Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާނޫނީ އަސާސީގެ ތެރެއިން ވެރިކަން ބަދަލުކުރުން

ރައްޔިތުން ނުކުމެ، ގާނޫނު އަސާސީ އިމުގެ ތެރެއިން ރައީސް މުއިއްޒުގެ ވެރިކަން ބަދަލުކުރަންޖެހޭ: ޔައުގޫބް

ރައީސް މުއިއްޒު ރައްޔިތުން ގާތުގައި ދޮގު ހެއްދެވުން ނޫން ކަމެއް ނުކުރައްވާ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2024 | ހުކުރު 08:15
ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ގާނޫނުއަސާސީގެ ދިފާއުގައި - ބޮޑު ސައްލާގައި ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވާހަކަދައްކަވަނީ

ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ގާނޫނުއަސާސީގެ ދިފާއުގައި - ބޮޑު ސައްލާގައި ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވާހަކަދައްކަވަނީ

ދިވެހި ރައްޔިތުން ނުކުމެ، ގާނޫނު އަސާސީ އިމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަން ބަދަލުކުރަންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ގާނޫނުއަސާސީގެ ދިފާއުގައި - ބޮޑު ސައްލާގައި ވާހަކަދައްކަވަމުން ޔައުގޫބް ވިދާޅުވީ ރައީސް މުއިއްޒަށް ދޮގު ހެއްދެވުމުގެ ބަލިޖެހިފައިވާ ކަމަށާއި، ދޮގު ހައްދަވަމުން ހައްދަވަމުން ގޮސް މިހާރު 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ދޮގު ހައްދަވާފައިވާ ކަަމަށެވެ. ވެރިކަމަށް ވަޑައިގެން ރައްޔިތުން ގާތުގައި ދޮގު ހެއްދެވުން ނޫން ކަމެއް އެމަނިކުފާނު ނުކުރައްވާ ކަމަށާއި، މިހާރު ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތި ކުރަމުންދާ ކަމަށް ޔައުގޫބް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައްޔިތުންނަށް މީގެ ކުރިން އެއްވެސް އުދަނގޫ ކަމަކާނުލައި ލިބެމުންދިޔަ އާސަންދަ، އެންސްޕާގެ ޚިދުމަތްތައް ކަނޑާލައި، ރައްޔިތުންގެ ފައިސާއިން ވަގު ޓީވީއެއް ހުޅުވާފައިވާ ކަމަށެވެ.

މިސަރުކާރުގައި ވައްކަން ކުރުން އިންތިހާއަށް އޮތްކަން ފާހަގަކުރައްވައި ޔައުގޫބް ވިދާޅުވީ މިދިޔަ އެއް އަހަރުގެ ތެރޭގައި އަބަދުވެސް އަޑުއިވެގެން ދިޔައީ އެމްޑީޕީން އިސްވެ އޮވެ ރައްޔިތުން ގޮވައިގެން މިވެރިކަމާއި ދެކޮޅަށް ނުކުންނަންޖެހޭ ކަމުގެ އަޑުތައް ކަމަށެވެ. ވެރިކަން ކުރުމަށް 5 އަހަރުގެ ދައުރެއް ދޭންޖެހޭ ކަމަށް އޮތް ނަމަވެސް ދިވެހި ރައްޔިތުން މިހާރު މިވެރިކަން ބާއްވަން ބޭނުންނުވާ ކަމަށް ބުނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިވެރިކަން ގާނޫނީ އިމުގެ ތެރެއިން ބަދަލުކުރަންޖެހޭ ކަމަށާއި، ވެރިކަން ބަދަލު ކުރެވޭނީ ދިވެހި ރައްޔިތުންނަށް ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވީ 2023 ވަނަ އަހަރު ބޭއްވިގެން ދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެސް ރައީސް މުއިއްޒާއި، ވެރިކަން ހަވާލުކޮށްފިނަމަ ވާނެ ގޮތްތައް ރައްޔިތުންނަށް ވިސްނައިދެމުން ދިޔަ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު އިންތިޚާބު ކުރުމުން ފާއިތުވި އަހަރުގެ ތެރޭގައި ގައުމަށް ވެގެންދިޔަ ގޮތް މިހާރު ދިވެހި ހުރިހާ ރައްޔިތުންނަށް ސާފުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒަކީ ވެރިކަން ކުރަން ހެޔޮވާވަރުގެ ބޭފުޅެއް ނޫންކަން މިއަދު ސާބިތުވެފައިވާ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

އެހެންކަމުން މިސަރުކާރާ ދެކޮޅަށް މިމަހުގެ 10 ވަނަ ދުވަހު ބާއްވާ އެއްވުމުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲޔައުގޫބް އަބްދުﷲއެމްޑީޕީޤާނޫނު އަސާސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު