Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގެދޮރުވެރިޔާ ސްކީމް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓް ތަކަށް ރަށްވެހިންގެ ރަޖިސްޓަރީ ހަދާ ނުދޭނެ!

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރަނީ ކުލީގެ އެއްބަސްވުމެއްގެ ދަށުން ކަމަށްވާތީ ރަށްވެހިންގެ ރަޖިސްޓަރީ ނުދޭނެކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތު ދީފި

ރާއްޖެ އެމްވީ | 27 ޖުލައި 2025 | އާދީއްތަ 14:13
ގެދޮރުވެރިޔާގެ ސްކީމުގެ ދަށުން ރައީސް ސާލިހް ސަރުކާރުން އަޅާފައިވާ ފްލެޓުތައް

ގެދޮރުވެރިޔާގެ ސްކީމުގެ ދަށުން ރައީސް ސާލިހް ސަރުކާރުން އަޅާފައިވާ ފްލެޓުތައް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ރައީސް މުއިއްޒުގެ ސަރުކާރުން ފްލެޓް ދޫކުރަނީ ކުލީގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ވާތީ ރަށްވެހިންގެ ރަޖިސްޓަރީ އެ ފްލެޓްތަކަށް ހަދައި ނުދޭނެ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދީފައިވާ ކަމަށް ފަަހި ޔޫނިއަން އަށް މައުލޫމާތު ދީފި އެވެ.

އެ ޔޫނިއަން އިން ބުނީ މިއީ މިހާތަނަށް ރާއްޖޭގެ ތާރީޚު ގައި ސޯޝަލް ހައުސިންގ ގެ ގޮތުގައި ދޫކުރި އެއްވެސް ބޯ ހިޔާވަހި ކަމަކަށް ދިމާވި ހާލަތެއް ނޫން ކަމުގައެވެ.

އެއީ މިހާތަނަށް ސޯޝަލް ހައުސިންގ ގެ ގޮތުގައި މުޅިން ވެސް ހަދާފައި ވަނީ ގަނެ ވިއްކުމުގެ އެއްބަސްވުން ތައް ކަމަށް ވާތީ ކަމަށް ވެސް ފަހި ޔޫނިއަން އިން ބުނެއެވެ.

މި ސަރުކާރުން ގެދޮރުވެރިޔާ ސްކީމު ގެ ދަށުން ފުލެޓް ދޫކުރާ ފަރާތާއި ފްލެޓް ލިބޭ ފަރާތާ ދެމެދުގައި ސޮއި ކުރަމުން ދަނީ "ޔުނިޓް ކުއްޔަށް ދިނުމާއި މިލްކު ކުރުމުގެ އެއްބަސްވުމެއް" ގައެވެ.

މިހާތަނަށް ރާއްޖޭގައި ދޫކުރެވިފައިވާ ހައުސިން ސްކީމްތަކަކީ ސޯޝަލް ހައުސިން ޔުނިޓްގެ ގޮތުގައި ދުކުރެވިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއްގެ ގޮތުގައިކަން ފާހަގަކުރެވޭއިރު، ރާއްޖޭގައި އެންމެފަހުން ދޫކުރެވުނު ސޯޝަލް ހައުސިންގ ސްކީމް ކަމުގައިވާ ހިޔާ މަޝްރޫޢުގެ ދަށުން ފުލެޓް ހަވާލު ކޮށްފައިވާ އުޞޫލަކީ ފުލެޓް އެއްބަސްވުމުގައި ސޮއި ކުރާ ހިސާބުން ފެށިގެން އެއީ އެފަރާތެއްގެ އަމިއްލަ މިލްކެއް ކަމުގައި ހަމަ ޖެހިގެން ދިޔުމެވެ. އަދި މި ފުލެޓްތަކަށް ޑައުންޕޭމަންޓް ދައްކަން ނުޖެހި އެގްރީމަންޓްގައި ސޮއި ކުރާ ހިސާބުން ސަރުކާރުން ވަނީ ފްލެޓް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލު ކޮށްފައެވެ.

ހުސްވި އަހަރު ޖެނުއަރީ މަހު އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ގޯއްޗާއި ފްލެޓް ގެ ކަންކަން ވައުދުވީ ގޮތައް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ވެވަޑައިގެންނެވި ވައުދު ގައި ވަނީ ކުރީ ސަރުކާރުން ދީފައިވާ ފްލެޓްތައް އަތުނުލާނެ ކާމަށާއި އަދި ފްލެޓްތައް ދޭން ނިންމާފައިވާ ގޮތަކަށް ބަދަލެއް ނުގެނެސް ދިންއެއްޗެއް، ދިންގޮތަކަށް، އަދި އެއަށް ވުރެ ފުރިހަމަ ކޮށް ދެއްވާނެ ކަމަށެވެ.

މިހާރު ހާމަވެފައިވާ ގޮތުގައި، މުއިއްޒު ގެ ވައުދާ ޚިލާފަށް، އަދި ކުރީގެ ސަރުކާރުން ފްލެޓް ދޫކުރަން ނިންމި ގޮތާ ވެސް ޚިލާފަށް، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓް ތަކަކީ އެހެނިހެން ރިއަލްއެސްޓޭޓް ކުންފުނިތަކުންވެސް ދިގު މުއްދަތަކަށް އަގުދައްކާ ޚަލާސް ކުރުމުން މިލްކު ކުރެވޭ އުސޫލުން، ފަހިދިރިއުޅުން ކޯޕަރޭޝަނަށް 25 އަހަރުގެ މުއްދަތަކުން އަގުދައްކާ ޚަލާސް ކުރުމުން މިލްކު ކުރެވޭގޮތަށް ދޫކުރެވޭ ފްލެޓް ތަކެއް ކަމެވެ.

ފަހި ޔޫނިއަން އިން އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ރައީސް މުއިއްޒުގެ ސަރުކާރުން ހަދާފައި އެއްބަސްވުމަކީ ނިމިދިޔަ ސަރުކާރުން ހަދާފައިވާ އެއްބަސްވުން ބަދަލު ކޮށް ރައްޔިތުންގެ އަތުން ފްލެޓް އަތުލުމުގެ ބޭނުމުގައި އިތުރު ނުރައްކާތެރި މާއްދާތަކެއް ހިމަނާފައިވާ އެއްބަސްވުމެއް ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި

އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި

07 މާރިޗު 2017
ނާދީ އާއި އޯޑިއޯން ބިމުގައި ޓާޓާއިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި

ނާދީ އާއި އޯޑިއޯން ބިމުގައި ޓާޓާއިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި

28 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް

އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް

17 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު