Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

ޓްރަމްޕް ވިދާޅުވީ އީރާންގެ ނިއުކްލިއާ މަރުކަޒުތައް "ނައްތާލެވިފައިވާ" ކަމަށް

އަނެއްކާ ވެސް އެކަން ފާހަގަ ކުރައްވައި ޓްރަމްޕް އޭނާގެ ޓްރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާ އިން ހަމަލާ ދީފައިވާ ނިއުކްލިއާ ތިން މަރުކަޒު ވެސް ފުރިހަމަ އަށް ހަލާކުވެފައިވާ ކަމަށާއި، ނުވަތަ އެއްކޮށް ފުނޑު ފުނޑުވެގެން ގޮސްފައިވާ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ޖުލައި 2025 | އާދީއްތަ 04:39
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާ އިން އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާގެ ސަބަބުން، އެ މަރުކަޒުތައް މުޅިން ނައްތާލެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕްގެ އަމުރަށް އެމެރިކާ އިން އީރާން އަށް ހަމަލާ ދީފައިވާއިރު، ޓްރަމްޕް ވިދާޅުވީ ޖޫން މަހުގެ 22 ވަނަ ދުވަހު ދިން ހަމަލާގެ ސަބަބުން އީރާންގެ ނިއުކްލިއާ ހުރިހާ މަރުކަޒެއް ހަލާކުވެފައިވާ ކަަމަށެވެ.

ޓްރަމްޕް މިހެން ވިދާޅުވީ ނަމަވެސް، އެންބީސީ ނޫހުން ހާމަކޮށްފައިވާ އެމެރިކާގެ މިލިޓަރީ އެސެސްމަންޓު ތަކުން ދައްކާ ގޮތުގައި ތިން މަރުކަޒުގެ ތެރެއިން ހަލާކުވެފައި ވަނީ އެންމެ މަރުކަޒެކެވެ. 

އެކަމާ ގުޅިގެން މީގެ ކުރިން ވެސް ޓްރަމްޕް ވިދާޅުވެފައި ވަނީ އެެމެރިކާ އިން ދިން ހަމަލާގެ ސަބަބުން އީރާންގެ މަރުކަޒުތައް ހަލާކުވެފައިވާ ކަމަށެވެ. އަނެއްކާ ވެސް އެކަން ފާހަގަ ކުރައްވައި ޓްރަމްޕް އޭނާގެ ޓްރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާ އިން ހަމަލާ ދީފައިވާ ނިއުކްލިއާ ތިން މަރުކަޒު ވެސް ފުރިހަމަ އަށް ހަލާކުވެފައިވާ ކަމަށާއި، ނުވަތަ އެއްކޮށް ފުނޑު ފުނޑުވެގެން ގޮސްފައިވާ ކަމަށެވެ. 

މީގެ އިތުރުން ޓްރަމްޕް ވިދާޅުވެފައި ވަނީ އަލުން އެ މަރުކަޒުތައް އާރާސްތުކޮށް، އަނެއްކާ ވެސް މަސައްކަތް ކުރެވޭ ޙާލަތަށް ގެނައުމަށް އަހަރުތަކެއް ނަގާނެ ކަމަށެވެ. ޓްރަމްޕް މިހެން ވިދާޅުވަމުން ގެންދެވި ނަމަވެސް، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އިން ބުނެފައި ވަނީ އެކަމަށް އީރާން އަށް ނަގާނީ މަދު ދުވަސް ކޮޅެއް ކަމަށެވެ. 

އެމެރިކާ އިން އީރާން އަށް ހަމަލާ ދިނީ، އިސްރާއީލް އިން ވެސް އީރާން އަށް ހަމަލާ ދީފައި ވަނިކޮށެވެ. އަދި އެކަމުގެ ސަބަބުން ދެ ޤައުމުގެ ދެ މެދުގައި ވަރުގަދަ ހަނގުރާމައެއް ފެށިފައި ވަނިކޮށެވެ. އިސްރާއީލް އާއި އެމެރިކާ އިން ވަނީ އީރާންގެ ވެރި ރަށް ތެހެރާންގެ ދެކުނުގައި ހުރި ފޯޑޯ ފެސެލިޓީ އާއި، އިސްފަޙާން އަދި ނަތަންޒް ގައި ހުރި ނިއުކްލިއާ މަރުކަޒުތަކަށް ބޮން އަދި މިސައިލް އިން ހަމަލާ ދީފަ އެވެ. 

އެކަމާ ގުޅިގެން އާންމުވެފައިވާ އެސެސްމަންްޓުގައި ބުނެފައި ވަނީ ހަމަލާ އަމާޒުވި ދެ މަރުކަޒެއް ހުރީ މަރާމާތ ކުރެވޭ ޙާލަތުގައި ކަމަށާއި، ކުރިއަށް އޮތް މަސް ތަކުގެ ތެރޭގައި އެ މަރުކަޒު ތަކުގައި ޔުރޭނިއަމް ފައްކާ ކުރުމުގެ ޙަރަކާތްތައް އަލުން ފެށޭނެ ކަމަށެވެ. 

މީގެ އިތުރުން ބައެއް މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އިތުރު ހަފުތާ ތަކަށް ދެމިގެން ދާނެ ބޮޑު ހަމަލާއެއް ޕެންޓަގަން އިން އޮތީ ރާވައިފަ އެވެ. ނަމަވެސް، އިންސާނީ ގެއްލުން ބޮޑުވުމުގެ އިތުރުން، ބޮޑު ހަނގުރާމައެއްގެ ތެރެއަށް ހުށަހެޅިގެން ގޮސްދާނެތީ ޓްރަމްޕް ނިންމެވީ އެއް ރޭގެ އޮޕަރޭޝަނެއް ކުރިއަށް ގެންދަން ކަމަށް ވެސް ރިޕޯޓު ކޮށްފައިވެ އެވެ.

އިސްރާއީލް އިން އިސްވެ އީރާން އަށް ދިން ހަމަލާގެ ސަބަބުން، ދެ ޤައުމުގެ ދެ މެދުގައި ވަނީ 12 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގޮސްފަ އެވެ. އެ ހަނގުރާމައިގައި ދެ ޤައުމުން ވެސް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، ވަކި ހިސާބަކުން ހަނގުރާމައިގެ ތެރެއަށް ވަދެ އެމެރިކާ އިން ވެސް އީރާން އަށް ހަމަލާ ދިނެވެ. އޭގެ ރައްދުގައި އީރާން އިން ވަނީ ޤަތަރުގައި ހުރި އެމެރިކާގެ ބޭސް އަކަށް ހަމަލާ ދީފަ އެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
28 ޖެނުއަރީ 2017

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު