Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެންޑީއެފް

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025 | އާދީއްތަ 14:26

އެކްސިޑެންޓްވީ ރައީސްގެ ސެކިއުރިޓީއަށް އެމްއެންޑީއެފް އިން ކުއްޔަށް ނެގި ކާރެއް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 30 ނޮވެމްބަރު 2025 | އާދީއްތަ 14:26
ސ. ހުޅުދޫ ގައި ރައީސްގެ ސެކިއުރިޓީގެ ބޭނުންމަށް ކުއްޔަށް ނެގި ކާރު އެކްސިޑެންޓުވެފައި

ސ. ހުޅުދޫ ގައި ރައީސްގެ ސެކިއުރިޓީގެ ބޭނުންމަށް ކުއްޔަށް ނެގި ކާރު އެކްސިޑެންޓުވެފައި

ސ. ހުޅުދޫ ގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސެކިއުރިޓީ އަށް އެމްއެންޑީއެފް އިން ކުއްޔަށް ނަގައިގެން ދުއްވި ވެހިކަލް އަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއްވި މައްސަލައާ ގުޅިގެން ކާރުގެ ވެރިފަރާތުން ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން އަންގައިފި އެވެ.

މި މަހުގެ 5 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ހިނގި މި އެކްސިޑެންޓާ ގުޅިގެން ދެމަފިރި އަކަށް ވަނީ އަނިޔާ ވެސް ވެފަ އެވެ. މި ހާދިސާއާ ދެ ކާރަށް ވެސް ވަނީ ބޮޑެތި ގެއްލުން ތަކެއް ލިބިފަ އެވެ.

Advertisement - newsAdvertisement

އެމްއެންޑީއެފް އިން ކުއްޔަށް ނަގައިގެން ދުއްވި ކާރު އެކްސިޑެންޓްވެ، ކާރު ހަދަން އެމެއެންޑީއެފް އިން ފައިސާ ނުދިން މައްސަލަ އެއް ފެންމަތިވީ އޭގެ 20 ދުވަސް ފަހުން މި މަހުގެ 25 ވަނަ ދުވަހުގަ އެވެ.

ރައީސްގެ ސެކިއުރިޓީ އިން ކުއްޔަށް ނަގައިގެން ދުއްވި ކާރުގެ ވެރި ފަރާތް، އަހުމަދު ވަސީމް ވަނީ ސޯޝަލް މީޑިއާގައި މިކަމުގެ ކަންބޮޑުވުން ފާޅު ކޮށް، ކަން ހިނގައިދިޔަ ގޮތް ހިއްސާ ކޮށްފަ އެވެ. އޭނާ ކުރި ޕޯސްޓުގައި ބުނީ ރައީސްގެ ސެކިއުރިޓީ އަށް އެމްއެންޑީއެފް އިން ކުއްޔަށް ގެންދިޔައީ އޭނާގެ ކާރު ކަމަށާ އެ އެކްސިޑެންޓު ވުމުން ކާރު ހަދަން ބޭނުންވާ ފައިސާ ދޭނެ ކަމަށް ބުނެ މޮޅު ވާހަަކަތަކެއް އެމްއެންޑީއެފް އިން ދެއްކި ކަމަށެވެ.

އެމްއެންޑީއެފް ގެ ޓީމު އެ ރަށުން ފުރައިގެން ދިޔަތާ އެތައް ދުވަހެއް މިހާރު ފާއިތުވެފައިވާ ކަން ފާހަގަކޮށް އެ ޕޯސްޓުގައި ބުނީ ކާރު ހަދަން ދާ ޚަރަށް ވާ ފައިސާ އެނގޭނެ ހެން ގަރާޖުން ދީފައިވާ ކޯޓޭޝަން ވެސް އެ ކާރު ދުއްވަން އިން އެމްއެންޑީއެފް އޮފިސަރަށް ފޮނުވާފައިވާ ކަމަށެވެ.

އޭގެ ފަހުން ކާރު ހެދުމަށް އެއްވެސް މަސައްކަތެއް ކުރަން ކާރު ދުއްވި އޮފިސަރު ވެސް އެމްއެންޑީއެފް ގެ އެހެން ބޭފުޅަކު ވެސް އެއްބާރު ލުން ދީފައި ނުވާކަމަށް އެ ކާރުގެ ވެރިފަރާތުން ވަނީ ބުނެފަ އެވެ.

މިކަމުގެ އިތުރު ތަފްސީލު އަހުމަދު ވަސީމް ވަނީ ރާއްޖެއެމްވީ އާ ހިއްސާ ކޮށްފަ އެވެ. އޭނާ ބުނީ ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓު ކުރުމާއެކު ސިފައިން އޭނާގެ އާއިލާ އަށް ގުޅި ކަމަށެވެ. އަދި އެ ޕޯސްޓު ނަގަން ވެސް ބުނި ކަމަށެވެ. ނަމަވެސް އެކަމަށް އެ އާއިލާ އިން ދެކޮޅު ހެދި ކަމަށާ އޭގެ ފަހުން ގިނަ އިރުތަކެއް ނުވެ ފުލުހުން ވެސް ގުޅި ކަމަށެވެ.

އެ ދުވަހާ ހަމައަށް އެއްވެސް ފަރާތަކުން ޖަވާބުދާރީ ނުވުމުގެ ސަބަބުން އަޅުގަނޑުމެން އެ ޕޯސްޓު ލީ ވެސް. ޕޯސްޓު ލުމާ ގުޅިގެން އެ ޕޯސްޓު ސޯޝަލް މީޑިއާ އިން ނެގުމަށް ކާރު ދުއްވަން އިން އޮފިސަރު އެދުނު. ދެން އަޅުގަނޑުމެން ބުނިން ވަރަށް ގިނަ ދުވަސް ދިނީމޭ އެ ކަމުގެ ޒިންމާ ނަގަން. އެކަމު އެއްވެސް ފަރާތަކުން ޒިންމާ ނުނެގީމަ އޭ ސޯޝަލް މީޑިއާގަ މި ވާހަކަ ހިއްސާ ކުރަން ޖެހުނީ. އެހެންވީމަ ދެން އެ ޕޯސްޓެއް ނުނެގޭނެއޭ. ހަމަ އެ ދުވަހު ފުލުހުން ވެސް ގުޅި. ގުޅާފަ ފުލުހުން ވެސް އެކަމާ ބެހޭ ގޮތުން ވާހަކަ ދެއްކި. ދައްކާފަ ބުނީ އެ މައްސަލައިގެ ޒިންމާ ނަގަން ޖެހޭ ފަރާތައް އެކަން އޮންނާނީ އަންގާފަ އޭ. އެހެން ވިދާޅުވި އިރު އަޅުގަނޑުމެން މިއީ ކާރުގެ ފެރިފަރާތް. އަޅުގަނޑުމެންނަކަށް ނޭނގޭ އެއްވެސް މައުލޫމާތެއް އެކަމުގެ.
ރައީސްގެ ސެކިއުރިޓީ އިން ކުއްޔަށް ނަގައިގެން ދުއްވި ކާރުގެ ވެރި ފަރާތް، އަހުމަދު ވަސީމް

އަހުމަދު ވަސީމް ބުނީ އެ ކާރު ދުއްވަން އިން ސިފައިންގެ އޮފިސަރު ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރަށް ވެސް ގުޅާ އުނދަގޫ ކުރަމުންދާ ކަމަށް މެންބަރުގެ ސަޕޯޓަރުން ބުނާ ކަމަށެވެ. އެ ކާރުގެ ކަންކަމާ ގުޅިގެން ޒިންމާ ނަގަން ޖެހޭނީ ދާއިރާގެ މެންބަރު ކަމަށް އެ އޮފިސަރު މިހާރު ބުނަމުން ގެންދާ ކަމަށް ވެސް އަހުމަދު ނަސީމް ވަނީ ބުނެފަ އެވެ.

ސިފައިންގެ އެ އޮފިސަރު ހިމާޔަތް ކުރަން ބަޔަކު މަސައްކަތް ކުރަނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށާ އެމްއެންޑީއެފް އާ ސުވާލު ކުރުމުން އެ މައްސަލަ ބަލާނީ ފުލުހުން ކަމަށް ސިފައިން ތަކުރާރު ކޮށް ބުނަމުންދާ ކަން ވެސް އޭނާ ފާހަގަކުރި އެވެ.

އެކްސިޑެންޓާ ގުޅިގެން އެ ސީން އަށް ފުލުހުން ވެސް ދިއަ ކަމަށާ މައްސަލަ ނިމުނީ ނުގަވާއިދުން ވެހިކަލް ދުއްވި ސިފައިންގެ އޮފިސަރު އެ ކާރު ހަދަން ފައިސޭ ދޭ ގޮތަަށް ކަމަށް އޭނާ ބުންޏެވެ. ފުލުހުން އެކަން އެ އޮފިސަރަށް އެންގި ކަމަށާ އެކަމުގައި އިތުރަށް ބަލާނެ ކަމެއް ނޯންނާނެ ކަމަށް ވެސް އޭނާ ކިޔައިދިނެވެ. ނަމަވެސް އަދި ވެސް އެ ކާރު ހަދަން ފައިސާ ދޭން ސިފައިން ދެކޮޅު ހަދަމުން ދާ ކަމަށް އަހުމަދު ވަސީމް ބުންޏެވެ.

އެ ހާދިސާ އަށް ގާތްގަނޑަކަށް މަހެއް ވެފައިވީއިރު ކާރު ހެދޭނެ ގޮތެއް ނެތި، އާއިލާ އަށް ދިމާވާ އުނދަގުލާ، ވާ ގެއްލުމުގެ ޒިންމާ ނަގާނީ ކޮން ފަރާތަކުން ތޯ އޭނާ ވަނީ ސުވާލު އުފައްދާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއެމްއެންޑީއެފްއައްޑޫސިޓީ ހުޅުދޫ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
07 ޑިސެމްބަރު 2025

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި
07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
07 ޑިސެމްބަރު 2025

މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް

07 ޑިސެމްބަރު 2025
މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް