Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާގުގެ މޫސަލް

އައިއެސްގެ ޚިލާފަތު އިއުލާން ކުރި މިސްކިތް ވަށާލާ އައިއެސް އިން އިރާގު ސިފައިންނާ ވަރުގަދަ ކުރިމަތިލުމަކަަށް!

އައިއެސް އިން 2014 ގައި މޫސަލް ހިފި ނަމަވެސް އައިއެސްގެ ކޮންޓްރޯލް މޫސަލްގައި ވަނީ މިހާރު ވަރަށް ބޮޑަށް ގެއްލިފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 1 ޖޫން 2017 | ބުރާސްފަތި 10:21
އިރާގުގެ މޫސަލްގައި ދަނީ ވަރުގަދަޔަށް ހަމަލާ ބަދަލު ކުރެވެމުން

އިރާގުގެ މޫސަލްގައި ދަނީ ވަރުގަދަޔަށް ހަމަލާ ބަދަލު ކުރެވެމުން

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިން މޫސަލްގެ ތާރިޚީ މިސްކިތެއް ކަމަށްވާ އަލް ނޫރީ މިސްކިތުގެ ވަށައިގެން ވާ މަގުތައް ބަންދުކޮށް އިރާގު ސިފައިންނާ ކުރިމަތިލުމަށް ތައްޔާރުވާން ފަށައިފިއެވެ.

މިއީ އައިއެސްގެ ކޮންޓްރޯލް އޮތް އިރާގުގެ މައި ސިޓީ ދިފާއު ކުރުމަށް އައިއެސް އިން ކުރާ އެންމެ ފަހު މަސައްކަތް ކަމަށް ވަނީ ބެލެވިފައެވެ.

ރިޕޯޓުތައް ބުނާގޮތުން ފާއިތުވި 48 ގަނޑިއިރުތެރޭ އެ ސަރަހައްދުގެ ރައްޔިތުންނަށް ވަނީ އައިއެސްގެ ހަނގުރާމަވެރިން މިސްކިތް ވަށާލާ މަންޒަރު ފެނިފައެވެ. އަލް ނޫރީ މިސްކިތަކީ 2014 ވަނަ އަަހަރު އައިއެސްގެ ލީޑަރު އަބޫ ބަކްރު އަލް ބަގްދާދީ "ޚިލާފަތެއް" އުފެއްދިކަން އިއުލާން ކުރި މިސްކިތެވެ.

އައިއެސް އިން 2014 ގައި މޫސަލް ހިފައި އަދި އިރާގާއި ސީރިޔާގެ ބިންތައް ހިފިފަހުން އައިއެސް އިން ދަނީ އަލް ނޫރީ މިސްކިތުގައި އެ ޖަމާއަތުގެ ދިދަ ވިހުރުވަމުންނެވެ.

އެމެރިކާ އިން ވާގިވެރިވާ އިރާގު ސަރުކާރުން ވަނީ އިރުމަތީ މޫސަލް މިއަހަރުގެ ޖެނުއަރީގައި އެމީހުންގެ އަތްދަށަށް ގެނެސްފައެވެ. އަދި ނިމިދިޔަ މޭމަހު ވަނީ ހުޅަނގު މޫސަލް ގައި އައިއެސްގެ ކޮންޓްރޯލް އޮތް ސަރަހައްދުތައް ހިފުމަށް މަަސައްކަތް ފަށާފައެވެ.

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން އެ ސިޓީގައި ވާނީ މަރު ކަމަށް އެމެރިކާގެ އަސްކަރިއްޔާގެ އޮފިޝަލަކު މާޗް މަހު ވަނީ ވިދާޅުވެފައެވެ. މޫސަލްގެ، އައިއެސްގެ ކޮންޓްރޯލް އޮންނަ ސަރައްދުތަކުގައި ދަތި ހާލުގައި އަދިވެސް 200،00 އެއްހާ މީހުން އެބަތިއްބެވެ.

އިތުރަށް ކިޔާލަން

11 މެއި 2017

ތަބްޤާ އިން އައިއެސްގެ ހަނގުރާމަވެރިން ފައްސާލައިފި

11 މެއި 2017
ތަބްޤާ އިން އައިއެސްގެ ހަނގުރާމަވެރިން ފައްސާލައިފި
02 މެއި 2017

އައިއެސްގެ ލީޑަރަކަށް ޖާސޫސްކުރަން ހަވާލުކުރުމުން އެމެރިކާގެ އެފްބީއައި އެޖެންޓް އޭނާއާ ކައިވެނިކުރިކަން ފަޅާ އަރައިފި

02 މެއި 2017
އައިއެސްގެ ލީޑަރަކަށް ޖާސޫސްކުރަން ހަވާލުކުރުމުން އެމެރިކާގެ އެފްބީއައި އެޖެންޓް އޭނާއާ ކައިވެނިކުރިކަން ފަޅާ އަރައިފި
20 އެޕްރީލު 2017

ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ

20 އެޕްރީލު 2017
ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ
08 އެޕްރީލު 2017

އިރާގު ސަރުކާރުން އައިއެސްގެ 100 ހަނގުރާމަވެރިން މަރާލައިފި

08 އެޕްރީލު 2017
އިރާގު ސަރުކާރުން އައިއެސްގެ 100 ހަނގުރާމަވެރިން މަރާލައިފި
04 އެޕްރީލު 2017

ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި

04 އެޕްރީލު 2017
ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު