Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ކެޓަރފިލަރ، މައިކްރޯސޮފްޓް، އެމެޒަން ހިމެނޭ ގޮތުން ޣައްޒާ ގައި އިސްރާއީލުން ހިންގާ އަނިޔާވެރި ކަމަށް ވާގިވެރިވާ ކުންފުނިތައް އދ އިން އާންމު ކޮށްފި

އަލްފަބެޓް، އެމެޒޮން، މައިކްރޯސޮފްޓް، އަދި އައިބީއެމް ފަދަ ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކުގެ ނަން ހިމަނާފައިވަނީ "އިސްރާއީލުގެ ސަވެއިލަންސް ނިޒާމާއި ޣައްޒާގެ ހަލާކު ކުރުމުގެ މައިގަނޑު ބައިވެރިން" ގެ ގޮތުގައި

ރާއްޖެ އެމްވީ | 2 ޖުލައި 2025 | ބުދަ 12:09
ސްވިޒަލޭންޑްގެ ޖެނީވާގައި ހުންނަ ޔޫރަޕިއަން ހެޑްކުއާޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފްރާންސެސްކާ އަލްބަނީސް ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުގައި އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭ ގޮތުން މައުލޫމާތު ދެއްވަނީ - ޑިސެމްބަރު 11، 2024

ޣައްޒާ ގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި އަމަލުތަކަށް ވާގިވެރިވާ ކުންފުނިތަކުގެ ލިސްޓެއް އދ. އިން ހާމަ ކޮށްފިއެވެ.

އދ. ގެ މާހިރަކު އެކުލަވާލި މި ރިޕޯޓުގައި 60 އަށް ވުރެ ގިނަ ކުންފުނި ހިމެނޭ އިރު އޭގެ ތެރޭގައި ބޮޑެތި ހަތިޔާރު އުފައްދާ ކުންފުނިތަކާއި ޓެކްނޮލޮޖީ ކުންފުނިތައް ހިމެނެއެވެ.

އިސްރާއީލުން ޣައްޒާ ގައި ހިންގާ އަނިޔާވެރި ކަމަކީ "ނަސްލު ފޮހެލުމުގެ ކެމްޕޭނެއް" ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

އދ. ގެ ޚާއްޞަ ރެޕަޓުއަރ އޮން ދަ އޮކިއުޕައިޑް ޕެލެސްޓީނިއަން ޓެރިޓަރީޒް - އިޓަލީގެ އިންސާނީ ޙައްޤުތަކާ ބެހޭ ވަކީލު ފްރަންޗެސްކާ އަލްބަނީޒް، މި ރިޕޯޓު އެކުލައްވާލާފައި ވަނީ ޤައުމުތަކާއި، އިންސާނީ ޙައްޤުތަކުގެ ދިފާޢުކުރާ ފަރާތްތަކާއި، ކުންފުނިތަކާއި، އަދި އިލްމުވެރިންގެ 200 އަށް ވުރެ ގިނަ ހުށަހެޅުން ތަކަށް ބިނާކޮށެވެ.

ހޯމަ ދުވަހުގެ ރޭ ޝާއިޢުކުރެވުނު މި ރިޕޯޓުގައި ކުންފުނިތަކަށް އިސްރާއީލާ އެކު މުޢާމަލާތް ހުއްޓާލުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނު ޚިލާފުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ކުންފުނިތަކުގެ ވެރިންނަށް ޤާނޫނީ ޒިންމާ އުފުލުވުމަށް ގޮވާލާފައި ވެއެވެ.

"ޣައްޒާގެ ދިރިއުޅުން ފުހެލެވެމުން ދާއިރު އަދި ވެސްޓް ބޭންކްގައި ހަމަލާތައް އިތުރުވަމުން ދާއިރު، އިސްރާއީލުން ނަސްލު ފުހެލުން ކުރިއަށް ގެންދާ ސަބަބު މި ރިޕޯޓުން ހާމަވެއެވެ: އެއީ ގިނަ ބަޔަކަށް މާލީ ބޮޑު ފައިދާ އެއްވާ ކަމަކަށް ވާތީއެވެ،" އަލްބަނީޒް 27 ޞަފްޙާގެ ރިޕޯޓުގައި ލިޔުއްވާފައިވެއެވެ. އޭނާ ތުހުމަތު ކުރުއްވާފައި ވަނީ "އިސްރާއީލުގެ ނަސްލީ ތަފާތުކުރުން ތަކާއި ހަނގުރާމަ އާއި ވިޔަފާރި ކުންފުނިތަކާއި މާލީގޮތުން ގުޅިފައިވާ" ކަމަށެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަނީ ނަސްލު ފޮހެލުމުގެ އަސްކަރީ އޮޕަރޭޝަނެއް ކަމަށް ބުނާ ބުނުން މީގެ ކުރިން ދޮގުކޮށްފައިވެއެވެ.

އިސްރާއީލުން މިހެން ބުނާ އިރު އޮކްޓޯބަރު 7، 2023 އިން ފެށިގެން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގައި 56،000 އަށްވުރެ ގިނަ ފަލަސްތީނު މީހުން މަރުވެފައިވާ ކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެފައިވެއެވެ. އަދި މުޅި ޣައްޒާ ވަނީ ފުނޑުފުނޑު ކޮށް ވީރާނާ ކޮށްލާފައެވެ.

މި ރިޕޯޓުގައި ކުންފުނިތައް ބަހާލާފައިވަނީ ދާއިރާ ތަކަށެވެ. އެގޮތުން އަސްކަރީ ނުވަތަ ޓެކްނޮލޮޖީ ދާއިރާ ފާހަގަ ކޮށްލެވެއެވެ.

މި ރިޕޯޓުގައި ލޮކްހީޑް މާޓިން އަދި ލިއޮނާޑޯ ފަދަ ހަތިޔާރު އުފައްދާ ކުންފުނިތަކުގެ ނަން ހިމަނާފައިވެއެވެ. އަދި އެ ފަރާތްތަކުގެ ހަތިޔާރު ޣައްޒާގައި ބޭނުން ކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައި ވެއެވެ. މީގެ އިތުރުން ކެޓަޕިލަރ އަދި ހަޔުންޑާއި ފަދަ ބޮޑެތި މެޝިނަރީ ސަޕްލައިކުރާ ފަރާތްތަކުގެ ނަން ހިމަނާފައިވެއެވެ. އަދި އެ ފަރާތްތަކުގެ އާލާތްތައް ފަލަސްޠީނު ސަރަޙައްދުތައް ސުންނާފަތި ކުރުމަށް ބޭނުން ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

ކެޓަޕިލަރުން ކުރިން ބުނެފައިވަނީ އެ ފަރާތުގެ އުފެއްދުންތައް ބޭނުން ކުރެވޭނެ ކަމަށް އުންމީދު ކުރަނީ ބައިނަލްއަޤްވާމީ އިންސާނިއްޔަތާ ބެހޭ ޤާނޫނާ އެއްގޮތަށް ކަމަށެވެ.

އަލްފަބެޓް، އެމެޒޮން، މައިކްރޯސޮފްޓް، އަދި އައިބީއެމް ފަދަ ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކުގެ ނަން ހިމަނާފައިވަނީ "އިސްރާއީލުގެ ސަވެއިލަންސް ނިޒާމާއި ޣައްޒާގެ ހަލާކުކުރުމުގެ މައިގަނޑު ބައިވެރިން" ގެ ގޮތުގައެވެ.

އަލްފަބެޓަބެޓުން ކުރިން އިޒްރޭލުގެ ސަރުކާރާއެކު ވެފައިވާ 1.2 ބިލިއަން ޑޮލަރުގެ ކްލައުޑް ސަރވިސަސް އެއްބަސްވުން ދިފާޢުކޮށްފައިވެއެވެ. އެ އެއްބަސްވުމަކީ އަސްކަރީ ނުވަތަ އިންޓެލިޖެންސް މަސައްކަތްތަކަށް އަމާޒުކޮށްފައިވާ އެއްޗެއް ނޫންކަމަށް ބުނެފައިވެއެވެ.

މި ރިޕޯޓަކީ އިސްރާއީލުން ގާނޫނާ ޚިލާފަށް ހިފާފައިވާ ބިންތަކުގައި އާބާދު ކުރަމުން ގެންދިއުމުގައި އެހީތެރިވެ ދޭ ކުންފުނިތަކުގެ ކުރީގެ އދ. ގެ ޑޭޓާބޭސް އިތުރަށް ފުޅާކޮށްފައިވާ ރިޕޯޓެކެވެ. މި ޑޭޓާބޭސް އެންމެ ފަހުން އަޕްޑޭޓް ކޮށްފައި ވަނީ 2023 ގެ ޖޫން މަހުގައެވެ. މި ރިޕޯޓުގައި އައު ކުންފުނިތައް އިތުރުކޮށް، ހިނގަމުންދާ ޣައްޒާގެ ހަނގުރާމައާ ގުޅުންހުރި ކަމަށް ބުނާ ކަންކަން ތަފްޞީލު ކޮށްދީފައި ވެއެވެ.

މި ރިޕޯޓު ބުރާސްފަތި ދުވަހު 47 މެންބަރުންގެ އދ. ގެ އިންސާނީ ޙައްޤުތަކުގެ ކައުންސިލަށް ހުށަހެޅޭނެ އެވެ. މި ކައުންސިލަށް ޤާނޫނީ ގޮތުން ބަނދެވޭ ބާރުތަކެއް ނެތް ނަމަވެސް، އދ. ގެ ތަޙްޤީޤު ތަކުން ތައްޔާރު ކޮށްފައިވާ ލިޔެކިޔުންތައް ބައެއް ފަހަރު ބައިނަލްއަޤްވާމީ ދަޢުވާ ތަކަށް މަޢުލޫމާތު ފޯރުކޮށްދީފައި ވެއެވެ.

އިސްރާއީލާއި އެމެރިކާ މިއަހަރުގެ ކުރީކޮޅު މި ކައުންސިލުން ވަކިވެފައިވެއެވެ. އެއީ އިސްރާއީލާ ދެކޮޅަށް ތަޢައްޞުބު އޮތްކަމަށް ބުނެއެވެ.

އިޒްރޭލްޣައްޒާފަލަސްތީނުޣައްޒާ ހަނގުރާމައދ. ގެ ސްޕެޝަލް ރެޕަޓުއަރ ފްރޭންސިސްކާ އަލްބަނީސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު