Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ޓްރަމްޕް އަށް ހަމަލާ ދިންއިރު، ސީކްރެޓް ސާވިސްގެ ގިނަ އިހުމާލުތަކެއް އޮތް ކަމަށް ފާހަގަ ކޮށްފި

ރިޕޯޓުގައި ބުނެފައި ވަނީ، 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ހިނގި އެ ހާދިސާ އަކީ އެންމެ އިހުމާލެއްގެ ސަބަބުން ހިނގި ހާދިސާއެއް ނޫން ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ޖުލައި 2025 | ހޯމަ 05:10
ޓްރަމްޕް އަށް ހަމަލާ ދިނުމާ އެކު، ސީކްރެޓް ސާވިސްގެ ބެލުމުގެ ދަށުން އޭނާ ސްޓޭޖުން ބާލަނީ

ޓްރަމްޕް އަށް ހަމަލާ ދިނުމާ އެކު، ސީކްރެޓް ސާވިސްގެ ބެލުމުގެ ދަށުން އޭނާ ސްޓޭޖުން ބާލަނީ

މިދިޔަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް އަމާޒުކޮށް ހަަމަލާ ދިންއިރު، ސީކްރެޓް ސާވިސްގެ ގިނަ އިހުމާލުތަކެއް އޮތް ކަމަށް ބުނެފި އެވެ.

ޓްރަމްޕް އަށް ހަމަލާދިންތާ އެއް އަހަރުވީ އާދީއްތަ ދުވަހަށެވެ. އާދީއްތަ ދުވަހު އެމެރިކާގެ ސެނެޓުން ވަނީ އެކަމާ ގުޅުން ހުރި ރިޕޯޓެއް ނެރެފަ އެވެ. 

ޕެންސިލްވޭނިއާގައި އޮތް ޓްރަމްޕްގެ ކެމްޕެއިން ރެލީއެއްގައި ވާހަކަ ދައްކަވަން ޕޯޑިއަމްގައި ޓްރަމްޕް ހުންނަވަނިކޮށް، އޭނާ އަށް ވަނީ ހަމަލާ ދީފަ އެވެ. ޓްރަމްޕްގެ ބޮލަށް އަމާޒުކޮށް ހަމަލާ ދޭން މަސައްކަތް ކުރި ނަމަވެސް، އެ ހަމަލާ އަމާޒުވެފައި ވަނީ ޓްރަމްޕްގެ ކަންފަތަށެވެ. 

އެ ހަމަލާއާ ގުޅޭ ގޮތުން ނެރުނު ރިޕޯޓުގައި ވަނީ ސީކްރެޓް ސާވިސްގެ ގިނަ އިހުމާލުތަކެއް ހުރި ކަމަށް ބުނެފަ އެވެ. އެމެރިކާގެ ސެނެޓުގެ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ގަވަމަންޓް އެފެއާޒް ކޮމެޓީ އިން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ، 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ހިނގި އެ ހާދިސާ އަކީ އެންމެ އިހުމާލެއްގެ ސަބަބުން ހިނގި ހާދިސާއެއް ނޫން ކަމަށެވެ. އަދި ޓްރަމްޕްގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް ހަމަލާ ދިން އެ ހާދިސާާކީ ކުރިން ހުއްޓުވިދާނެ ހާދިސާއެއް ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން އެ ހަމަލާ ދީފައިވާއިރު، ސެކިއުރިޓީގެ ޕްރޮޓޮކޯލް ފޮލޯ ކޮށްފައި ނުވާ ކަމަށާއި، އެއީ ސެކިއުރީޓީ ގޯސްވުމުގެ ސަބަބުން ހިނގާފައިވާ ކަމެއް ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. 

ދެ ވަނަ ދައުރަކަށް އެމެރިކާގެ ރައީސް ކަމަށް ވަޑައިގެންނެވި ޓްރަމްޕް އަށް ހަމަލާ ދީފައި ވަނީ އުމުރުން 20 އަހަރުގެ ތޯމަސް މެތިއު ކްރުކްސް ނަމަކަށް ކިޔާ މީހެކެވެ. އޭނާ ދިން ހަމަލާ ޓްރަމްޕްގެ ކަންފަތަށް އަމާޒުވީއިރު، ހަމަލާ ދިން މީހާ ވަނީ ވަގުތުން މަރާލައިފަ އެވެ. އަދި އެ ހާދިސާގައި އިތުރު ބަޔަކަށް ޒަޚަމުވެފައިވެ އެވެ. 

ޓްރަމްޕް އަށް ހަމަލާ ދިން ހާދިސާއާ ގުޅޭ ގޮތުން ސީކްރެޓް ސާވިސްގެ ކުރީގެ ޑިރެކްޓަރު ކިމްބަލީ ޗީޓްލް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އަދި އެ ދުވަހު ޑިއުޓީގައި ތިބި ހަ އެޖެންޓަކު ވަނީ 10 ދުވަހުން ފެށިގެން، 42 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑު ވެސް ކޮށްފަ އެވެ.

އެހެން ނަމަވެސް، ސެނެޓުގެ ކޮމެޓީ އިން ބުނެފައި ވަނީ އިތުރު މުވައްޒަފުން ނުވަތަ އެޖެންޓުންނަށް އަދަބު ލިބެން ޖެހޭ ކަމަށާއި، އެއްވެސް މީހަކު ވަޒީފާ އިން ވަކި ނުކޮށް ހުރުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ. ސީކްރެޓް ސާވިސްގެ މިހާރުގެ ޑިރެކްޓަރު ޝޯން ކަރަން ވިދާޅުވެފައި ވަނީ އެ އިދާރާ އިން ވަނީ އެ ހާދިސާއާ ގުޅިގެން އޮޕަރޭޝަންތައް މުރާޖައާކޮށް، އިޞްލާޙީ ފިޔަވަޅު ތަކެއް އަޅާފައި ކަމަށެވެ.

އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރަކަށް ވަޑައިގަންނަވަން ޓްރަމްޕް މަސައްކަތް ކުރަމުން ދިޔައިރު، އެކި ފަހަރު މަތިން ވަނީ އޭނާ އަށް އަމާޒުކޮށް ހަމަލާ ދޭން މަސައްކަތް ކޮށްފަ އެވެ. ޓްރަމްޕް އަށް ދިން ބަޑީގެ ހަމަލާގެ ސަބަބުން، އޭނާގެ ސެކިއުރިޓީގެ ކަންކަން އޭރު ވަނީ އިތުރަށް ވަރުގަދަ ވެސް ކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު