Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު

"އެއާޕޯޓްގެ ބައެއް ދިގު މުއްދަތަކަށް ބަޔަކަށް ދޭން އުޅެނީ، މިހާރުގެ ވެރިންގެ ޖީބަށް ބައެއް ލުމަށް"

ރައްޔިތުންގެ ހައްގުތައް ދުވަހެއް ދުވަހަކަށް ދަނީ ހަނިކުރަމުން ކަމަށް އޭނާ ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 3 ޖުލައި 2025 | ބުރާސްފަތި 18:22
ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ  މެމްބަރު ހުސެއިން މުހައްމަދު

ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސީއައިޕީ ޓާމިނަލްގެ ދެ ފަންގިފިލާ ޖެޓެކްސްއަށް ދޭން ނިންމާފައިވާ އިރު، އެއާޕޯޓްގެ ބައެއް ދިގު މުއްދަތަކަށް ބަޔަކަށް ދެނީ، މިހާރުގެ ވެރިންގެ ޖީބަށް ބައެއް ލުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕިގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެ ޖަލްސާގައި ވާހަކަދައްކަވަމުން، ވީއައިއޭ ކުޑަ އަގެއްގައި ވިއްކާލަން އުޅޭކަމުގެ އަޑުތައް މިހާރު ގަދަ ވެފައިވާ ކަަމަަށާއި ސަރުކާރުން މަސައްކަތް ކުރަނީ ބޭރު ބަޔަކަށް މިތަން ވިއްކާލަން ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ލަފަޔާއި ނުލާ އެކަން ކުރާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

" މި ވިއްކާލަނީ ވެސް 25 އަހަރަށް އެއީ ދިގު މުއްދަތެއް. އެއީ އަންނަން ޖީލަށް ލިބެން ހުރި ޑިވިޑެންޓުގެ ބޮޑު ބައެއް މި މީހުންގެ ޖީބަށް ކުޑަ އަގެއްގައި ދިނުން. މިހާރުގެ ވެރިންނަށް ބޮޑު އަދަދެއް ނެގުމަށް ފަހު އެކަން ކުރުމަށް މަސައްކަތް ކުރަނީ." އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ ހައްގުތައް ދުވަހެއް ދުވަހަކަށް ދަނީ ހަނިކުރަމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ކުންފުނިތައް މެދުވެރިކޮަށް ކަންކަން ކުރާ އިރު ވެސް ޚިޔާނާތްތެރިވަމުންދާ ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ސަރުކާރުން ދަނީ ޤައުމު ލޫޓުވާލަމުން ކަަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ. އެހެންކަމުން ހަނު ތިބެގެން، މަޑުން ތިބެގެން ފަރު ޖެހެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސީއައިޕީ ޓާމިނަލްގެ ދެ ފަންގިފިލާ ޖެޓެކްސްއަށް ދިނުމަށް ނިންމާފައިވަނީ ދާދިފަހުން ވެލާނާ އެއަރޕޯޓު ހިންގާ މޯލްޑިވްސް އެެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ބޯޑަށް ގެނެވުނު ބަދަލަކާއި، ރައީސްގެ އަރިސް އަދި ރައީސް އޮފީހުގެ ބާރުގަދަ ސިޔާސީ މަގާމެއްގައި ހުރި ފަރާތެއްގެ ނުފޫޒާއެކުއެވެ.

ޖެޓެކްސް އަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައި ހުންނަ ޕްރައިވެޓް އޭވިއޭޝަން އެންޑް ފްލައިޓް ސަޕޯޓް ކުންފުންޏެކެވެ. މެދުއިރުމައްޗާއި ޔޫރަޕާއި އޭޝިއާ ޕެސިފިކް އާއި އެފްރިކާ އަދި އެމެރިކާ ހިމެނޭ ގޮތަށް ދުނިޔޭގެ 50 އަށް ވުރެ ގިނަ ތަންތަނުގައި 38 ފިކްސްޑް ބޭސް އޮޕަރޭޓަރުންނާއި ގްރައުންޑް ހޭންޑްލިން ސްޓޭޝަން އެ ކުންފުނިން ހިންގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ މުޢިއްޒުވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްޖެޓެކްސްރައްޔިތުންގެ ހައްޤުތައްހުސެއިން މުހައްމަދު

ކޮމެންޓް

އިތުރަށް ކިޔާލަން

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ގައި ފްލައިދުބާއީ ގެ ބޯޓެއް އެކްސިޑެންޓް ވެ ބޯޓަށް ގެއްލުން ވެއްޖެ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ގައި ފްލައިދުބާއީ ގެ ބޯޓެއް އެކްސިޑެންޓް ވެ ބޯޓަށް ގެއްލުން ވެއްޖެ

05 ޑިސެމްބަރު 2025
ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

02 ޑިސެމްބަރު 2025
ވީއައިއޭ އިން 1 ލައްކަ އަށް ވުރެ ގިނަ ޑޮލަރު ފޭރުން: ފައިސާ ފެނިއްޖެތޯ އެހުމުން ފުލުހުން ބުނީ "އަޕްޑޭޓެއް ނެތް" ކަމަށް!

ވީއައިއޭ އިން 1 ލައްކަ އަށް ވުރެ ގިނަ ޑޮލަރު ފޭރުން: ފައިސާ ފެނިއްޖެތޯ އެހުމުން ފުލުހުން ބުނީ "އަޕްޑޭޓެއް ނެތް" ކަމަށް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

03 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު