Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވީއައިއޭގެ އާ ޓާރމިނަލް

"އެއަރޕޯޓުގެ ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަން ދިވެހި ކުންފުނިތަކަށް ދިނުމުގެ ވިސްނުމެއް ނެތް ކަމަށް އެމްއޭސީއެލް އިން ބުނި"

28 ޖުލައި 2025 | ހޯމަ 03:45

އެއަޕޯޓުގެ އައު ޓާރމިނަލްގައި ހަދާ ފިހާރަތަކާއި ކެފޭތައް އަދި ރެސްޓޯރަންޓް ފަދަ ތަންތަން ދިވެހި ކުންފުނިތަކަށް ދޭން އެމްއޭސީއެލް ގެ ވިސްނުމެއް ނެތް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 28 ޖުލައި 2025 | ހޯމަ 03:45
އަމްރު މިނިވަން ދުވަހުގެ ޚާއްސަ ކަވަރޭޖް ގައި ވާހަކަދައްކަވަނީ: ވީއައިއޭ އައު ޓާރމިނަލުން ދިވެހި ކުންފުނި ތަކަށް ފުރުސަތު ނުދޭތީ ފާޑު ވިދާޅުވި

އަމްރު މިނިވަން ދުވަހުގެ ޚާއްސަ ކަވަރޭޖް ގައި ވާހަކަދައްކަވަނީ: ވީއައިއޭ އައު ޓާރމިނަލުން ދިވެހި ކުންފުނި ތަކަށް ފުރުސަތު ނުދޭތީ ފާޑު ވިދާޅުވި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާރމިނަލްގައި އަލަށް ހަދާފައިވާ ފިހާރަތަކާއި ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަން ދިވެހި ކުންފުނިތަކަށް ދިނުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) އިން ބުނެފައި ވާކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހާއި ގުޅިގެން ރާއްޖެ ޓީވީން ގެނެސްދިން ޚާއްސަ ކަވަރޭޖް ގައި ވާހަކަ ދައްކަވަމުން އަމްރު ވިދަޅުވީ އެއަރޕޯޓުގެ ވީއައިޕީ ޓާރމިނަލް އަކީ އެތަނުން ވަރަށް ގިނަ އާމްދަނީ ލިބޭ އަދި އެތަނަކުން އެމްއޭސީއެލްއަށް ގިނަ އާމްދަނީތަކެއް ވަންނަ މައި ދޮރު ކަމަށެވެ.

Advertisement - newsAdvertisement

އެހެން ކަމުން މިހާރު ހުޅުވަން ތައްޔާރުވަމުން އަންނަ އައު ޓާރމިނަލް ހުޅުވުމާއި އެކު އެތަނުން މާ ގިނަ އާމްދަނީ އެމްއޭސީއެލް އަށް ލިބޭނޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ އެއަރޕޯޓު އަޅަން ލޯނެއް ނަގާއިރު، އެ ލޯނު ނަގަން ހުށަހަޅަނީ އެލޯނު ދައްކާނެ ޕްލޭނަކާއި ވެސް އެކުގައި ކަމަށެވެ. އެގޮތުން މި ޕްލޭނުގައި އެއަރޕޯޓުގެ ވީއައިޕީ ޓާރމިނަލާއި، އެތަނުގައި ހަދާ ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކުން ލިބޭނޭ އަދަދުތަކުގެ ތަފްސީލް ތައް ކަނޑައެޅި ބަޔާންކޮށްފައި ހުންނާނޭ ކަމަށެވެ.

އެހެން ނަމަވެސް އެއަރޕޯޓު ޓާރމިނަލް ނިމި އެތަން ހުޅުވުމުން އެތަނުން ފިހާރައެއް ނުވަތަ ރެސްޓޯރަންޓެއް އެހެން ބަޔަކަށް ނުވަތަ އެހެން ޕާޓީއަކަށް ދޫކޮށްލާއިރު އޭގެންވެސް ނަތީޖާއެއް ނުކުންނަ ކަމަށެވެ. އަދި އެ ނަތީޖާއަކީ ހަގީގަތުގައި އެތަނުން އާމްދަނީ ލިބެން ވާރަކަށް ނުލިބުމުގެ މައްސަލަ ކަމަށް އަމްރު ވިދާޅުވިއެވެ. އެހެން ކަމުން ދެން ޖެހޭނީ އަނެއްކާ ވެސް އެއަރޕޯޓު ހަދަން ނެގި ލޯނުދައްކަން އިތުރު ދިމާއަކުން ފައިސާތަކެއް ހޯދުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވީއައިއޭގެ އައު ޓާރމިނަލްގައި ހަދާފައި ހުރި ފިހާރަތަކާއި ރެސްޓޯރަންޓް ފަދަ ތަންތަން، ބޭރުގެ ކުންފުނިތަކަށް ދޭން އެމްއޭސީއެލް ކުންފުނިން މިޖެހެނީ ކީއްވެތޯ ސުވާލު އުފައްދަވަމުން އަމްރު ވިދާޅުވީ މިތާ އުސޫލުހަދާފައި މި އޮންނަ ގޮތުން ބޭރުގެ ކުންފުންޏަކުން އައިސް ކަމެއް ކުރީމަ ނޫނީ މިތަނުން ދިވެހިންނަށް ފައިދާއެއް ނުވަތަ އެއްވެސް އެއްޗެއް އެނގޭކަމަށް ވެސް ނުވާ ކަމަށެވެ. އަދި އެތަނުން މަންފާއެއް ވެސް ލިބޭ ކަމަށް ނުވެއެވެ. އަދި އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އަމްރު ވިދާޅުވީ އެއަރޕޯޓުގައި މިހާރު އަލަށް ހުޅުވާ އައު ޓާރމިނަލުން ފިހާރަތަކާއި، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަން ދިވެހި ކުންފުނިތަކަށް ދޭ އުސޫލަކީ ކޮބައިތޯ ބެލުމަށް ފޯނުން ގުޅައި މައުލޫމާތު ސާފުކުރެއްވި ކަމުގައެވެ. އަދި އެއާޕޯޓުގެ އެއްވެސް ތަނަކުން އެއްވެސް އިންވެސްޓެއް ކުރުމަށް ދިވެހި ކުންފުންޏަކަށް ދިނުމުގެ ވިސްނުމެއް ނެތް ކަމަށް އެ ފަރާތުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އޭގެ ބަދަލުގައި ބޭނުން ވަނީ އެއަރޕޯޓަށް ބޭރުގެ ކުންފުނިތަން ގެންނަން ކަމުގައި ވެސް އެ ފަރާތުން ބުނެފައިވާ ކަމަށް އަމްރު ވިދާޅުވިއެވެ.

މިތަނަށް މި އަންނަ 2 މިލިއަން ޓޫރިސްޓުން އަންނަނީ މިތަނުގެ ކޮސްޓް އާއި ބްރޭންޑްގެ ކޮފީ އެއަރޕޯޓު ޓާމިނަލަލުން ލިބޭތީކީ ނޫނޭ. ނޫނިއްޔާ ކޮފީ ކުލަބް އެތަނުގައި ހުރެގެން އެތަނުން ކޮފީ އެއް ބުވޭތީކީ ނޫނޭ، މިތަނަށް ޓޫރިސްޓުން އަންނާނޭ މިތަނުގައި ދިވެހި ކުންފުނިތަކުން އެތަނުގައި އެކަން ކުރިޔަސް
އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު

އަމްރު އިތުރަށް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި އެ ގައުމުތަކުގެ އެއަރޕޯޓުތަކުގަ ވެސް މުޅިން ވެސް ބޭނުން ކުރަނީ އެ ގައުމުތަކުގެ އުފެއްދުން ތަށް ކަމަށެވެ. އަދި އެ އުފެއްދުންތައް ބަލައިގަނެ، އެތަންތަނަށް އައިސް ގޮސް އުޅޭ ފަތުރުވެރިންގެ ނިސްބަތް ވެސް މަދު ނޫން ކަމަށް އަމްރު ވިދާޅުވި އެވެ.

އަދި ބޭރުފައިސާ ރާއްޖެއަށް އެތެރެކުރުމަށް، ޚާއްސަކޮށް ރާއްޖޭގެ އުފެއްދުންތައް ބޭރު ގައުމުތަކަށް އެކްސްޕޯޓް ކޮށް، ޑޮލަރުގެ އާމްދަނީ އިތުރު ކުރުމަށް އެއަރޕޯޓުން ޚިދުމަތްތައް ދޭ ތަންތަން ދިވެހިންނަށް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ރަށްރަށުގައި ތިބެނީކީ ރައީސް ޔާމީން ވިދާޅުވާފަދަ ގަމާރުންނެއް ނޫން:ހަސަން ލަތީފް

04 އެޕްރީލު 2017
ރަށްރަށުގައި ތިބެނީކީ ރައީސް ޔާމީން ވިދާޅުވާފަދަ ގަމާރުންނެއް ނޫން:ހަސަން ލަތީފް
03 އެޕްރީލު 2017

ސައުދު ފަދައިން އެހެން މެންބަރުން ވެސް ރައްޔިތުންގެ ކޮޅަށް އަރާވަޑައިގަތުމަށް އެމްޑީޕީން ގޮވާލައިފި

03 އެޕްރީލު 2017
ސައުދު ފަދައިން އެހެން މެންބަރުން ވެސް ރައްޔިތުންގެ ކޮޅަށް އަރާވަޑައިގަތުމަށް އެމްޑީޕީން ގޮވާލައިފި
31 މާރިޗު 2017

ލަންކާ ފަދައިން ވެރިކަން ބަދަލުވުމުން ޗައިނާގެ މަޝްރޫޢުތަކާ މެދު މަޝްވަރާކުރާނަން: ރައީސް ނަޝީދު

31 މާރިޗު 2017
ލަންކާ ފަދައިން ވެރިކަން ބަދަލުވުމުން ޗައިނާގެ މަޝްރޫޢުތަކާ މެދު މަޝްވަރާކުރާނަން: ރައީސް ނަޝީދު
29 މާރިޗު 2017

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަ ދެއްކެވި ކަމަށް ބުނެ މަޚުލޫފް އެކަހެރިކޮށް އިނާޔަތްތައް ކަނޑާލައިިފި

29 މާރިޗު 2017
ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަ ދެއްކެވި ކަމަށް ބުނެ މަޚުލޫފް އެކަހެރިކޮށް އިނާޔަތްތައް ކަނޑާލައިިފި
01 މާރިޗު 2017

ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި

01 މާރިޗު 2017
ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި
20 ފެބުރުއަރީ 2017

ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

20 ފެބުރުއަރީ 2017
ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް