Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްްޑޫ ސިޓީ

އައްޑޫ ސިޓީގެ ބޯހިޔާވަހިކަމަށް ހުރަސްއަޅާފައިވަނީ މިހާރުގެ ރައީސް މުއިއްޒު: މެންބަރު ނާޒިލް

5 މެއި 2025 | ހޯމަ 08:41

ރަގަނޅު ނަތީޖާއެއް ނެރެވޭނީ ކުރާ މަސައްކަތުގައި އިހުލާސްތެރިކަމެއް ހުރެގެން

އަމްނާ އިމާދު
އަމްނާ އިމާދު | 5 މެއި 2025 | ހޯމަ 08:41
ރައްޔިތުން މަޖިލީހުގައި އެމްޑީޕީ ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވާހަކަދައްކަވަނީ

ރައްޔިތުން މަޖިލީހުގައި އެމްޑީޕީ ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވާހަކަދައްކަވަނީ

އައްޑޫ ސިޓީގެ ބޯހިޔާވަހިކަމަށް ހުރަސްއަޅާފައިވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކަމަށް ދިވެހިރައްޔިތުން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލިސް ޖަލްސާގައި ސަރުކާރުގެ ފަރާތުން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ހުށަހަޅުއްވާފައިވާ ބޯހިޔާވަހިކަމުގެ ބިލަށް މެންބަރު ނާޒިލް ވިދާޅުވީ، ބިލު ވަރަށް ރަގަނޅު ކަމަށާއި، ނަމަވެސް ރަގަނޅު ނަތީޖާއެއް ނެރެވޭނީ ކުރާ މަސައްކަތުގައި އިހުލާސްތެރިކަމެއް ހުރެގެން ކަމަށެވެ.

Advertisement - newsAdvertisement

އައްޑޫ ސިޓީގެ ބޯހިޔާވަހިކަމަށް އިޝާރާތް ކުރައްވައި މެންބަރު ނާޒިލް ވިދާޅުވީ އެސިޓީގައި އަޅަން ނިންމި 1100 ފްލެޓުގެ ތެރެއިން 700 ފްލެޓު ހުޅުމާލެ ބަދަލުކޮށްފައިވަނީ މިހާރުގެ ރައީސް މުއިއްޒު ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންވައިގެން ކަމަށެވެ.

ގާނޫނު އޮތް ކަމުގައި ވިޔަސް އިހުލާސްތެރިކަމެއް ނެތިއްޔާ އެ ރައްޔިތަކަށް ފައިދާވާނެ ތަނެއް މިވީ ތަނަކަށް ފެނިފައިނެތް. މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒުގެ ވަޒީރުކަމުގައި އެބޭފުޅާ ހައުސިން މިނިސްޓްރީގައި ހުންނަވައިގެން އައްޑޫ ސިޓީއަށް ލިބިފައި އޮތް 1100 ފްލެޓު ތެރެއިން 700 ފްލެޓު ހުޅުމާލެއަށް ބަދަލު ކުރި ކުރުމަކީ އައްޑޫ ސިޓީގެ ބޯހިޔާވަހިކަމަށް އަދިއަދަށް ހަމަޖެހުމެއް ނުލިބި އޮތް މައްސަލައެއް. އެއީ އޭރު އެބޭފުޅާ ކަންތައް ކުރައްވަން ހުރިހާ އާރާބާރުގައި ވަޒީރު ކަމުގައި ހުރެމެ އެބޭފުޅާ ކަންތައް ކުރެއްވި ގޮތް. މިއަދު ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުރެ ކިހިނެތްތޯ މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނާ ދޭތެރޭގައި ކަންތައް ކުރައްވާނީ. މިއީ އަޅުގަނޑުމެންނަށް އުފެދޭ ސުވާލެއް.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

މެންބަރު ނާޒިލް މިމޭރުމުން ވާހަކަދެއްކެވުމުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ނިޒާމީ މައްސަލައެއް ނަންގަވައި ވިދާޅުވީ، މެންބަރު ނާޒިލް ދައްކަވަމުން ދަނީ ނިޒާމާ މުޅިން ހިލާފަށް ދޮގު ވާހަކަތަކެއް ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އައްޑޫ ސީޓީގައި އަޅަން ނިންމި 1500 ހައުސިން ޔުނިޓްގެ ތެރެއިން 750 ހައުސިން ޔުނިޓް ހުޅުމާލެއަށް ބަދަލުވެގެން ދިޔައީ އީވައިސީން ނިންމި ނިންމުމެއްގެ ސަބަބުން ކަމަށެވެ. އަދި އެއީ އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސް މުއިއްޒުގެ ނިންމެވުމެއް ނޫން ކަަމަށް މެންބަރު ޝާހިދު ވިދާޅުވިއެވެ.

މެންބަރު ޝާހިދު ވާހަކައަށް ތާއީދު ކުރައްވައި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި މައްސަލާގައި އެބޭފުޅާ ބަހުސް ނުކުރައްވާ ކަމަށެވެ. ނަމަވެސް އެކަމަކީ ރައްޔިތުންގެ މަޖިލީހުން ގެނައި ބަދަލާއެކު ހިނގާ ދިޔަ ކަމެއް ކަމަށެވެ.

ނަމަވެސް މި ދެބޭފުޅުންގެ ވާހަކަތަކަށް މެންބަރު ޏާޒިލް ވަނީ ރައްދު ދެއްވާފައެވެ.

މެންބަރު ނާޒިލް ވިދާޅުވީ މެންބަރު އަސްމާ ހުށަހެޅުއްވި ބިލުގައި މިކަންތައްތައް ފުރިހަމަ ކޮށްދޭން ބޭނުންވާނަމަ އެސަރުކާރަކަށް އެކަން ކޮށްދެވޭނެ ހުރިހާ ގޮތެއް މި ބިލުން ފަހިކޮށްދޭ ކަމަށެވެ. ނަމަވެސް މި މަސައްކަތް ކުރުމުގައި އިހުލާސްތެރިކަން ބޭނުންވާ ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ.

އޭރު ވެސް ކޯއްޗަކަށް ބަލާފަތޯއޭ އެ ބަދަލު ގެނައީ. ވަޒީރު އެހުރިހާ ބާރާއާރުގައި ހުރެމެ، އެގެނައި ބަަދަލު އައްޑޫ ސިޓީއަށް ބޯހިޔާވަހިކަން އަދިވަސް މިއަދާ ހަމައަށް ކުރިއަށް ނުދޭ. މިހާރު ވެސް ހިތަދޫގައި 200 ފްލެޓު އަޅަން ހަމަޖެހިފައި އެއޮތީ. އަދި ބިންގާ އަޅާ ނުލެވޭ ރަނގަޅަށް. މި ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު ވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ނުނިމޭނެ. އިސްކަމެއް ނުދެވޭ. ތަރުތީބެއް ނެތް. އެއްވެސް ތަރުތީބެއް ނެތް. ރާއްޖޭގެ އެކި ދިމަދިމާލުގައި ބޯހިޔާވަހިކަމޭ ކިޔައިގެން ރަށްރަށަށް އަރާ މޮޅެތި ވާހަކަ ދައްކަނީ. ކުރެވޭ ކަމެއް ނެތް ފެންނާކަށް
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

މެންބަރު ނާޒިލް ވިދާޅުވީ އައްޑޫ ސިޓީއަށް ބޯހިޔާވަހިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އެކަމަށް އިސްކަންދޭން ޖެހޭ ކަމަށާއި، ނަމަވެސް މިސަރުކާރުގައި ބޯހިޔާވަހިކަމުގެ އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ.

މުހައްމަދު މުއިއްޒުއިބްރާހިމް ނާޒިލްއައްްޑޫ ސިޓީބޯހިޔާވަހިކަމުގެ ބިލުބޯހިޔާވަހިކަންފްލެޓްބޯހިޔާވަހިކަން

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
04 ޑިސެމްބަރު 2025

ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

04 ޑިސެމްބަރު 2025
ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
30 ނޮވެމްބަރު 2025

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި
28 ނޮވެމްބަރު 2025

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

28 ނޮވެމްބަރު 2025
ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި
27 ނޮވެމްބަރު 2025

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް