Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދަން ޕުޓިން ބޭނުންފުޅުވޭ

ބެލަރޫސްގެ ރައީސް އަލެކްސެންޑާ ލުކަޝެންކޯއާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވެފައި ވަނީ، މަޝްވަރާތައް ކުރިއަށް ގެންދަން ވާނީ އާންމުކޮށް ހުޅުވާލައިގެން ނޫން ކަަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 އޯގަސްޓު 2025 | ހޮނިހިރު 07:08
ރަޝިޔާގެ ރައީސް ޕުޓިން

ރަޝިޔާގެ ރައީސް ޕުޓިން

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް، ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ތައްޔާރަށް ހުންނެވި ކަމަށް ހާމަ ކުރައްވައިފި އެވެ.

ހުކުރު ދުވަހު ޕުޓިން ވިދާޅުވެފައި ވަނީ ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދެވޭނެ ކަމުގެ އުންމީދުގައި ހުންނެވި ކަމަށެވެ. އެހެން ނަމަވެސް، ރަޝިޔާގެ އެއްވެސް ލަނޑުދަނޑި އަކަށް ނުވަތަ، ޝަރުތަކަށް ބަދަލު ނާންނާނެ ކަމަށް ވެސް ޕުޓިން ވަނީ ވިދާޅުވެފަ އެވެ.

ބެލަރޫސްގެ ރައީސް އަލެކްސެންޑާ ލުކަޝެންކޯއާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވެފައި ވަނީ، މަޝްވަރާތައް ކުރިއަށް ގެންދަން ވާނީ އާންމުކޮށް ހުޅުވާލައިގެން ނޫން ކަަމަށެވެ. އަދި މަޝްވަރާތައް ކުރިއަށް ގެންދަން ޖެހޭނީ އަމާން މާހައުލެއްގައި ކަމަށް ވެސް ޕުޓިން ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވެފައި ވަނީ، އޯރެޝްނިކް ބެލިސްޓިމް މިސައިލް ސިސްޓަމްގެ ފުރަތަމަ ބެޗު ރަޝިޔާގެ އަސްކަރިއްޔާއާ ހަވާލު ކުރެވިފައިވާ ކަމަށެވެ. އަދި ރަޝިޔާގެ ސިފައިން ޔުކްރެއިންގެ ޑޮންޓްސްކް ސަރަހައްދުގެ ޗަސިޗް ޔާރު ރަށް ކޮންޓްރޯލް ކޮށްފައިވާ ކަމަށް ޕުޓިން ވިދާޅުވި ނަމަވެސް، ޔުކްރެއިން އިން ދަނީ އެކަން ދޮގު ކުރަމުންނެވެ. 

އެކަމާ ގުޅޭ ގޮތުން ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ ވިދާޅުވީ ޕުޓިންއާ ބައްދަލު ކުރެއްވުމަށް އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށެވެ. އަދި މިއީ ހަނގުރާމަ ސުލްހަވެރިކަމާ އެކު ނިންމާލުމަށް އެދި ދެމެހެެއްޓެނިވި އިޚުލާސްތެރި މަސައްކަތެއް ނަމަ، ޔުކްރެއިން އިން އަނެއްކާ ވެސް ޔަގީން ކޮށްދެނީ ކޮންމެ ވަގުތެއްގައި ވެސް އިސްވެރިންގެ ފެންވަރުގައި ބައްދަލު ކުރުމަށް ތައްޔާރަށް ތިބިކަން ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ. 

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާ އިން ވަނީ ވަކި ޝަރުތުތަކެއް ކަނޑައަޅައިފަ އެވެ. އެގޮތުން ޔުކްރެއިން އިން އެ ޤައުމުގެ ބައެއް ދޫކޮށްލުމާއި، ޤައުމުތަކުން ޔުކްރެއިން އަށް ދެމުން އަންނަ އަސްކަރީ އެހީތެރިކަން ހުއްޓާލުމަށް ވެސް ޝަރުތު ކޮށްފައިވެ އެވެ. ނަމަވެސް ޔުކްރެއިން އިން އަންނަނީ އެކަމާ ދެކޮޅު ހަދަމުންނެވެ.

ޔުކްރެއިން އިން ބުނަމުން އަންނަނީ ހަނގުރާމަ ހުއްޓާލަން ވާނީ އެއްވެސް ޝަރުތެއް ނެތި ކަމަށެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި

24 އެޕްރީލު 2017
މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
20 މާރިޗު 2017

އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ

20 މާރިޗު 2017
އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު