Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އައްބާސް ރައީސަށް ރައްދު ދިނުން

މަޝްރޫއުތަކަށް ހުރަސް އަޅާ ކަމަށް ރައީސް ވިދާޅުވުމުން އެ ތުހުމަތުތަކަށް އައްބާސްގެ ރައްދެއް

ފޮއްދޫގައި ސަރުކާރުން ހިންގަން ރާވާފައިވާ ކަންކަން ނުކުރެވި ލަސްވަނީ އައްބާސްގެ އެއްބާރުލުން ނުލިބޭތީ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 23 ޖުލައި 2025 | ބުދަ 13:23
ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް

ނ. ފޮއްދޫގައި ސަރުކާރުން ހިންގަން ރާވާފައިވާ ކަންކަން ނުކުރެވި ލަސްވަނީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްގެ އެއްބާރުލުން ނުލިބޭތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ތުހުމަތުތަކަށް އައްބާސް ރައްދު ދެއްވައިފި އެވެ.

ނ. އަތޮޅުގެ ރަށްތަކަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ފޮއްދުއަށް ވަޑައިގެން ރައީސް ވިދާޅުވީ އެ ދާއިރާގެ މެންބަރު އައްބާސްގެ އެއްބާރުލުމެއް ނުލިބޭ ތަނުގައި، ކަންކަން ކުރުމަށް ހުރަސް އަޅަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ދާއިރާއަށް އިންތިހާބުކޮށްފައި ހުންނަ މެންބަރު ސިޔާސީ ހިޔާލު ތަފާތުވި ނަމަވެސް، ވާން ޖެހޭނީ ޒިންމާދާރުކަމާއެކީ ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރަން ޖެހޭ ބޭފުޅަކަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިކަމަށް ރައްދުދެއްވައި އައްބާސް އެކްސައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ސިޔާސީ މައިދާނުގައި މިހާތަނަށް ހޭދަކުރި 18 އަހަރު އޭނާގެ ހަށިގަނޑުގައި ނާޅާ ވޭން މިއަދު އަޅަމުން ދާ ކަމަށެވެ. އަދި މިހާތަނަށް ބުނި ކޮންމެ ބަހެއް އަދި ކުރި ކޮންމެ ކަމެއް ކުރީ ދާއިރާގެ ރައްޔިތުންގެ ހައްގުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ މި ސަރުކާރުން ހުށައެޅި މޮޅު ބަޖެޓަށް ވޯޓު ދީ، ސަރުކާރުން ހުށަހެޅި ކޮންމެ ބިލަކަށް ވެސް ވޯޓު ދީފައިވާނޭ ކަމަށާއި އޭގެ އިތުރުން ދާއިރާގެ ތިން ރަށުގެ ރައްޔިތުން ބޭނުންވާ ތަރައްގީ ގެ ވާހަކަ ހިފައިގެން ދައުލަތުގެ ހުރިހާ މުއައްސަސާ އަކަށް ގޮސްފައިވާނޭ ކަމަށެވެ.

އަދި ސަރުކާރާ ދެކޮޅަށް އެއްވެސް ބާވަތެއްގެ މުޒާހާރާއެއް ވެސް ނުކުރާ ކަމަށާއި ސަރުކާރުގެ ވެރިންނަށް ހުތުރު ބަހުން އެއްޗެތި ކިޔާފައި މެސެޖެއް ވެސް ކޮށްފައި ނުވާނޭ ކަމަށް އައްބާސް ވިދާޅުވިއެވެ. އަދި އަމިއްލަ މަސްލަހަތު ހިމެނޭ އެއްވެސް ކަމަކު ސަރުކާރުގެ އެއްވެސް ވެރިއެއްގެ ކިބައިން ނޭދޭ ކަމަށާއި އެހެން ކަމުން ހުރަސް އެޅުމަކީ ކޮބައިތޯ އައްބާސް ވަނީ ސުވާލު އުފައްދަވާފައެވެ.

ސިޔާސީ ގޮތުން މިހޭދަ ކުރި 18 އަހަރު މިހަށިގަޑުގައި ނާޅާ ވޭން މިއަދު އަޅަމުން ދަނީ.. އަޅުގަނޑު ކުރި ކޮންމެ ކަމެއް ބުނި ކޮންމެ ބަހެއް ބުނީ އަދި އެޅި ކޮންމެ ފިޔަވަޅެއް އެޅީ ދާއިރާގެ ރައްޔިތުންގެ ހައްޤުގައި.. ސަރުކާރުން ހުށައެޅި މުޅޮބަޖެޓަށް އަޅުގަނޑު ވޯޓު ދިނިން.. ސަރުކާރުން ހުށައެޅި ކޮންމެ ބިލަކަށް އަޅުގަނޑު ވޯޓު ދިނިން.. ދާއިރާގެ 3 ރަށުގެ ރައްޔިތުން ބޭނުންވާ ތަރައްޤީ ގެ ވާހަކަ ހިފައިގެން ދައުލަތުގެ ހުރިހާ މުއައްސަސާ އަކަށް އަޅުގަނޑު ދިޔައިން..
ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް

ސަރުކާރުގެ ސިޔާސަތުތަކާއި ސަރުކާރުގެ އަމަލުތައް ހުރި ގޮތަށް އައްބާސް ފަހަކަށް އައިސް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންގެންދަވާއިރު، އެންމެ ބޮޑަށް ފާޑުވިދާޅުވަމުންގެންދަވަނީ ދާއިރާގެ ރަށްރަށުގައި ޕްރޮޖެކްޓުތައް ނުހިނގާ ކަމަށް ވިދާޅުވެއެވެ.

އެގޮތުން ރައީސް މުއިއްޒު ނ. އަތޮޅަށް ވަޑައިގަންނަވާތީ އެ ދަތުރުގެ ބޭނުމަކީ އިތުރު ދޮގުތައް ހަދައިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބު ވެރިކަން ކުރާ ޕީއެންސީއަށް ހޯދުން ކަމަށް އައްބާސް ކުރިން ވިދާޅުވި އެވެ.

ބުދަ ދުވަހު ފޮއްދޫއަށް ވަޑައިގެން ހުންނަވައި ރައީސް މުއިއްޒު ވިދާޅުވީ އައްބާސްއަށް ވުރެ އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުން ވެސް މާ ރަނގަޅު ކަމަށާއި އެމްޑީޕީގެ މެންބަރުން ސަރުކާރު ކުރާ ކަންކަމާ ނުބެހޭ ކަމަށެވެ.

އެގޮތުން ދާއިރާގެ ކަމެއްގައި މިހާތަނަށް އެމްޑީޕީގެ މެންބަރުކު އެމަނިކުފާނުގެ އަރިހަށް ނާންނަކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެގޮތަށް އަމަލުކުރުމުން މަސައްކަތް ކުރަން ފަސޭހަ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު