Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަސްވެރިކަމުގެ ސިނާއަތް ހަލާކުވުން

މަސްވެރިކަމުގެ ސިނާއަތުގައި ވާނުވާ ރައީސްއަށް އެނގިވަޑައިނުގަންނަވާ، މިއީ ސަރުކާރުގެ ފެއިލް ވުމެއްނޫންތޯ؟

ރައީސް މުއިއްޒަށް މަސްވެރިކަމުގެ ސިނާއަތުގައި ހިނގާކަންކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަނެއްކާ ވެސް ސަރުކާރަށް ވަނީ އަމާޒުވެފައެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދިން ބައެއް މަސްވެރިން ބުނެފައިވަނީ ސަރުކާރަށް އަހަރުވެގެން ދިޔައިރު މަސްވެރިންނާއި ރައީސް ބައްދަލުކުރައްވާފައިނުވާ ކަމަށާއި، މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އައްސަވާފައިނުވާ ކަމަށެވެ. އަދި މިއީ ޑިސެންބަރު މަހު 10 ވަނަ ދުވަހު އެމްޑީޕީން އިސްވެ އޮއްވެ ކާނިވާ ސަރަހައްދުގައި ބާއްވާ ބޮޑު އެއްވުމަށް ހުރަސް އެޅުމުގެ ގޮތުން މަސްވެރިންގެ ބައެއްގެ ލޮލުގައި އަނދުނެއް އެޅުމަށް ރައީސް މުއިއްޒު ކުރެވި ކަމަށް ކަމެއް ކަމަށް ވެސް ތަހުމަތުކޮށްފައިވެއެވެ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2024 | ހުކުރު 11:58
ސަރުކާރަށް އެއްއަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ސަރުކާރަށް އެއްއަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރާއްޖޭގެ މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކޮށްދެއްވާނެ ކަމުގެ ބޮޑެތި ވައުދުފުޅުތަކާއެކު އެވެ. އެމަނިކުފާނުގެ ވެރިކަމާއެކު މަސްވެރިންގެ ދިރިއުޅުން ތިޔާގިވެ، ފަސޭހަވާނެ ކަމަށް ގިނަ މަސްވެރިން އުންމީދު ވެސް ކުރިއެވެ. ނަމަވެސް މަސްވެރިން އުންމީދުކުރި ގޮތާއި ހިލާފަށް މަސްވެރިންގެ ކިރުވާލާ މަހަށް ފައިސާ ނުލިބި މަސްވެރިން ދެތިން މަސްވަންދެން ދަރާފައި ތިބެން މަޖުބޫރުވެގެންދިޔައެވެ. ނަތީޖާއެއް ގޮތުން ރައީސް މުއިއްޒު ސަރުކާރުގައި އެންމެ ފުރަތަމަ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި، މުޒާހަރާއަށް ނުކުތް ބަޔަކީ މަސްވެރިންނެވެ.

އޭރު މަސްވެރިން މުޒާހަރާއަށް ނުކުމެ، ބޮޑެތި ތުހުމަތުތަކެއް ސަރުކާރަށް ކޮށްފައިވެއެވެ. ކުރީ ސަރުކާރުގައި މަސްވެރިންކަން ތަރައްގީ ކުރުމަށް ފެށި މަޝްރޫއުތަކަށް ހުރަސްއަޅާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި މަސްވެރިންނަށް އެއްވެސް ސަރުކާރަކުން ނުޖައްސާ ދަތިތަކާއި، އުދަނގޫތައް މިސަރުކާރުން ޖައްސައި، ނިކަމެތި ކުރަމުންދާ ކަމަށް ބުނެފައިވެއެވެ. މަސްވެރިންގެ ކިރުވާ މަސްކޮޅަށް ފައިސާ ނުލިބި ދެތިން ހަތަރު މަސްވެގެން ދިޔުމާއެކު، މަސްވެރިން ފިހާތަކަށް ދަރަނިވެރިވެ، އަނބިދަރިން ބެލެނޭ ގޮތެއް ނެތި، މަހަށް ނުފުރި ލޯނަށް ފައިސާ ނުދެއްކި ތިބެން ޖެހުނެއެވެ. މިހާލުން މަސްވެރިން އަރައިގަތީ އެ މަސްވެރިންތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރަން ފެށި މުޒާހަރާއެކުއެވެ. ނަތީޖާއެއް ގޮތުން މަސްވެރިންނަށް ނުދީހުރި ފައިސާތައް ދޫކޮށް، މަސްވެރިންގެ ރުޅި މަޑުކުރުވިއެވެ. އަދި މަސްވެރިންގެ މުޒާހަރާތައް އިންތިޒާމްކޮށް، އޭރު އިސް ސަފުގައި މަސައްކަތް ކުރަމުންދިޔަ މަސްވެރިންނާއި، ސަރުކާރުގެ ބޭފުޅުން ބައްދަލުކޮށް މުޒާހަރާތައް ހުއްޓުވާލިއެވެ.

ނަމަވެސް ހާލަތެއް ބަދަލެއް ނުވެއެވެ. މަސްވެރިންނަށް ފައިސާ ނުދޭ މައްސަލައަށް ދާއިމީ ހަލެއް ނުލިބޭ ކަމަށް ގިނަ މަސްވެރިން ދަނީ ބުނަމުންނެވެ. މިސިނާއަތަށް އުންމީދު ގެނެސްދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ދާދި ފަހުން އެމަނިކުފާނު ވަނީ މިސިނާއަތުގައި ހިނގާކަންކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވެފައެވެ. 4 ޑިސެންބަރު 2024 ވީ ބުދަ ދުވަހު "މަސްވެރިންގެ ލޮބީ"އާ ރައީސް މުއިއްޒު ވަނީ ބައްދަލުކުރައްވާފައެވެ. މަސްވެރިންގެ ލޮބީގެ ފަރާތުން މައުލޫމާތު ދޭ ގޮތުގައި، އެ ލޮބީއާ ބައްދަލު ކުރެއްވުމަށް ދައުވަތު ދެއްވީ އެމަނިކުފާނެއެވެ. އެގޮތުން މިއަދުގެ ބައްދަލުވުމުގައި މަސްވެރިކަމުގެ ސިނާއަތު އޮތް ހާލަތު ރައީސްއަށް ހިއްސާކޮށްފައިވާނެ ކަމަށާއި، ރައީސް މުއިއްޒު ސަރުކާރާ ހަވާލުވީއިރު ހާލަތު އޮތް ގޮތް ވެސް ހިއްސާކޮށްފައިވާނެ ކަމަށް އެ ލޮބީގެ ފަރާތުން ބުނެފައިވެއެވެ. މީގެ އިތުރުން މިއަދު މަސްވެރި އާއިލާތައް ތިބި ނިކަމެތި ހާލަތާއި، އެ ޙާލަތުން އަރައި ގަތުމަށް ސަރުކާރާ ގުޅިގެން ކުރެވޭނެ ކަންތައްތަކާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވާރާ ކޮށްފައެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި ހުރި ކަންބޮޑުވުންތަކާއެކު، "މަސްވެރިންގެ ލޮބީ"އާ އެމަނިކުފާނު ބައްދަލު ކުރެއްވުމާ ހަމައަށް އެއްވެސް ކަމެއް އެނގިވަޑައިނުގަންނަވާ އެ ލޮބީގެ ފަރާތުން ވަނީ ބުނެފައެވެ.

ރައީސް މުއިއްޒަށް މަސްވެރިކަމުގެ ސިނާއަތުގައި ހިނގާކަންކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަނެއްކާ ވެސް ސަރުކާރަށް ވަނީ އަމާޒުވެފައެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދިން ބައެއް މަސްވެރިން ބުނެފައިވަނީ ސަރުކާރަށް އަހަރުވެގެން ދިޔައިރު މަސްވެރިންނާއި ރައީސް ބައްދަލުކުރައްވާފައިނުވާ ކަމަށާއި، މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އައްސަވާފައިނުވާ ކަމަށެވެ. އަދި މިއީ ޑިސެންބަރު މަހު 10 ވަނަ ދުވަހު އެމްޑީޕީން އިސްވެ އޮއްވެ ކާނިވާ ސަރަހައްދުގައި ބާއްވާ ބޮޑު އެއްވުމަށް ހުރަސް އެޅުމުގެ ގޮތުން މަސްވެރިންގެ ބައެއްގެ ލޮލުގައި އަނދުނެއް އެޅުމަށް ރައީސް މުއިއްޒު ކުރެވި ކަމަށް ކަމެއް ކަމަށް ވެސް ތަހުމަތުކޮށްފައިވެއެވެ.

މީގެ އިތުރުން ކޮންމެ ފަހަރަކު ވެސް މަސްވެރިން ނުކުމެ މުޒާހަރާ ކުރަން ފެށުމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ރައީސް މުއިއްޒުގެ ހިޔާލުފުޅާއި، ދުރުވިސްނުންފުޅާއެކު މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން 12 ޖޫން 2024 ގައި ވެސް މާލޭގެ 1 ނަންބަރު ޖެޓީގައި ގިނަ އަދަދެއްގެ މަސްވެރިން ބައިވެރިވެ ބޮޑު މުޒާހަރާއެއް ކޮށްފައިވެއެވެ. އެދުވަހު ވެސް މަސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު ޝިޔާމް ވަނީ ރައީސް މުއިއްޒާ ހަވާލާދެއްވައި މަސްވެރިންނަށް އުންމީދީ މެސެޖްތަކެއް ދެއްވާފައެވެ. މީގެ އިތުރުން 5 ނޮވެންބަރު ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް މިނިސްޓަރު ޝިޔާމް ވަނީ ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އަދި އެމަނިކުފާނުގެ ހިޔާލުފުޅާ މަޝްވަރާގެ ތެރެއިން ކަންކަން ކުރިއަށް ގެންދާ ކަމަށް ވިދާޅުވެފައެވެ. އަދި މަހަކު އެއްފަހަރު މަސްވެރިންނަށް ފައިސާ ލިބުނަސް، ރައީސް މުއިއްޒު މަސްވެރިންނަށް ވެވަޑައިގެންނެވި 48 ގަޑީއިރު ތެރޭގައި ކިރާ މަހަށް ފައިސާދޭ ވައުދުފުޅަށް ބަދަލެއް ނާންނަ ކަމަށް ވިދާޅުވެފައިވެއެވެ.

ކަންމިހެން އޮތް ނަމަވެސް މަސްވެރިކަމުގެ ސިނާއަތުގައި ވާނުވާ ރައީސް މުއިއްޒަށް އެނވަޑައިނުގަންނަވާނަމަ މިހުރިހާ ދުވަހު މިނިސްޓަރު ޝިޔާމް ހެއްދެވީ އިތުރުފުޅު ކަމަށް ވެސް ބައެއް ރައްޔިތުން ދަނީ ބުނަމުންނެވެ. އަދި ރާއްޖޭގެ ރައީސްއަށް ރާއްޖޭގެ އެންމެ ބޮޑު އެއްސިނާއަތުގެ ހާލު އެނގިވަޑައިނުގަންނަވާ ކަމަށްވާނަމަ ވެރިކަމުގައި ހުންނެވުމަށް ކުފޫ ހަމަނުވާ ކަމަށާއި، މިއީ ސަރުކާރުގެ ވަރަށް ބޮޑު ފެއިލްވުމެއް ކަމަށް ވެސް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ.

މަސްވެރިކަން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، އަހުމަދު ޝިޔާމް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

28 ޖޫން 2025
މިއިން ޒަމާނަކުވެސް މަސްވެރިކަމުގެ ސިނާއަތުގެ ތަރައްޤީ އަށް ނުކުރާވަރުގެ މަސައްކަތް މި ސަރުކާރުން އެބަ ކުރޭ! ނާ ރަނގަޅަށް؟

މިއިން ޒަމާނަކުވެސް މަސްވެރިކަމުގެ ސިނާއަތުގެ ތަރައްޤީ އަށް ނުކުރާވަރުގެ މަސައްކަތް މި ސަރުކާރުން އެބަ ކުރޭ! ނާ ރަނގަޅަށް؟

13 މެއި 2025
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

20 މާރިޗު 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

26 ފެބުރުއަރީ 2025
އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

05 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު