Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިއްދޫގެ ކުރިމަގު

"މިސަރުކާރު އައި އިރު ދިއްދޫ އިންޖީނުގޭގައި ނުނިމި ހުރީ 3 މަސް ދުވަހުގެ މަސައްކަތް، ދެ އަހަރު ވި އިރުވެސް މަސައްކަތް ނުނިމޭ"

12 ޖުލައި 2025 | ހޮނިހިރު 13:28

އޭނާ ވަނީ މި ވެރިކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 12 ޖުލައި 2025 | ހޮނިހިރު 13:28
ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ރާއްޖެޓީވީގެ ވައުދު ނާމާ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ.

ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ރާއްޖެޓީވީގެ ވައުދު ނާމާ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ.

މި ސަރުކާރު ވެރިކަމަށް އައި އިރު ދިއްދޫ އިންޖީނުގޭގައި ނުނިމި ހުރީ 3 މަސް ދުވަހުގެ މަސައްކަތް ކަމަށާއި ދެ އަހަރު ދުވަސް ވާއިރު ދިއްދޫގެ ކަރަންޓުގެ މައްސަލަ ހައްލު ނުކުރެވެން ޖެހޭ ސަބަބެއް ނެތް ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ވައުދު ނާމާ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އޭނާ ވަނީ މި ވެރިކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ދިއްދޫ އަށް 3 ފަހަރަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަޑައިގެންނެވި އިރު އެ ރަށަށްޓަކާ ކުރެއްވި ކަމަކީ ވައުދުތައް ތަކުރާރު ކުރެއްވުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭނާ ވަނީ މިއަދު ދިއްދޫގެ ރައްޔިތުން ބައިތިއްބާފައި ތިބީ ކިރިޔަ ކިރިޔާ ކަރަންޓު ނުދެވޭ ހިސާބުގައި، ކަނު އަނދިރީގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި މި ސަރުކާރު އައި އިރު ދިއްދޫގައި އެއްވެސް ޕްރޮޖެކްޓެއް ހުއްޓިފައި ނުވާނެ ކަމަށެވެ.

ވަހީދު ވިދާޅުވީ އިންތިޚާބަށް ރައީސް މުއިއްޒު ވަޑައިގަތީ ވަރަށް ގިނަ ވައުދުތައް ވެވަޑައިގަންނަވަމުން ކަމަށެވެ. އޭގެ ތެރޭގައި ހައުސިން މިނިސްޓަރަކަށް ކުރިން ރައީސް މުއިއްޒު ހުންނެވުމުން ކަންކަން ފަސޭހަވެގެން ދާނެ ކަމަށް ފާހަގަކުރައްވާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ދިއްދޫ އަށްޓަކާ ރައީސް މުއިއްޒު ވެވަޑައިގެންނެވި ބައެއް ވައުދުތަކަށް އޭނާ ވަނީ އަލިއަޅުވާލައްވާފައެވެ. އޭގެ ތެރޭގައި ދިއްދޫގެ މަގުތައް ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްޤީކުރުމާއި، ފެންވަރު ރަނގަޅު އާ ހޮސްޕިޓަލެއް އެޅުމާއި، ބައިނަލްއަޤުވާމީ ފެންވަރުގެ މީހުން އައިސްގެން ކުޅެވޭނެ ރަނގަޅު ފެންވަރުގެ ދަނޑެއް ހެއްދެވުމާއި، ސަރުކާރުން ހިންގަމުން އައި މަޝްރޫޢުތައް ހުއްޓާލުން ކުރިއަށް ގެންދިއުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިއްދޫގެ މަގުތައް ނުހެދި ވަނީ ތަކެތި ނެތުމުން ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި އެތައް ވައުދެއް ނުފުދި ހުރުމުން އާއްމުން ތިބީ މާޔޫސްވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. ދިއްދޫގެ އަތޮޅު ހޮސްޕިޓަލުން ވެސް ލިބެން ޖެހޭ ޚިދުމަތްތައް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިއްދޫރައީސުލްޖުމްހޫރިއްޔާ މުޢިއްޒުއަބްދުﷲ ވަހީދުކަރަންޓުގެ މައްސަލަ

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ވަގުތީ ޗެއަރޕަސަން ހޮވުމުގެ މަރުހަލާ ފުރިހަމަ ނުވާތީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އެއް ބޭއްވުމަށް ޝާހިދު އިރުޝާދު ދެއްވައިފި

01 ޑިސެމްބަރު 2025
ވަގުތީ ޗެއަރޕަސަން ހޮވުމުގެ މަރުހަލާ ފުރިހަމަ ނުވާތީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އެއް ބޭއްވުމަށް ޝާހިދު އިރުޝާދު ދެއްވައިފި
27 އޮކްޓޯބަރު 2025

ރައީސް ޔާމީން އަށް ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމަށް ބުނެ ކްރިމިނަލް ކޯޓުން އިންޒާރެއް ދީފި

27 އޮކްޓޯބަރު 2025
ރައީސް ޔާމީން އަށް ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމަށް ބުނެ ކްރިމިނަލް ކޯޓުން އިންޒާރެއް ދީފި
17 ޖުލައި 2025

މުއިއްޒާއި މުއިއްޒުގެ އެއަރޕޯޓް ކްރެޑިޓް

17 ޖުލައި 2025
މުއިއްޒާއި މުއިއްޒުގެ އެއަރޕޯޓް ކްރެޑިޓް
03 ޖުލައި 2025

"އެއާޕޯޓްގެ ބައެއް ދިގު މުއްދަތަކަށް ބަޔަކަށް ދޭން އުޅެނީ، މިހާރުގެ ވެރިންގެ ޖީބަށް ބައެއް ލުމަށް"

03 ޖުލައި 2025
"އެއާޕޯޓްގެ ބައެއް ދިގު މުއްދަތަކަށް ބަޔަކަށް ދޭން އުޅެނީ، މިހާރުގެ ވެރިންގެ ޖީބަށް ބައެއް ލުމަށް"
02 ޖުލައި 2025

އޮޅުވާލައިގެން މީހުން ވެއްދި ފޯމްތައް ހިމެނޭހެން ޕީއެންސީގެ މެންބަރުންގެ އަދަދު 68،000 ގައި

02 ޖުލައި 2025
އޮޅުވާލައިގެން މީހުން ވެއްދި ފޯމްތައް ހިމެނޭހެން ޕީއެންސީގެ މެންބަރުންގެ އަދަދު 68،000 ގައި
01 ޖުލައި 2025

ޑޮލަރުގެ މުއާމަލާތް ކުރުމުގެ އުސޫލަށް ގެންނަ ކުއްލި ބަދަލުތަކާއި މެދު ބަހުސްކުރާކަށް ސަރުކާރު މެމްބަރުން ބޭނުމެއް ނުވި

01 ޖުލައި 2025
ޑޮލަރުގެ މުއާމަލާތް ކުރުމުގެ އުސޫލަށް ގެންނަ ކުއްލި ބަދަލުތަކާއި މެދު  ބަހުސްކުރާކަށް ސަރުކާރު މެމްބަރުން ބޭނުމެއް ނުވި
30 ޖޫން 2025

ބީއެމްއެލްގެ 30 އިންސައްތައިގެ ފީ - މިއީ ޕިއެންސީ ސަރުކާރުގެ އިގްތިސާދީ އަދި ފޮރިން އެކްސްޗޭންޖު ސިޔާސަތު ފެއިލްވެ ރައްޔިތުންނަށް ބުރަ ޖެއްސުން: ފައްޔާޒް

30 ޖޫން 2025
ބީއެމްއެލްގެ 30 އިންސައްތައިގެ ފީ - މިއީ ޕިއެންސީ ސަރުކާރުގެ އިގްތިސާދީ އަދި ފޮރިން އެކްސްޗޭންޖު ސިޔާސަތު ފެއިލްވެ ރައްޔިތުންނަށް ބުރަ ޖެއްސުން: ފައްޔާޒް
30 ޖޫން 2025

ގިނަ ކަންނެލިއޮޑި މަސްނުކިރި ބަނދަރުތަކުގައި ކިޔުގައި ޖެހިފައި: ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން

30 ޖޫން 2025
ގިނަ ކަންނެލިއޮޑި މަސްނުކިރި ބަނދަރުތަކުގައި ކިޔުގައި ޖެހިފައި: ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން
26 ޖޫން 2025

ސަލާން ޖެހުމުގެ އާދަ ނައްތާލީ އެމްޑީޕީން، ނަމަވެސް މި ސަރުކާރުން ގައުމު ގެންދަނީ އެ މިސްރާބަށް: ފައިސަލް

26 ޖޫން 2025
ސަލާން ޖެހުމުގެ އާދަ ނައްތާލީ އެމްޑީޕީން، ނަމަވެސް މި ސަރުކާރުން ގައުމު ގެންދަނީ އެ މިސްރާބަށް: ފައިސަލް
25 ޖޫން 2025

ސަރުކާރުން ޗަރުކޭސް ކުޅެންވީމާ އޯކޭ، އީދު ބަންދު ދިގުކުރުން ކަޑަ!

25 ޖޫން 2025
ސަރުކާރުން ޗަރުކޭސް ކުޅެންވީމާ އޯކޭ، އީދު ބަންދު ދިގުކުރުން ކަޑަ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް