Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ހޮނިހިރު ދުވަހު ފަތިހުން ފެށިގެން އިސްރާއީލުން ދިން ހަމަލާ ތަކުގައި 17 މީހުން ޣައްޒާ ގައި ޝަހީދު ވެއްޖެ

12 ޖުލައި 2025 | ހޮނިހިރު 06:46

އޮކްޓޯބަރު 2023 ގައި ފެށުނު ނަސްލު ފޮހެލުމުގެ ހަނގުރާމައިގައި، ޣައްޒާގެ ޞިއްޙަތާ ބެހޭ މިނިސްޓްރީން ބުނާ ގޮތުގައި އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 57,762 މީހުން މަރުވެ، 137,656 މީހުން ޒަޚަމް ވެފައިވޭ

ރާއްޖެ އެމްވީ | 12 ޖުލައި 2025 | ހޮނިހިރު 06:46
އިސްރާއީލުގެ ހަމަލާއެއް ގައި ޝަހީދު ވި ފަލަސްތީނުގެ އެއް އާއިލާ އަކަށް ނިސްބަތްވާ 4 މީހުންގެ މައްޗަށް ބޭއްވި ޖަނާޒާގެ މަންޒަރެއް - ޖުލައި 10، 2025

އިސްރާއީލުގެ ހަމަލާއެއް ގައި ޝަހީދު ވި ފަލަސްތީނުގެ އެއް އާއިލާ އަކަށް ނިސްބަތްވާ 4 މީހުންގެ މައްޗަށް ބޭއްވި ޖަނާޒާގެ މަންޒަރެއް - ޖުލައި 10، 2025

ހޮނިހިރު ދުވަހުގެ ފަތިހުއްސުރެ އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 17 ފަލަސްތީނު މީހުން ޣައްޒާ ސްޓްރިޕްގައި ޝަހީދު ވެއްޖެ ކަމަށް، ޣައްޒާ ގެ ޞިއްޙީ މަސްދަރުތަކުން ހާމަކުރި މަޢުލޫމާތައް ޙަވާލާދީ މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.

ޝަހީދުވި މީހުންގެ ތެރޭގައި ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރު އަލް-ބަލާޙް ސިޓީގައި ޓެންޓެއްގައި ދިރިއުޅެމުންދިޔަ އެއް ޢާއިލާއަކަށް ނިސްބަތްވާ ތިން މީހުން ހިމެނޭކަމަށް އަލް-އަޤްޞާ ޝަހީދުންގެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

އަލް-ޝިފާ ހޮސްޕިޓަލުން ބުނާ ގޮތުގައި ޣައްޒާ ސިޓީގެ ރަމާލް އަދި ޝައިޚް ރަޟްވާން ސަރަޙައްދުތަކުގައި ވަކިވަކިން ދެވުނު ހަމަލާތަކުގައި އިތުރު ހަތަރު މީހުން ޝަހީދު ވެފައި ވެއެވެ.

އަލް-އަހްލީ ހޮސްޕިޓަލުން ހާމަކުރި ރިޕޯޓުތަކުގައިވާ ގޮތުން، ޣައްޒާ ސިޓީގެ އިރުމަތީގައިވާ ތުއްފާޙް ސަރަޙައްދުގެ ޖާފާ މަގުގައި ހުރި ގެއަކަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި އިތުރު ހަތަރު މީހުން ޝަހީދުވެ، 10 މީހުން ޒަޚަމްވެފައިވެއެވެ.

މީގެ އިތުރުން، ހުކުރު ދުވަހު ޣައްޒާ އަށް އިސްރާއީލުން ދިން ހުއްޓުމެއް ނެތް ހަމަލާތަކުގައި މަދުވެގެން 45 ފަލަސްތީނުން ޝަހީދު ވެފައިވާ ކަމަށާއި، އޭގެ ތެރޭގައި، އެހީ ހޯދަން އުޅުނު މީހުންގެ ތެރެއިން މަދުވެގެން 10 މީހުން ހިމެނޭ ކަމަށް މީޑިއާ ރިޕޯޓުތަކުން ދައްކައެވެ.

އދ. އިން ބުނާ ގޮތުގައި މޭ މަހުގެ ފަހުކޮޅުން ފެށިގެން، އެމެރިކާ އަދި އިސްރާއީލުގެ އެހީތެރިކަން ލިބޭ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން އެހީ ހޯދަން އުޅުނު 800 އެއްހާ ފަލަސްތީނު މީހުންގެ ފުރާނަ ގެއްލިފައި ވެއެވެ.

ބުރާސްފަތި ދުވަހު، ޣައްޒާގެ ދީރު އަލް-ބަލަޙް ސިޓީގައި ނިއުޓްރިޝަނަލް ސަޕްލިމެންޓް ހޯދުމަށް ކިއު ގައި ތިބި މީހުންގެ ތެރެއިން 15 މީހުން އިސްރާއީލުގެ ސިފައިން ޝަހީދު ކޮށްލާފައިވެއެވެ. މީގެ ތެރޭގައި 9 ކުޑަކުދިންނާއި 4 އަންހެނުން ހިމެނެއެވެ.

7 އޮކްޓޯބަރު 2023 ގައި ފެށުނު ނަސްލު ފޮހެލުމުގެ ހަނގުރާމައިގައި، ޣައްޒާގެ ޞިއްޙަތާ ބެހޭ މިނިސްޓްރީން ބުނާ ގޮތުގައި އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 57,762 މީހުން މަރުވެ، 137,656 މީހުން ޒަޚަމް ވެފައިވެއެވެ.

އިޒްރޭލްޣައްޒާ ހަނގުރާމަޣައްޒާ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް