Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނުގެ ސަރަހައްދު

ހަނގުރާމަ މެދުކަނޑާލާއި އޮންނަ ދުވަސްވަރު ހަނގުރާމަ އެއްކޮށް ހުއްޓާލުމާ ގުޅޭގޮތުން މަޝްވަރާކުރާނަން - އިސްރާއީލް

ބުދަ ދުވަހު ހަމާސްއިން ބުނެފައިވަނީ ދިރިހުރި 10 ރަހީނުން ދޫކުރަން އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް ހަމާސްއިން ބުނެފައިވަނީ ގައްޒާގައި އިސްރާއީލުގެ ސިފައިން ތިބުމާއި ގުޅޭ އެއްބަސްވުމަކާ ދެކޮޅު ކަމަށެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 ޖުލައި 2025 | ހުކުރު 08:30
އިސްރާއިލުގެ ބޮޑުވަޒީރު ނަތަންޔާހޫ

އިސްރާއިލުގެ ބޮޑުވަޒީރު ނަތަންޔާހޫ

ފަލަސްތީނުގެ ސަރަހައްދަކީ ހަތިޔާރު ނައްތާލެވިފައިވާ ތަނެއްގެ ގޮތުގައި ވެއްޖެނަމަ، 60 ދުވަހުގެ ހަނގުރާމު ހުއްޓާލުގެ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ގައްޒާގައި ދާއިމީ ހަނގުރާމަ ހުއްޓުވުމަށް މަޝްވަރާކުރަން ތައްޔާރުކަމަށް އިސްރާއިލުން ބުނެފިއެވެ.

އޮކްޓޯބަރު 2023 ގައި ހަމާސްގެ ހަމަލާއާ ގުޅިގެން ފެށުނު ހަނގުރާމަ ވަގުތީގޮތުން ހުއްޓުވުމަށް އެއްބަސްވުމަކަށް އާދެވޭތޯ އިސްރާއީލާއި ހަމާސްގެ ވަފުދުތަކުން ދޯހާގައި ނުސީދާ މަޝްވަރާތައް އާދީއްތަ ދުވަހު ފަށާފައިވެއެވެ.

އެމެރިކާގެ މެދުއިރުމަތީގެ ސްޕެޝަލް އެންވޮއި ސްޓީވް ވިޓްކޮފް ވަނީ ގައްޒާގައި ދިރިހުރި 20 ރަހީނުންގެ ތެރެއިން ދެބައިކުޅަ އެއްބައި މިނިވަންކުރުމަށް 60 ދުވަހަށް ހަނގުރާމަ މެދު ކަނޑާލަން ހުށަހަޅުއްވާފައި ކަމަށް ނަތަންޔާހޫ ބުދަ ދުވަހު ވިދާޅުވިއެވެ. ނަތަންޔާހޫ ވިދާޅުވީ މި ފެށުމުގައި ހަނގުރާމަ ދާއިމީކޮށް ނިމުމަކަށް ގެނައުމަށް މަޝްވަރާތަކަށް ވަންނާނެ ކަމަށެވެ.

އިސްރާއީލްގެ "އަސާސީ ޝަރުތުތަކަކީ" "ހަމާސް އެމީހުންގެ ހަތިޔާރުތައް ދޫކޮށްލުން" އަދި "ވެރިކަމުގެ ނުވަތަ އަސްކަރީ ބާރުތައް" ނުބޭއްވުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މަޝްވަރާތަކުން މިކަން ހާސިލުކުރެވޭނަމަ، ވަރަށް ރަނގަޅު ކަމަށާއި، 60 ދުވަހުގެ ތެރޭގައި މަޝްވަރާތަކުން މިކަން ހާސިލު ނުކުރެވިއްޖެނަމަ، އަސްކަރިއްޔާގެ ބާރުގެ ބޭނުންކޮށްގެން އެކަން ހާސިލުކުރާނެ ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ.

ބުދަ ދުވަހު ހަމާސްއިން ބުނެފައިވަނީ ދިރިހުރި 10 ރަހީނުން ދޫކުރަން އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް ހަމާސްއިން ބުނެފައިވަނީ ގައްޒާގައި އިސްރާއީލުގެ ސިފައިން ތިބުމާއި ގުޅޭ އެއްބަސްވުމަކާ ދެކޮޅު ކަމަށެވެ.

އަދި އިންސާނީ ހާލަތު ރަނގަޅުކުރުމަށް ސަރަހައްދަށް އެހީ ފޯރުކޮށްދިނުމުގެ މިނިވަންކަމާއި، ދެމެހެއްޓެނިވި ސުލްހައަށް "ހަގީގީ ގެރެންޓީތައް" ބޭނުންވާ ކަމަށް ބުނެފައިވެއެވެ.

އިސްރާއީލްގެ ބޮޑުވަޒީރު ވިދާޅުވީ ހަމާސްއަކީ "ރަހުމްކުޑަ ޓެރަރިސްޓް ޖަމާއަތެއް" ކަމަށާއި، ބޭނުންވަނީ ހުރިހާ ރަހީނުން ދޫކުރަން ކަމަށެވެ.

ނަމަވެސް މި ބުރުގައި ވީހާވެސް ގިނަ ބަޔަކު (ދޫކުރުމަށް) އެންމެ ރަނގަޅު ގޮތުގައިކުރެވެން ހުރިހާ ކަމެއް ކުރާނެ ކަމަށާއި، ހުރިހާ ކަމެއް އޭނާގެ އަތްމަތީގައި ނޯންނަކަމަށް ވިދާޅުވިއެވެ.

ފަލަސްތީނުގެ ސަރަހައްދުޣައްޒާހަމާސްއިޒްރޭލްހަނގުރާމަރަހީނުންސްޓީވް ވިޓްކޮފްނަތަންޔާހޫ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު