Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސައުދީ އެމްބަސީގެ "ހަދިޔާ"

ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

އިވެންޓެއް ކަވަރ ކުރަން ދިޔަ ނޫސްވެރިނަނަށް ސައުދީ އެމްބަސީން ވަނީ ފައިސާ ދީފައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 20 ފެބުރުއަރީ 2017 | ހޯމަ 12:49
ދިވެހިރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީ

ދިވެހިރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީ

އާދިއްތަ ދުވަހު ސަައުދީ އަރަބިއްޔާގެ އެމްބަސީގައި އޮތް ހަފްލާއެއްގައި ނޫސްވެރިންނަށް ސިޓީ އުރައެއްގައި ބަންދުކޮށްފައި ފައިސާ ދީފައިވާ އިރު، ރައްޔިތުންގެ އިތުބާރު ގެއްލޭ ފަދަ ހަދިޔާއެއް ރާއްޖެޓީވީ އަދި ސްޓޭޝަންގެ އެއްވެސް މުވައްޒަފެއް ގަބޫލު ނުކުރާނެކަން ފާހަގަކޮށް، ހަމަ އެ ދުވަހު މި "ހަދިޔާ" އެމްބަސީއަށް އަނބުރާ ރައްދުކޮށްފިއެވެ.

ތިން މަސް ތެރޭގައި ކީރިތި ޤުރުއާން ހިތުދަސް ކުރި އޯޓިސްޓިކް ކުއްޖެއްކަމަށްވާ، 14 އަހަރުގެ އަލްހާފިޒް އަހްމަދު ނަބީހަށްހިތްވަރު ދިނުމުގެ ގޮތުން ސައުދީ އެމްބަސީން އޭނާއާ ބައްދަލުކުރުމަށް އާދިއްތަ ދުވަހު މެންދުރު ބޭއްވި އިވެންޓް ކަވަރ ކުރުމަށް ގިނަ ނޫސްވެރިން އެތަނަށް ގޮސްފައިވެއެވެ. އަދި އިވެންޓް ނިމުމުން ނޫސްވެރިން ވަކިން ހާޒިރުކޮށް، ސިޓީ އުރައެއް އެމީހުނާ ވަނީ ހަވާލުކޮށްފައެވެ. އޭގައި އޮތީ 500 ރުފިޔާކަން ނޫސްވެރިންނަށް އެނގުނީ އެމްބަސީން ނުކުތުމަށް ފަހުގައެވެ.

Advertisement - newsAdvertisement

ގުޅޭ ޚަބަރު: ސައުދީ އެމްބަސީއިން ނޫސްވެރިންނަށް ފައިސާ ބަހައިފި

ޅަ، ދިވެހި ކުދިންގެ ކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ މިފަދަ ހަފްލާތަކުގައި ބައިވެރިވުމަކީ ރާއްޖެޓީވީއަށް ލިބޭ ފަހުރެއްކަން ފާހަގަކޮށް، މިއީ މިފަދަ "ހަދިޔާ"އެއް ދޭން ޖެހޭފަދަ ހާލާތެއްކަމަށް ނުދެކޭކަން ބުނެ، ސްޓޭޝަނުން ވަނީ އެތަނުގެ ދެ މުވައްޒަފުންނަށް ދިން "ހަދިޔާ" ސައުދީ އެމްބަސީއަށް އަނބުރާ ރައްދުކޮށްފައެވެ.

ފައިސާ އަނބުރާ ރައްދު ކުރަމުން، ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުައްވާފައި ހުންނަވާ ސަފީރު، ބަދުރު އަލީ އަލްކަހާއިލަށް ފޮނުވި ސިޓީގައި ރާއްޖެޓީވީން ބުނީ، އިވެންޓް ނިމުމުން ނޫސްވެރިންނަށް ފައިސާދިންކަން އެނގުމުން ރާއްޖެޓީވީން ހައިރާންވިކަމަށާއި، އެއީ ރާއްޖެޓީވީން ހުއްދަ ކުރާ ކަމެއް ނޫންކަމަށެވެ.

"މިފަދަ އެއްވެސް ހަދިޔާއެއް ގަބޫލުކުރުމަކީ ރާއްޖެޓީވީން ހުއްދަ ކުރާކަމެއް ނޫން، އެހެންކަމުން އިވެންޓް ނިންމާފައި އަނބުރާ އޮފީހަށް އައުމަށް ފަހު ނޫސްވެރިންވަނީ އެ ވާހަކަ ސްޓޭޝަންގެ ސީނިއަރ ފަރާތްތަކާ ހިއްސާކޮށްފައި،" ސިޓީގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، "ރައްޔިތުންގެ އިތުބާރު ގެއްލި، ޝައްކު އުފެދިދާނެ ފަދަ އެއްވެސް ހަދިޔާއެއް ރާއްޖެޓީވީއާއި ސްޓޭޝަނުގެ އެއްވެސް މުވައްޒަފެއް ގަބޫލު ނުކުރާނެ"ކަން ސިޓީގައި ފާހަގަކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު