Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޚުލޫފް ޖަލުގައި

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަ ދެއްކެވި ކަމަށް ބުނެ މަޚުލޫފް އެކަހެރިކޮށް އިނާޔަތްތައް ކަނޑާލައިިފި

ފޯން ކޯލް ކުރުމާއި، އެކަހެރި ބައްދަލުވުންތަކާއި، އަދި އާއިލީ ބައްދަލުވުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 29 މާރިޗު 2017 | ބުދަ 10:42
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚުލޫފް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚުލޫފް

މާފުށީ ޖަލުގައި ހުކުމް ތަންފީޒް ކުރައްވަމުން ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚުލޫފް ގައުމީ ސަލާމަތަށް ނުރައްކާ ފަދަ ވާހަކަތަކެއް ދެއްކެވި ކަމަށް ބުނެ، އޭނާގެ އިނާޔަތްތައް ކަނޑާލައިފި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން މަޚޫލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކައެއް މަޚުލޫފް ދައްކަވާފައިވާ ކަމަށް ބުނެ އެއް މަސް ދުވަހަށް އިނާޔަތްތައް ކަނޑާލާފައިވާ ކަމަށެވެ.

އެގޮތުން ފޯނު ކޯލް ކުރުމާއި، އެކަހެރި ބައްދަލުވުންތަކާއި، އަދި އާއިލީ ބައްދަލުވުން އެއް މަސް ދުވަހަށް މަޚްލޫފަށް ނުދިނުމަށް ނިންމާފައިވާ ކަމަށް ނަޒްރާ ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖަލުގެ ގަވާއިދުތަކާ ޚިލާފުވާ މީހުންނާ މެދު ފިޔަވަޅު އަޅާ އުސޫލުން މަޚުލޫފާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި މަޚުލޫފްގެ އިނާޔަތްތައް ކަނޑާލާފައިވާކަން ކަރެކްޝަނުގެ އޮފިޝަލް ކަށަވަރުކޮށްދެއްވި އެވެ. ނަމަވެސް، މަޚުލޫފް އެކަހެރިކޮށްފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މަޚްލޫފާ މެދު ފިޔަވަޅު އެޅީ ޖަލުގެ ކޮން ގަވާއިދަކާ ޚިލާފުވެގެން ކަމާއި، އެޅި ފިޔަވަޅުތަކުގެ ތަފްސީލު ހާމަކުރުމަށް ކަރެކްޝަނުގެ މީޑިއާ އޮފިޝަލް ވަނީ ދެކޮޅު ހައްދަވާފަ އެވެ.

މަޚުލޫފް އިނާޔަތްތައް ކަނޑާލިއިރު، ގާނޫނީ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ނުދޭތާ މިހާރު ދެ މަސް ވަނީ ވެފަ އެވެ. މަޚުލޫފްގެ އާއިލާ އާއި ވަކީލު ގެންދަވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ކުށުގެ ދެ ދައުވާއެއްގައި މަޚުލޫފްގެ މައްޗަށް ވަނީ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އޭގެ ތެރެއިން ހަ މަސް ދުވަހުގެ ޖަލު ހުކުމް ތަންފީޒްކޮށް ނިމިފައިވާއިރު، މިހާރު ތަންފީޒް ކުރައްވަމުން ގެންދަވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ. އެ ހުކުމް ތަންފީޒްކޮށް ނިންމައި، މަޚުލޫފް މިނިވަން ވާނީ ޖޫން މަހުގެ ތެރޭގަ އެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު