Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޔުކްރެއިންގެ ވައިގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ޓްރަމްޕް އާއި ޒެލެންސްކީ މަޝްވަރާ ކުރައްވައިފި

ޒެލެންސްކީ ވިދާޅުވީ ދިފާއީ އުފެއްދުންތެރިކަމާ ގުޅޭ ގޮތުން އެމެރިކާއާ އެކު މަޝްވަރާކޮށް، އެކުގައި އެކަމަށް އިންވެސްޓު ކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ޖުލައި 2025 | ހޮނިހިރު 11:59
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޔުކްރެއިންގެ ރައީސް ޒެލެންސްކީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޔުކްރެއިންގެ ރައީސް ޒެލެންސްކީ

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގައި، ޔުކްރެއިންގެ ވައިގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ މަޝްވަރާ ކުރައްވައިފި އެވެ.

ހުކުރު ދުވަހު ޓްރަމްޕް ވަނީ ފޯނުން ޒެލެންސްކީއާ ގުޅުއްވައި، ޔުކްރެއިންގެ ވައިގެ ދިފާއީ ޤާބިލިއްޔަތު އިތުރު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައި، އެކަމުގައި އެއްބަސްވުމަކަށް އައިސްފަ އެވެ. 

އެކަމާ ގުޅިގެން ޔުކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވީ ދިފާއީ އުފެއްދުންތެރިކަމާ ގުޅޭ ގޮތުން އެމެރިކާއާ އެކު މަޝްވަރާކޮށް، އެކުގައި އެކަމަށް އިންވެސްޓު ކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. 

ރަޝިޔާ އިން ޔުކްރެއިން އަށް ދެމުން އަންނަ ވައިގެ ހަމަލާތައް އިތުރު ކޮށްފައިވާތީ، ޕެޓްރިއްޓް މިސައިލްތަކާއި، ސިސްޓަމްތައް ހޯދުމަށް ޔުކްރެއިން އިން ވަނީ އެމެރިކާގެ ކިބައިން އެދިފަ އެވެ. އަދި ޔުކްރެއިން އިން ބުނެފައި ވަނީ، އެމެރިކާ އިން އެ ޤައުމަށް ދެމުން އަންނަ ހަތިޔާރު ފޮނުބުން މެދު ކަނޑާލުމާ ގުޅިގެން، ރަޝިޔާގެ ހަމަލާތަަކުން ދިފާއުވުމުގެ ޤާބިލިއްޔަތު ކަމަށް ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށެވެ. 

އެކަމާ ގުޅިގެން މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައި ވަނީ، ޓްރަމްޕް އާއި ޒެލެންސްކީއާ ދެެމެދު ކުރިއަށް ދިޔަ މަޝްވަރާތަކުގެ ނަތީޖާ ރަނގަޅު ވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ޕެޓްރިއަޓް މިސައިލްތައް އަލުން ޔުކްރެއިން އަށް ފޯރުކޮށްދިނުމަށް އެމެރިކާ އިން ނިންމާނެ ކަމުގެ އުންމީދު އޮތް ކަމަށް ވެސް ވަނީ އަންދާޒާ ކޮށްފަ އެވެ. 

ޓްރަމްޕް ވެސް ވަނީ ޒެލެންސްކީއާ އެކު ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ޓްރަމްޕް ވެސް އެ މަޝްވަރާތައް ސިފަ ކުރައްވާފައި ވަނީ ވަރަށް ކާމިޔާބު އަދި ދެމެހެއްޓެނިވި މަޝްވަރާތަކެއްގެ ގޮތުގަ އެވެ. މި މަޝްވަރާތައް ކޮށްފައި ވަނީ، ޓްރަމްޕް އާއި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންއާ ދެމެދު ވެސް ހިތްހަމަ ނުޖެހުންތައް ހިނގާފައިވާ ދަނޑިވަޅެއްގަ އެވެ. 

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެންގެ ވެރިކަމުގައި ވަނީ ޔުކްރެއިން އަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އޭރު އެމެރިކާ އިން ވަނީ، ޔުކްރެއިން އަށް ޕެޓްރިއަޓް މިސައިލް ވެސް ފޯރުކޮށްދީފަ އެވެ. ނަމަވެސް، އެމެރިކާގެ ރައީސް ކަމުގެ ދެ ވަނަ ދައުރަކަށް ޓްރަމްޕް ވަޑައިގެންނެވި ފަހުން ވަނީ، އެކަން ހުއްޓުވައިފަ އެވެ. އަދި ބައިޑެންގެ ވެރިކަމުގައި އެމެރިކާ އިން އެކަން ކޮށްފައިވާތީ، އެކަމަށް ވެސް ވަނީ ފާޑު ވިދާޅުވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިއެސްގެ ޚިލާފަތު އިއުލާން ކުރި މިސްކިތް ވަށާލާ އައިއެސް އިން އިރާގު ސިފައިންނާ ވަރުގަދަ ކުރިމަތިލުމަކަަށް!

އައިއެސްގެ ޚިލާފަތު އިއުލާން ކުރި މިސްކިތް ވަށާލާ އައިއެސް އިން އިރާގު ސިފައިންނާ ވަރުގަދަ ކުރިމަތިލުމަކަަށް!

01 ޖޫން 2017
ހަތްދިހަ ހަތަރު ޤައުމަކަށް ވަރުގަދަ ސައިބަރ އެޓޭކެއް!

ހަތްދިހަ ހަތަރު ޤައުމަކަށް ވަރުގަދަ ސައިބަރ އެޓޭކެއް!

13 މެއި 2017
ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި

ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި

01 މެއި 2017
ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި

ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި

23 އެޕްރީލު 2017
އެމެރިކާގެ ވައިގެ ހަމަލާއެއްގައި އަބޫ އައްޔާބު މަރާލައިފި

އެމެރިކާގެ ވައިގެ ހަމަލާއެއްގައި އަބޫ އައްޔާބު މަރާލައިފި

16 އެޕްރީލު 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު