Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުފްރީ ޓްރޭޑް އެގްރީމެންޓް

ޗައިނާ އަށް ރާއްޖޭން އެކްސްޕޯޓު ކުރާ މިންވަރު އަދިވެސް މައްޗަކަށް ނުދޭ

15 ޖުލައި 2025 | އަންގާރަ 13:31

ފްރީޓްރޭޑް އެގްރިމެންޓު ސަބަބުން ރާއްޖެއިން ޗައިނާ އަށް ކުރާ އެކްސްޕޯޓު އިތުރުވެފައިވާކަން ނުފެންނަ އިރު އަދިވެސް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓު ކުރަނީ ތައިލެންޑަށާއި އިނގިރޭސިވިލާތަށެވެ

ރާއްޖެ އެމްވީ | 15 ޖުލައި 2025 | އަންގާރަ 13:31
ޗައިނާގެ ޔަންޓައި ގައި ސީފުޑްގެ ބާވަތްތައް ކަސްޓަމަރުން ގަންނަނީ

ޗައިނާގެ ޔަންޓައި ގައި ސީފުޑްގެ ބާވަތްތައް ކަސްޓަމަރުން ގަންނަނީ

ޗައިނާ އާއި ރާއްޖެ އާ ދެމެދު ސޮއި ކުރި ފްރީ ޓްރޭޑް އެގްރިމެންޓުގެ ސަބަބުން ދެ ގައުމުގެ ދެމެދުގެ ވިޔަފާރި ކުރި އަރާ ރާއްޖެ އިން ޗައިނާ އަށް އެކްސްޕޯޓް ކުރާ މިންވަރު އިތުރުވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އަދިވެސް އެ ނަތީޖާ އެ ގޮތައް ފެންނަމުން ނުދާކަން ތަފާސް ހިސާބުން ފާހަގަ ވެއްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އިން ޖުލައި މަހު ނެރުނު އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ފާހަގަވާ ގޮތުގައި ރާއްޖެ އިން އެންމެ ގިނައިން މުދާ އެކްސްޕޯޓް ކުރާ ގައުމުތަކުގެ ތެރޭގައި ޗައިނާ އަދިވެސް ނުހިމެނެއެވެ.

ކަސްޓަމްސް އިން ހާމަ ކޮށްފައިވާ ގޮތުގައި މެއި މަހު ރާއްޖެ އިން އެކްސްޕޯޓު ކުރި މުދަލުގެ 50 އިން ސައްތަ ފޮނުވާފައިވަނީ ތައިލެންޑް އަށެވެ. ދެވަނަ އަށް އިނގިރޭސިވިލާތް އޮތް އިރު ތިން ވަނަ އަށް އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައި ވަނީ މޮރިޝަސް އަށެވެ. ވިއެޓްނާމް 4 ވަނައިގައި އޮތް އިރު 5 ވަނަ އަށް އެންމެ ގިނައިން މުދާ ބޭރު ކޮށްފައިވަނީ ޖަރުމަނު ވިލާތަށެވެ.

މެއި މަހު ވެސް މުޅިން ހެން ރާއްޖެ އިން ބޭރު ކޮށްފައިވަނީ މަހުގެ ބާވަތްތަކެވެ. މި ގޮތުން އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ގަނޑުކުރި ކަޅުބިލަމަހަށެވެ. އެއީ 107 މިލިއަން ރުފިޔާ އެވެ.

މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އަމަލު ކުރަން ފެށި ޗައިނާ މޯލްޑްވިސް ފްރީ ޓްރޭޑް އެގްރީމެންޓު (ސީއެމްއެފްޓީއޭ) އާ ބެހޭ ގޮތުން ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސީއެމްއެފްޓީއޭ ގެ މަޤްޞަދަކީ ވިޔަފާރީގެ މިންވަރު އިތުރުކޮށް، އެކްސްޕޯޓް އިތުރުކޮށް، އުފެއްދުންތެރިކަން އިތުރުކޮށް، ވިޔަފާރީގެ ހުރަސްތައް ނައްތާލައި، އަދި ދިވެހިރާއްޖެ އާއި ޗައިނާގެ ވިޔަފާރިތަކަށް އައު ފުރުޞަތުތައް އުފެއްދުން ކަމަށެވެ. ސީއެމްއެފްޓީއޭގެ ދަށުން، ދެ ޤައުމަށްވެސް ޓެރިފް ކުޑަކުރުމާއި މާކެޓަށް ވަނުމުގެ ފުރުޞަތުތައް ރަނގަޅުކުރުމުގެ ފައިދާ ލިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން ދިވެހި އެކްސްޕޯޓަރުންނަށް، ޚާއްޞަކޮށް މަސްވެރިކަމުގެ ދާއިރާގައި، ސީއެމްއެފްޓީއޭ ތަންފީޒު ކުރަން ފަށާ ދުވަހުން ފެށިގެން ޗައިނާގެ ކަސްޓަމަރުންގެ ބޮޑު މާކެޓަކަށް މަހުގެ ހުރިހާ ބާވަތްތަކެއް ޑިއުޓީ ނުލައި އެކްސްޕޯޓު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ. އެހެން ނަމަވެސް އަދި މި އެއްބަސްވުމުގެ ސަބަބުން އެއްވެސް އެދެވޭ ނަތީޖާ އެއް ރާއްޖޭގެ އެކްސްޕޯޓް ދާއިރާ އިން ފެނިފައި ނުވާކަން ކަސްޓަމްސްގެ ތަފާސް ހިސާބު ތަކުން ހާމަވެއެވެ.

މެއި މަހު ރާއްޖެ އަށް 906 މިލއަން ރުފިޔާގެ ކާބޯތަކެތި އެތެރެކޮށްފައިވާ އިރު، އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ކާބޯތަކެތީގެ ބާވަތްތައް އެތެރެ ކުރުމަށް ކަން ފާހަގަ ކުރެވެއެވެ.

ދެން އެންމެ ބޮޑު ހޭދަ އެއް ކޮށްފައިވަނީ ތެލުގެ ބާވަތްތައް އެތެރެ ކުރުމަށެވެ. އެއީ 709 މިލިއަން ރުފިޔާއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

10 ޖުލައި 2017

އިމްޕޯޓު 7 އިންސައްތަ އިތުރުވެ، އެކްސްޕޯޓު ކުރި މިންވަރު 118 އިންސައްތަ އިތުރުވެއްޖެ

10 ޖުލައި 2017
 އިމްޕޯޓު 7 އިންސައްތަ އިތުރުވެ، އެކްސްޕޯޓު ކުރި މިންވަރު 118 އިންސައްތަ އިތުރުވެއްޖެ
12 ޖޫން 2017

ޗައިނާގެ ކުންމިން ފެއާގައި 86 ގައުމަކުން ބައިވެރިވޭ: އިކޮނަމިކް މިނިސްޓްރީ

12 ޖޫން 2017
ޗައިނާގެ ކުންމިން ފެއާގައި 86 ގައުމަކުން ބައިވެރިވޭ: އިކޮނަމިކް މިނިސްޓްރީ
29 މާރިޗު 2017

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ
17 މާރިޗު 2017

ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

17 މާރިޗު 2017
ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
10 މާރިޗު 2017

ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: މިނިސްޓަރު ސައީދު

10 މާރިޗު 2017
ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: މިނިސްޓަރު ސައީދު
06 މާރިޗު 2017

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
06 ޖެނުއަރީ 2017

މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!

06 ޖެނުއަރީ 2017
މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް