Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެ ސިޓީ ކައުންސިލް

ސިޓީ ކައުންސިލަށް ހައުސިންގ މިނިސްޓްރީގެ އެއްބާރުލުން ނުލިބޭ: ޝިފާ

ގޮންޖެހުންތަކެއް ހުރި ނަމަވެސް ކައުންސިލްގެ ފަރާތުން މަސައްކަތްކުރަމުންދަނީ ރައްޔިތުންގެ ލާބައާއި މަންފާއަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 29 އޯގަސްޓު 2017 | އަންގާރަ 09:45
ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ޝިފާ ވާހަކަފުޅު ދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ޝިފާ ވާހަކަފުޅު ދައްކަވަނީ

މާލޭގެ ކުރިއެރުމަށް މަސައްކަތް ކުރުމަށް ހައުސިންގ މިނިސްޓްރީގެ ފަރާތުން އެއްބާރުލުން ނުލިބޭކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

މާލޭގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި މަޝްވަރާތައްކޮށް މަސައްކަތް ކުރެއްވުމަށްޓަކައި ހައުސިންގ މިނިސްޓްރީއަށް އެތައް ސިޓީތަކެއް ފޮނުއްވާފައިވާ ކަމަށާއި އެ މިނިސްޓްރީން ސިޓީ ތަކައް ޖަވާބު ނުދެއްވައި، މާލެ ސިޓީ ކައުންސިލާ އެކު މަޝްވަރާތައް ކުރަން ބޭނުންނުވުމަކީ ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހެން ކަމަށް ޝިފާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފާއިތުވި ތިން މަސް ތެރޭގައި ކައުންސިލްގެ ކައުންސިލްގެ ފަރާތުން ކޮށްފައިވާ ކަންތައްތަކާއި ބެހޭގޮތުން މައުލޫމާތު ދެއްވުމަށް ނޫސްވެރިންނަށް ބޭއްވި ބައްދަލުވުމެއްގައި ޝިފާ ވިދާޅުވީ ގޮންޖެހުންތަކެއް ހުރި ނަމަވެސް ކައުންސިލްގެ ފަރާތުން މަސައްކަތްކުރަމުންދަނީ ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމަށެވެ.

ޝިފާ ވަނީ މި ވަގުތު ރައްޔިތުންނަށް ދިމާވެފައިވާ މައިގަނޑު ކަންތައްތަކެއް ފާހަގަކުރައްވާފައެވެ. އެއީ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިކަމާއި މާރުކޭޓް ސަރަހައްދުގައި ހުރި ދަތިތަކާއި މާލޭގެ ބިންތައް ސަރުކާރުން ހިއްކަމުންދާއިރު އެ ތަންތަން އެކި ޤައުމުތަކަށް ވިއްކަމުންދާ ދިޔުމާއި އިންޖީނިއަރިންގެ ކަންތައްތައް ނުބަލައި މާލޭ ދެކުނު ފަރާތުން ނެރު ކެނޑުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގާ އުޅަދުފަހަރުތަކަށް ދިމާވެފައިވާ ގެއްލުން ފާހަގަކޮށްފައެވެ.

ޝިފާ ވިދާޅުވީ މަރުކޭޓު ސަރަހައްދަށް ދިމާވެފައިވާ ކަންތައްތަކަކީ ފުލުހުންނަށް ޙައްލުކުރެވޭނެ މައްސަލެއް ކަމަށާއި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލަ ސަރުކާރުން ޙައްލުކުރަން ޖެހޭނެ ކަމަށެވެ.

"ވަގުތީ ގޮތުން މާލޭ ދެކުނު ފަރާތުން އަލަށް ކެނޑި ނެރު ބަންދުކުރަން އެބަޖެހޭ. އުޅަދުފަހަރުތަކަށް ކައިރިކުރެވޭނެ އެހެން ޖާގައެއް ހޯދައިދޭން ސަރުކާރުން އެބަޖެހޭ. މިހާރުވެސް އެތަނގައި އެކި ނުރައްކާތެރި ހާދިސާތައް ހިނގަމުން ދަނީ. މިކަން ހައްލު ނުކުރެވިއްޖެ ނަމަ އެއީ ފޫ ނުބެއްދޭ ވަރުގެ ގެއްލުމެއް" ޝިފާ ވިދާޅުވިއެވެ.

މާލޭ ދެކުނު ފަރާތުގައި އިންޑަސްޓްރިއަލް ވިލެޖެއް ސަރުކާރުގެ ފަރާތުން ހެދުމުގެ މަސައްކަތްކުރައްވަމުން ދާއިރު އެތަނުގައި ތޮށި ހުރީ ރާޅު ނަގާ ދިމާލުގެ ބުޑުގައި ކަމަށްޝިފާ ވަނީ ފާހަގަކުރައްވާފައެވެ.

ލަންކާގައި ދިރިއުޅެމުންދާ ދިވެހި ކުދިން ވިހެއުމަށްފަހު އެތަނގާއި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް މާލެ އަންނަން ނުޖެހި އެ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓް ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ފޮރިން މިނިސްޓްރީއާ އެއްކޮށް މަޝްވަރާތަކެއް ކޮށްފައިވާ ކަމަށްވެސް ޝިފާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު