Advertisement
ކ. މާލެ
|
2 އޯގަސްޓް 2025 | ހޮނިހިރު 11:34
މަނަފަރު ރިޒޯޓުން ކުނި ބަރުކޮށްގެން ތިލަފުށްޓަށް ދަތުރުކުރަމުންދަނިކޮށް ފަރަށް އެރި "ގުރުވަ 1" - 2 އޮގަސްޓް 2025
މަނަފަރު ރިޒޯޓުން ކުނި ބަރުކޮށްގެން ތިލަފުށްޓަށް ދަތުރުކުރަމުންދަނިކޮށް ފަރަށް އެރި "ގުރުވަ 1" - 2 އޮގަސްޓް 2025
އެމްއެންޑީއެފް
އެމްއެންޑީއެފް
މަނަފަރު ރިސޯޓުން ކުނި ހިފައިގެން ދަތުރުކުރި އުޅަނދެއް ފަރަށް އަރައިފި
އެމްއެންޑީއެފް ކޯސްޓްގާޑުން ދޯނީގެ ފަޅުވެރިންނަށް އެހީތެރިކަން ފޯރުކޮށްދީފި
ފަޅުވެރިންގެ ހާލު ރަނގަޅު، އެމީހުން ވަނީ ނ. ހޮޅުދޫ އަށް ގެންގޮސްފައި

ހއ. އަތޮޅު މަނަފަރު ރިސޯޓުން ކުނި ބަރުކޮށްގެން ތިލަފުށްޓަށް ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފިއެވެ.

ފަރަށް އެރި ދޯނީގެ ނަމަކީ "ގުރުވަ 1" އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ދޯނީގައި ތިބި ފަޅުވެރީންނަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ދިވެއްސަކާއި ދެ ބިދޭސީންނާ އެކު ދަތުރު ކުރަމުން ދިޔަ މި ދޯނި، ނ. ކުޑަރަށް ކައިރިން ފަރަށް އެރި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑަށް ލިބިފައިވަނީ ހުކުރު ދުވަހުގެ ރޭ 23:24 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ހާބަރ ކްރާފްޓް ވަނީ އެ ސަރަހައްދަށް ދަތުރުކޮށް، ދޯނިން ދަތުރު ކުރި ތިން ފަޅުވެރިން ހާބަރ ކްރާފްޓް އަށް ނަގާފައެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާ އެކު ފަޅުވެރީން ހޮނިހިރު ދުވަހު ހެނދުނު 08:45 ހާއިރު ނ. ހޮޅުދޫ އަށް ގެންގޮސްދީފައިވާ އިރު، އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

މަނަފަރު ރިސޯޓުން ކުނި ބަރުކޮށްގެން ތިލަފުށްޓަށް ދަތުރު ކުރަމުން ދަނިކޮށް ފަރަށް އެރި "ގުރުވަ 1" ގެ ފަޅުވެރިން ސަލާމަތް ކުރަނީ - 2 އޮގަސްޓް 2025
- ކޮމެންޓް