި މެސެޖްގެ އިމޭޖެއް

ފްލެޓް އެއްބަސްވުމުގައި ސޮއި ކުރުން ހުއްޓާލި އިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި، ނިމިދިޔަ ސަރުކާރުން ދީފައިވާ ފްލެޓްތައް އަތުނުލައްވާނެ ކަމަށާއި އަދި ފްލެޓްތައް ދޭން ނިންމާފައިވާ ގޮތަކަށް ބަދަލެއް ނުގެނެސް ދިން އެއްޗެއް ދިންގޮތަކަށް އެއަށް ވުރެ ފުރިހަމަ ކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައި ވީ ނަމަވެސް، ސަރުކާރުން ފްލެޓް ތައް ދޫކުރުމުގައި އަމަލު ކުރަމުން ދަނީ މުއިއްޒު ވިދާޅުވި ގޮތާ ޚިލާފަށް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.

އެ ގޮތުން ސޯޝަލް ހައުސިންގ ސްކީމް ތަކުގެ ދަށުން މީގެ ކުރިން ދޫކުރި ފްލެޓްތަކާ ޚިލާފަށް މި ސަރުކާރުން ފްލެޓް ދޫކުރަނީ ކުލީގެ އެއްބަސްވުމެއްގެ ދަށުންކަން ވަނީ ފާހަގަ ކުރެވިފައެވެ.

މިފުލެޓް ތަކަކީ އެހެނިހެން ރިއަލްއެސްޓޭޓް ކުންފުނިތަކުން ވެސް ދިގު މުއްދަތަކަށް އަގުދައްކާ ޚަލާސް ކުރުމުން މިލްކު ކުރެވޭ އުސޫލުން، އެފްޑީސީ އަށް 25 އަހަރުގެ މުއްދަތަކަށް އަގުދައްކާ ޚަލާސް ކުރުމުން މިލްކު ކުރެވޭގޮތަށް ދޫކުރެވޭ އެޕާރޓްމަންޓް ތަކެއް ކަން ވަނީ ފާހަގަ ކުރެވިފައެވެ.

އަނެއްކޮޅުން "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓް ތަކަށް ރައްވެހިންގެ ރަޖިސްޓަރީ ހަދައި ނުދެވޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.

ރަށްވެހިންގެ ރަޖިސްޓަރީ ހެދުމަށް މިހާތަނަށް އަމަލު ކުރަމުންދާ އުސޫލަކީ "ގަނެ ވިއްކުމުގެ އެއްބަސްވުން" ގެ ދަށުން ހަދާފައިވާ އެއްބަސްވުމުގެ ކޮޕީ އަކާ އެކު ރަށްވެހިންގެ ރަޖިސްޓަރީ ހެދުމަށް އެދި، ގަންނަ ފަރާތުން ކައުންސިލަށް ހުށަހެޅުމުން އެތަނެއް ގަންނަ ފަރާތުގެ ނަމުގައި ރަށްވެހިންގެ ރަޖިސްޓަރީ ހަދައިދިނުން ކަމަށް ސިޓީ ކައުންސިލުން އަމިއްލަ ފަރާތަކަށް ލިޔުމުން ދިން ޖަވާބުގައި ހުސްވި ހަފްތާ ގެ ބުރާސްފަތި ދުވަހު ބުނެފައިވެއެވެ.

މިހާތަނަށް ރާއްޖޭގައި ދޫކުރެވިފައިވާ ހައުސިން ސްކީމްތަކަކީ ސޯޝަލް ހައުސިން ޔުނިޓްގެ ގޮތުގައި ދުކުރެވިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއް ގެ ގޮތުގައިކަން ފާހަގަ ކުރެވޭ އިރު، ރާއްޖޭގައި އެންމެ ފަހުން ދޫކުރެވުނު ސޯޝަލް ހައުސިންގ ސްކީމް ކަމުގައިވާ "ހިޔާ" މަޝްރޫޢުގެ ދަށުން ފުލެޓް ހަވާލު ކޮށްފައިވާ އުޞޫލަކީ ފުލެޓް އެއްބަސްވުމުގައި ސޮއި ކުރާ ހިސާބުން ފެށިގެން އެއީ އެފަރާތެއްގެ އަމިއްލަ މިލްކެއް ކަމުގައި ހަމަޖައްސައި ދިނުމެވެ.

އެހެން ނަމަވެސް ސަރުކާރުން ވަނީ މި އުސޫލު ބަދަލު ކޮށްފައެވެ.

މީގެ އިތުރުން، ކުރިއާ ޚިލާފަށް މި ފަހަރު ފްލެޓް ހަވާލު ކުރަނީ ކުޔަށްދޭ އެޕާރޓްމަންޓްތަކަށް ޑައުން ޕޭމަންޓުގެ ގޮތުގައި 25،000 ރުފިޔާ ދެއްކުމުންކަން ވެސް ފާހަގަ ކުރެވެއެވެ.

ގެދޮރުވެރިޔާ ސްކީމްފަހިދިރިއުޅުން ކޯޕަރޭޝަންފްލެޓްއެފްޑީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި

އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި

20 އޮކްޓޯބަރު 2025
އެމްޑީޕީ ސަރުކާރުން އެޅި 4000 ފްލެޓް ދޫކުރުމުގައި މުއިއްޒު ސަރުކާރުގެ އޮޅުވާލުމާއި، ޚިޔާނާތާއި ވައުދާ ޚިލާފުވުން

އެމްޑީޕީ ސަރުކާރުން އެޅި 4000 ފްލެޓް ދޫކުރުމުގައި މުއިއްޒު ސަރުކާރުގެ އޮޅުވާލުމާއި، ޚިޔާނާތާއި ވައުދާ ޚިލާފުވުން

16 އޮކްޓޯބަރު 2025
ފްލެޓު އަތުލުމުގެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކޮށްދިނުމަށް ޕީޖީ އަށް ގޮވާލައިފި

ފްލެޓު އަތުލުމުގެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކޮށްދިނުމަށް ޕީޖީ އަށް ގޮވާލައިފި

16 އޮކްޓޯބަރު 2025
މި ސަރުކާރުގެ ފުލެޓް އެއްބަސްވުމުގައި ސޮއިކޮށް، ލޯނު ނަގައިގެން ފަރުނީޗަރާއި، އެއަރކޯން އަށް ފައިސާ ދެއްކި މީހެއްގެ ފުލެޓު ވެސް ކަޓުވާލައިފި

މި ސަރުކާރުގެ ފުލެޓް އެއްބަސްވުމުގައި ސޮއިކޮށް، ލޯނު ނަގައިގެން ފަރުނީޗަރާއި، އެއަރކޯން އަށް ފައިސާ ދެއްކި މީހެއްގެ ފުލެޓު ވެސް ކަޓުވާލައިފި

11 އޮކްޓޯބަރު 2025
ގެދޮރުވެރިޔާ ފްލެޓް ތައް ކުއްޔަށް ދޭނަމަ އެއްބަސްވުން ބާތިލްކޮށް އަތުލާނެ ކަމުގެ އިންޒާރު ދީފި

ގެދޮރުވެރިޔާ ފްލެޓް ތައް ކުއްޔަށް ދޭނަމަ އެއްބަސްވުން ބާތިލްކޮށް އަތުލާނެ ކަމުގެ އިންޒާރު ދީފި

11 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު