Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިލްހާމް އަހުމަދު

ގޮނޑި ގެއްލިފައިވޭތޯ ސާފުކޮށް ދިނުމަށް އިލްހާމް އިލެކްޝަންގައި އެދިއްޖެ

28 އޯގަސްޓު 2017 | ހޯމަ 14:14

އިލެކްޝަންސް ކޮމިޝަން މިހާރު ވައްތަރީ ސިޔާސީ ކަންކަން ކުރާ ޕީޕީއެމް އޮފީހަކާ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 28 އޯގަސްޓު 2017 | ހޯމަ 14:14
ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ އިލްހާމް އަހުމަދު

ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ އިލްހާމް އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު އޭނާގެ ގޮނޑި ގެއްލިފައިވާކަން ރަސްމީކޮށް އަދިވެސް އަންގާފައި ނުވާތީ އެކަން ސާފުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނާއި މަޖިލީހުގައި އެދިއްޖެއެވެ.

އިލްހާމް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ބައެއް މީޑިޔާތަކުން ޚަބަރު ފަތުރާތީ އިވޭ ކަމަށާއި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވެސް އަދި ރައްޔިތުންގެ މަޖިލީހުން ވެސް ރަސްމީކޮށް އެކަން އަދި އަންގާފައި ނުވާ ކަމަށެވެ. އަދި އެއްވެސް އިދާރާއަކުން މަޖިލީހުގެ މެންބަރުކަމުން ވަކިކޮށްފައިވާކަން އަންގާފައި ނުވާތާނގައި ޢާއްމު އުސޫލުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދޭ އިނާޔަތްތަކާއި ހެލްތު އިންޝުއަރެންސް ކަނޑާލާފައިވާއިރު އަޅުގަނޑުގެ މެންބަރުކަން ގެއްލިފައިވޭތޯއާއި ގެއްލިފައިވާކަމަށް ކަނޑައަޅާފައިވާނަމަ އެކަން ކޮށްފައި ވަނީ ޤާނޫނު އަސާސީގެ ކޮންމާއްދާއެއްގެ ދަށުންކަން އަދި ކޮން ޝަރުޢީ ހުކުމަކުން ކަން އޭގެ ސަބަބު އަންގައި ދިނުމަށް އެދިފައިވާ ސިޓީއަށް މިއަދާ ހަމައަށް ވެސް ޖަވާބެއް ދީފައި ނުވާ ކަމަށެވެ. އަދި ގޮނޑި ގެއްލިފައި ނުވާނަމަ އިނާޔަތްތައް ހިފަހައްޓާފައި ވަނީ ކޮން ޤާނޫނެއްގެ ކޮން މާއްދާއެއްގެ ދަށުންކަން ހާމަކޮށް ދިނުމަށް މިމަހުގެ 12 ވަނަ ދުވަހު އެދިފައިވާއިރު އަދިވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement

އިލްހާމް ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ގޮތް ޤާނޫނު އަސާސީ އާއި ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ އިތުރުން ސުޕްރީމް ކޯޓުގެ ހުކުމާއި އެކޯޓުގެ އަމުރުން ސާފުކޮށް ބަޔާން ކޮށްދީފައިވާއިރު އެމަބްދައުތަކުން އިލްހާމްގެ ގޮނޑި ގެއްލެން ޖެހޭ އެއްވެސް ސަބަބެއް ނެތްއިރު އިލެކްޝަންސް ކޮމިޝަނުން އިލްހާމްގެ ގޮނޑި ގެއްލިފައިވާކަން ކަނަޑައެޅީ ކޮން ގޮތަކަށް ޤާނޫނު އަސާސީއާއި ޤާނޫންތައް އަދި ސުޕްރީމް ކޯޓުގެ ހުކުމާއި އަމުރު ކޮންގޮތަކަށް މާނަކޮށްގެންތޯ ވީހާވެސް އަވަހަށް އަންގާލަ ދެއްވުން އެދިލައްވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކުން އެކޯޓަށް ލިބިދޭ ބާރުތަކަކީ ކޮބައިކަމާ އެބާރުގެ ދަށުން ނިންމާފައިވާ ނިންމުންތަކުން އިލްހާމްގެ ގޮނޑި ގެއްލިފައި ނުވާ ކަމަށް އެކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓަށް ލިބިދޭ ބާރުތައް އިލެކްޝަންސް ކޮމިޝަނަށް ލިބިދޭ ކަމަށް މާނަކުރުމަކީ އެކޯޓުގެ ނިންމުންތައް އިލެކްޝަނުން ހިތުހުރި ގޮތަކަށް މާނަކުރުން ކަމަށް އިލްހާމް ވިދާޅުވެފައިވެއެވެ.

އިލްހާމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަކީ ރައްޔިތުންގެ މަޖިލީހުން އައްޔަން ކުރާ މެންބަރުންތަކެއްގެ މައްޗަށް އެކުލެވިފައިވާ، އެއިދާރާ ފަންކްޝަން ކުރަންވީ ގޮތް ކަނޑައެޅިގެން ވަކި ޤާނޫނެއްގައި ބަޔާން ކުރެވިފައިވާ މިނިވަން މުސްތަޤިއްލު އިދާރާއެއް ކަމަށެވެ. ނަމަވެސް މިއަދު ފެނިގެން ދަނީ އިލެކްޝަންސް ކޮމިޝަނަކީ މިނިވަން އިދާރާއެއްގެ ބަދަލުގައި ސިޔާސީ ހަރަކާތްތަކެއް ހިންގާ ޕީޕީއެމްގެ އޮފީހެއްގެ ގޮތުގައި ކަމަށް އިލްހާމް ވަނީ ވިދާޅުވެފައެވެ.

އިލްހާމް ވަނީ ބާރު އޮތީތީ އެބާރު ނަހަމަ ގޮތުގައި ބޭނުން ކޮށްގެން މީހުންނަށް އަނިޔާ ކުރެވިދާނެ ކަމަށާއި އެހެން ނަމަވެސް އެކަން ކުރާ މީހުންނާ ހަމަޔަށް ޤާނޫނު އަރާހަމަކުރާނެ ކަމާ ހައްޤުތަކަށް އަރައިގަންނަ ބަޔަކާ އާޚިރަތް ދުވަހުން ސުވާލު ކުރެވޭނެކަން ހަނދާން ކޮށްދީ އެކަމާ ގުޅޭ ކީރިތި ޤުރުއާނުގެ އާޔަތެއް ވެސް މާނައާ އެކު ސިޓީގައި ހިމަނާފައެވެ.

މީގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ އަމަލު ކުށްވެރިކޮށް ޤާނޫނު އަރާ ހަމަކުރުމުގެ ކުރިން ޤާނޫނީ އިމުގެތެރެއަށް ރުޖޫއަ ވުމަށް ވެސް އިލްހާމް ވަނީ ގޮވާލައްވާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި

20 ފެބުރުއަރީ 2017
ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
25 ޖެނުއަރީ 2017

އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި

25 ޖެނުއަރީ 2017
އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް