Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގައުމު ކޮންޓްރޯލް ކުރުން

ސަލާން ޖެހުމުގެ އާދަ ނައްތާލީ އެމްޑީޕީން، ނަމަވެސް މި ސަރުކާރުން ގައުމު ގެންދަނީ އެ މިސްރާބަށް: ފައިސަލް

26 ޖޫން 2025 | ބުރާސްފަތި 07:15

އެމްޑީޕީ ވުޖޫދުވެގެންއައީ އިސްލާހީ ހަރަކާތްތަކުގެ މަސައްކަތާއެކު

އަމްނާ އިމާދު
އަމްނާ އިމާދު | 26 ޖޫން 2025 | ބުރާސްފަތި 07:15
އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކޮށް، ދިދަ ނަގުމަށް ކުރިއަށް ގެންދިޔަ ޚާއްސަ ހަރަކާތުގައި ރާއްޖެއެމްވީއަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އިންޓަވިއު ދެއްވަނީ

އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކޮށް، ދިދަ ނަގުމަށް ކުރިއަށް ގެންދިޔަ ޚާއްސަ ހަރަކާތުގައި ރާއްޖެއެމްވީއަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އިންޓަވިއު ދެއްވަނީ

ދިވެހިރާއްޖެއިން ސަލާން ޖެހުމުގެ އާދަ ނައްތާލީ އެމްޑީޕީން ކަމަށާއި، ނަމަވެސް މިސަރުކާރުން ގައުމު އެ މިސްރާބަށް ގެންދިއުމަށް މަސައްކަތް ކުރާ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކޮށް، ދިދަ ނަގުމަށް ކުރިއަށް ގެންދިޔަ ޚާއްސަ ހަރަކާތުގައި ރާއްޖެއެމްވީއަށް ފައިސަލް ވިދާޅުވީ އެމްޑީޕީ ވުޖޫދުވެގެންއައީ އިސްލާހީ ހަރަކާތްތަކުގެ މަސައްކަތާއެކު ކަމަށާއި، ދިވެހި ރައްޔިތުންގެ ހައްގުތައް ހޯދައިދިނީ އެމްޑީޕީން ކަމަށެވެ. އެދުވަސްވަރު އެމްޑީޕީގެ މެންބަރުން ބުރަ މަސައްކަތްތަކެއް ކުރި ކަމަށާއި، ޖަލުގެ ތެރެއިންނާއި، އެކި ގޮތްގޮތުން ގިނަ އަނިޔާތަކެއް ވެސް ލިބިގެންދިޔަ ކަމަށެވެ. އަދި މިއަދު މިދެކޭ ދުލުގެ މިނިވަންކަމާ، ހަގީގީ މިނިވަންކަމުގެ އުފާ ދިވެހި ރައްޔިތުންނަށް ލިބިފައިވަނީ އެމަސައްކަތުގެ ތެރެއިން ކަމަށް ފައިސަލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ލާމަރުކަޒީ ނިޒާމަށް އިޝާރާތް ކުރައްވައި ފައިސަލް ވިދާޅުވީ ރަށްރަށުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ، ރައްޔިތުން ބާރުވެރިކުރީ އެމްޑީޕީން ކަމަށާއި، ރަށްރަށުގެ ކަންކަން ނިންމުމުގެ ބާރު ރައްޔިތުންނަށް ލިބެންޖެހޭ ކަމަށެވެ.

ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު ހުރިހާ ކަމެއް ވެސްދަނީ ފަހަތަށް ސޮއްސާލައިގެން ކަމަށާއި، ހައްގުތައް ހަނިވެ، ބާރުތައް ނެނގޭ މަންޒަރު ފެންނަމުންދާ ކަމަށެވެ. އަދި ކުރިއަށް އެޅޭ ފިޔަވަޅު ފަހަތަށް އަޅާ ކަމަށްވާނަމަ ދުވަހަކު ވެސް މި ގައުމު ކުރިއަށް ނުދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ކައުންސިލަރުން މަދުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާތީ އެކަމަށް ފައިސަލް ވަނީ ފާޑު ވިދާޅުވެފައިވެއެވެ. އަދި ވިދާޅުވީ އެ ބަދަލު ގެނައުމަށް މަސައްކަތް ކުރަނީ ނިޒާމު ކޮންޓްރޯލް ކުރަން ކަމަށާއި، އެއީ ހަރަދު ކުޑަ ކުރުމުގެ އިހުލާސްތެރިކަމެއް އޮވެގެން ގެންނަ ބަދަލެއް ނޫން ކަމަށެވެ.

މީގެ އަހަރުތަކެއް ކުރިއަށް އަޅާބަލާއިރު، މިދެންނެވި ގޮތަށް ލާމަރުކަޒީ ނިޒާމެއް ގާއިމްކުރެވިގެން ފައްކާ ކުރެވިގެން ބާރުވެރިކުރެވިގެން ދިޔާމަ އޭގެ ފައިދާތަކެއް އެބަ ފެނޭ ރަށްރަށުގެ ތަރައްގީއާއި، އަދި ރަށްރަށުގެ ރައްޔިތުން އިސްނަގައިގެން ކަންކަން ކުރޭ. މިއަދު މީގެ ހުރިހާ ވެސް ބޭނުމަކީ ކޮންޓްރޯލް ކުރުން ކަންތައްތައް. މިހާރު އަޅުގަނޑުމެން ރައްޔިތުން ބޭނުންނުވި ހުރިހާ ކަމެއް ބަޔެއްގެ ކޮންޓްރޯލް ދަށުގައި އޮންނާކަށް. ފިޔަވަޅު އަޅަންވީ ހުރިހާ ކަމެއް ފިޔަވަޅު އަޅަންވީ. ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅެއް ކަމަށް ބުނެ އެކަމާ ސުވާލު އުފެދޭ. އަމިއްލައަށް އައްޔަން ކުރާ އެތައް ބަޔަކު އެބަ ތިބި. ގިނަ ފަރާތްތަކަކީ ކުރާނެ ކަމެއް ނެތް ބައެއް. މިއީ އިހްލާސްތެރިކަމާއެކު ކުރެވޭނެ ކަމެއް ނޫން. ރައްޔިތުންގެ މަޖިލީހަށް ވެސް މީގެ ބަދަލުތަކެއް އަންނަންޖެހޭ. މަޖިލިސް މެންބަރުން ވެސް އެބަޖެހޭ ކޮންޓްރޯލް ކުރެވެން. މިއީ އިހުލާސްތެރިކަމާއެކު ކުރެވޭ ކަމެއް ނޫން. މީގެ ބޭނުމަކީ ކޮންޓްރޯލްކޮށް އިންތިޚާބުތަކަށް ނުފޫޒު ފޯރުވުން. ކޮންމެ ކަމަކަށް ވިސްނުމުގައި އިންތިޚާބުތަކަށް ނުފޫޒު އަދި ލޯކަލް ކައުންސިލް އިންތިޚާބު ކުރިއަށް މިއޮތީ. ހޭލަން އެބަ ތިބެންޖެހޭ.
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ފައިސަލް ވިދާޅުވީ އިސްލާހަށް ތާއީދުކުރާ ހުރިހާ ރައްޔިތުން ވެސް ގައުމުގެ މިސްރާބު ބަދަލު ކުރަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ބުރަ މަސައްކަތުުން ހޯދިފައި އޮތް އެއްވެސް ހައްގަކަށް އުނިކަމެއް ނުވަތަ ގެއްލިގެންދާ މަންޒަރު ބަލަން ތިބެގެން ނުވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ހައްގުތައް ހޯދާ ހައްގުތައް ހިފެހެއްޓޭނެ ގޮތްތައް ހޯދަންޖެހޭ ކަމަށާއި، ސަލާން ޖެހުމުގެ އާދަ ރާއްޖެއިން ނައްތާލުމަށް އެމްޑީޕީން ކުރި މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ.

ޕާޓީގެ ހަޔާތުގައި 20 އަހަރު ވެގެންދިޔައިރުގައި އަޅުގަނޑުމެންނަށް ވަރަށް ގިނަ ކަންތައްތައް ސަލާން ޖެހުމުގެ އާދަ ދިވެހިރާއްޖެއިން ނައްތާލުމަށްޓަކައި އެމްޑީޕީން ނުކުތީ. ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކުރުމަށްޓަކައި އެމްޑީޕީން ނުކުތީ. އާސަންދަ ނިޒާމު އެންމެނަށް ހަމަހަމަކަމާއެކު ލިބޭނެ ނިޒާމެއް، އުމުރުން ދުވަސްވީ ފަރާތްތަކަށް، އެކަނިވެރި އާއިލާތަކަށް މިހެން ގޮސް ލިސްޓު ކިޔަންޏާ މިހުރީ ބައިވަރު ކަންކަން. ރަށުގައި ތިބެގެން ކައިރިން ޚިދުމަތް ލިބޭނެ ގޮތްތައް އެމްޑީޕީން. މިއަދު މިފެންނަނީ ވަރަށް ބުރަކޮށް މަސައްކަތްކޮށް ހޯދުނު ކަންތައްތައް އަނެއްކާ ވެސް ފަހަތަށް މުޅިންއެހެން ގޮތަކަށް ބަދަލުކުރަން މަސައްކަތް ކުރާތަން މިފެންނަނީ. އެހެންވީމަ އަޅުގަނޑު ހަމަ އެމްޑީޕީގެ އެންމެހާ ތޮބުވެތި މެންބަރުންނަށް އަދި އިސްލާހަށް ތާއިދުކުރާ އެންމެހާ ރައްޔިތުންނަށް މިމަސައްކަތަށް ވަޑައިގަންނަވާށޭ. މިއަދު މިފެންނަނީ ވަރަށް ބަނަކޮށް މިގައުމުގެ މުސްތަގުބަލް. އެކަމުގައި މަސައްކަތް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭ. އެމްޑީޕީއަކީ ވަކި މީހަކަށް ނިސްބަވްވާ ޕާޓީއެއް ނޫން.
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ފައިސަލް ވިދާޅުވީ އެމްޑީޕީން ރައްޔިތުންނަށް ޚިދުމަތް ކުރާނެ ކަމަށާއި، ދުނިޔޭގައި ނެތް ތަރައްގީގެ ވާހަކަ ދައްކައި، ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ނުކުރާނެ ކަމަށެވެ.

އެމްޑީޕީއަކީ ހުރިހާ މެންބަރުންގެ މައްޗަށް އެކުލެވޭ ޕާޓީއެއް ކަމަށްވާއިރު، މި ޕާޓީއާއެކު އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކޮށް، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ވެސް އެމްޑީޕީން ކާމިޔާބު ކުރަންޖެހޭ ކަމަށެވެ.

ދިވެހިރާއްޖެއެމްޑީޕީފައިސަލް ނަސީމްރައީސުލްޖުމްހޫރިއްޔާ މުޢިއްޒުލާމަރުކަޒީ ނިޒާމުކައުންސިލަރުން

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

08 ޑިސެމްބަރު 2025
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް