Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަހި ދިރިއުޅުން ކޯޕަރޭޝަން

ސަރުކާރުން ގެންގުޅެނީ އަންނަ ރިޔާސީ އިންތިޚާބަށް ފްލެޓްގެ މައްސަލަ ދަންމާލުމުގެ ވިސްނުން: ޔައުގޫބް

4000 ސޯޝަލް ހައުސިން ޔުނިޓްތައް ހަވާލުކުރުމުގެ މަސައްކަތް ފަހިދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ފަށާފައިވަނީ 28 ސެޕްޓެންބަރު 2025 ގައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 އޮކްޓޯބަރު 2025 | ބުދަ 14:53
ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ

ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅެނީ އަންނަ ރިޔާސީ އިންތިޚާބަށް ފްލެޓްގެ މައްސަލަ ދަންމާލުމުގެ ވިސްނުން ކަމުގައި ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ޔައުގޫބް ވިދާޅުވީ ނިމިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން އަޅާ ފްލެޓްތައް މި ސަރުކާރަށް ނުދެވި އެ މަރުހަލާ ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާ ކަމަށެވެ. އެއީ ސަރުކާރު ފެއިލްވުން ކަމަށް ޔައުގޫބް ވަނީ ސިފަކުރައްވާފައެވެ. ރައީސް މުއިއްޒު އަކީ މަކަރާއި ހީލަތުން އުޅުއްވާ ބޭފުޅެއް ކަމަށާއި މުޅި ވެރިކަމުގައި ވެސް ފެންނަނީ އެ މަންޒަރު ކަމަށް ޔައުގޫބް ވަނީ ވިދާޅުވެފައެވެ.

ނިމިދިޔަ ސަރުކާރުން ފްލެޓް ލިބޭ މީހުން ކަނޑައަޅާ އެ މަރުހަލާ ނިންމާފައި ވަނިކޮށް މި ސަރުކާރުން އެ ފްލެޓްތައް ނުދިނުމަކީ ސިޔާސީ ބޭނުމެއްގައި ކުރާކަމެއް ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ. އަދި އެ މަރުހަލާ ދިގުދެންމުމުގެ ބޭނުމަކީ އާއްމުންނަށް އޮޅުވާލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

" މިއީ މަރުހަލާތަކަކަށް ބަހައިގެން ކުރަން ޖެހޭ ކަމެއް ނޫން. ފްލެޓް ލިބުނުކަމުގެ ލިޔުން ހަވާލުކުރުން ޕޯޓަލް އިން އެކަން ކޮށްލުން އެއީ މިނިޓް ކޮޅެއްގެ ކަމެއް. އެ ވަރު ކަމެއް މި ސަރުކާރުން މި ދިގު ދަންމަމުން ދަނީ. އެއީ ސަރުކާރުން ކަންތައް ކުރާ ގޮތަކީ. އެގްރީމެންޓަށް އެހާ ދުވަހެއް. އޭގެ ފަހުގައި ފައިސާ ދައްކަން އެހާ ދުވަހެއް. އޭގެ ފަހުން ތަޅުދަނޑި ހަވާލުކޮށްފައި ވެސް އަދި ވަކި ކިއު އެއް. އެ ހުރިހާ ސަކަރާތެއް ޖަހަމުން ގޮސް މި ވެރިކަން ނިމޭ ދުވަހަށް އެ ތަނަށް ވަދެވޭނީ." ޔައުގޫބް ވިދާޅުވިއެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން 4000 ފްލެޓު ދޫކުރާނެ ކަމަށެވެ. އެގޮތުން ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އެތަންތަނުގައި މީހުންނަށް ދިރިއުޅެވޭނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ނަމަވެސް އެކަން ކުރެވިފަ އެއް ނުވެއެވެ.

4000 ސޯޝަލް ހައުސިން ޔުނިޓްތައް ހަވާލުކުރުމުގެ މަސައްކަތް ފަހިދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ފަށާފައިވަނީ 28 ސެޕްޓެންބަރު 2025 ގައެވެ. އަމާން އުދަރެސް މަޝްރޫއުގައި ހިމެނޭ 16 ޓަވަރުގެ ތެރެއިން އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރަނީ 14 ވަނަ ޓަވަރުގެ ފްލެޓްތަކެވެ.

ރައީސް މުއިއްޒުޔައުގޫބް އަބްދުﷲފްލެޓް މައްސަލަފަހިދިރިއުޅުން ކޯޕަރޭޝަން

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
05 ޑިސެމްބަރު 2025

ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް

05 ޑިސެމްބަރު 2025
ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް
05 ޑިސެމްބަރު 2025

ރައްޔިތުންނަށް ވާނުވާ ނޭނގޭ ގޮތައް ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ ތާރީޚު ފަސްކުރީ ކީއްވެ؟

05 ޑިސެމްބަރު 2025
ރައްޔިތުންނަށް ވާނުވާ ނޭނގޭ ގޮތައް ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ ތާރީޚު ފަސްކުރީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު