Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުނީލަ ކޯރާ ގުޅިގައިވާ ބައެއް ވާހަކަތައް

ނީލަ ކޯރާ ގުޅިގައިވާ ބައެއް ވާހަކަތައް، ބައެއް ޖަރނަލިސްޓުންގެ ނަޒަރުން

މިއީ އެފްރިކާގެ 10 ވަރަކަށް ރިޕޯޓަރުންނާއި ފޮޓޯ ޖަރނަލިސްޓުން ތިން އަހަރުދުވަހު ކުރި މަސައްކަތެއް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 7 ޖުލައި 2022 | ބުރާސްފަތި 14:39
ނީލަ ކޯރާ ގުޅިގައިވާ ބައެއް ވާހަކަތައް ދައްކުވައިދޭ މައުރަޒު

ނީލަ ކޯރާ ގުޅިގައިވާ ބައެއް ވާހަކަތައް ދައްކުވައިދޭ މައުރަޒު

11 ގައުމެއްގެ ތެރޭގައި ހިމެނިފައިފާ ނީލަ ކޯރުގެ މުހިންމުކަން އެކި މުޖްތަމައުތަކަށް ތަޖްރިބާކުރެވެނީ އެކި ގޮތަށެވެ. އެއްބަޔަކަށް އެއީ ދިރި ތިބުމަށް ބޭނުންވާ ފެން ލިއްބައިދޭ ވަސީލަތަކަށް ވާއިރު، އަނެއްބަޔަކަށް ކޯރުގެ އައްސޭރި ފަށުން ލިބޭ ހިމޭންކަމާއި ހިތްހަމަ ޖެހުން އެހާ މުހިންމެވެ.

ނީލަ ކޯރު އެބައެއްގެ ހަޔާތާ ގުޅޭގޮތް ދައްކައިދިނުމަށް އެފްރިކާގެ ނޫސްވެރިންނަށް ހުޅުވާލެވުނު ފުރުސަތެއްގެ ތެރެއިން އެއްކުރެވުނު ތަކެތި ދައްކާލުމަށް މިހާރު ގާހިރާގައިވަނީ ޚާއްސަ މައުރަޒެއް ހުޅުވާފައެވެ. މި މައުރަޒަށް ދީފައިވާ ނަމަކީ "އެވްރިޑޭ ނައިލް"އެވެ. ނުވަތަ ނީލަ ކޯރު ހިމެނޭ ގޮތުން ކޮންމެ ދުވަހަކު ކުރެވޭ ތަޖުރިބާތައް، މިފަދަ ގޮތަކަށްވެސް ނަމުގެ މާނަ ތަރުޖަމާ ކުރެވިދާނެއެވެ.

"އެވްރިޑޭ ނައިލް" މައުރަޒުގައި ދައްކަން ބަހައްޓާފައިވަނީ އެފްރިކާގެ 10 ވަރަކަށް ރިޕޯޓަރުންނާއި ފޮޓޯ ޖަރނަލިސްޓުން ތިން އަހަރުދުވަހު ކުރި މަސައްކަތުން އެއްކޮށްފައިވާ ތަކެއްޗެވެ. މި ގޮތުން އެމީހުން ދައްކައިދީފައިވަނީ ނީލަ ކޯރުގެ އައްސޭރީގައި ދިރިއުޅެމުން އަންނަ، އެކި ގައުމަށް ނިސްބަތްވާ އެކި މުޖްތައުތަކުގެ ދިރިއުޅުން ދައްކައިދޭ ފޮޓޯއާއި އެހެންވެސް ތަކެއްޗެވެ. މިތަކެތި ނީލަ ކޯރުގެ އެކި "މޫޑް"ތަކުގެ ގޮތުގައި ދައްކައިދީފައިވެއެވެ. ނީލަކޯރު އެމީހުންނަށް ދިރިތިބުމަށް ބޯފެން ފޯރުކޮށްދޭއިރު، ދަނޑު ގޮވާންކުރުމަށާއި މަސްބޭނުމަށްވެސް ނީލަކޯރަށް ދާތަން ފެނެއެވެ. އަދިބައެއްފަހަރު ކޯރު ފުރިގެން ބަންޑުންގޮސް ގެއްލުންތައް ލިބި ބައެއްގެ ފުރާނަވެސް ގެއްލުވާފަގަ ގެއްލުންދޭ ތަނަކަށްވެސްވެއެވެ.

މި މައުރަޒުގައި މިސްރު ސޫދާން ކެންޔާ އަދި އިތިއޯޕިޔާގެ ނީލަކޯރާ ގުޅޭ ތަޖުރިބާ ނުވަތަ ފޮޓޯއިން ވާހަކަ ދައްކާލުމަށް ބަހައްޓާފައިވެއެވެ. މީގެ އިތުރުން ނީލަ ކޯރާބެހޭ މުހިންމު މައުލޫމާތާއި ތަފާސް ހިސާބުވެސް ހިމަނާފައިވެއެވެ.

މައުރަޒު އިންތިޒާމްކުރި ފަރާތްތަކުން ބުނެފައިވާގޮތުގައި، މައުރަޒުގެ ސަބަބުން ނީލަކޯރުގެ ދޫ ނުވަތަ އަޑުގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު އެފަރާތަށް ލިބުނެވެ. މިގޮތުން ކޯރުގެ މުސްތަގްބަލާބެހޭގޮތުން މުހިންމު ނިންމުންތައް ނިންމުމުގައި އެފަރާތްތަކުގެ މަސައްކަތަށް އެހީތެރިވެދީފައިވެއެވެ. މީގެ އިތުރުން އެކި ގައުމަށް ނިސްބަތްވީނަމަވެސް އެންމެންނަކީވެސް ނީލަކޯރާ ގުޅިފައިވާ އެއް ބައެއްކަން މައުރަޒުން ދައްކައިދޭ ކަމަށް ކެންޔާގެ ފޮޓޯ ޖަރނަލިސްޓް ޓޯނީ ވައިލްޑް ބުނެފައިވެއެވެ.

ނީލަކޯރާބެހޭ މައުރަޒު ބާއްވާފައި މިވަނީ ކޯރުގެ ފެން ބެހެންޖެހޭގޮތުގެ މައުލޫގައި، މިސްރު، ސޫދާން، އަދި އިތިއޯޕިޔާގެ މެދުގައި ދެބަސްވުންތަކެއް އުފެދިފައިވާ ވަގުތެއްގައެވެ.

ނީލަ ކޯރުއެފްރިކާކައިރޯ

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2025

ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ

20 ނޮވެމްބަރު 2025
ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ
27 ޖޫން 2025

ސައުދީ ބޯޓެއް ލަންޑަނަށް ދަތުރު ކުރަނިކޮށް ކެބިން މެނޭޖަރު މަރުވުމުން ބޯޓު ކައިރޯ އަށް ޖައްސައިފި

27 ޖޫން 2025
ސައުދީ ބޯޓެއް ލަންޑަނަށް ދަތުރު ކުރަނިކޮށް ކެބިން މެނޭޖަރު މަރުވުމުން ބޯޓު ކައިރޯ އަށް ޖައްސައިފި
03 ޖުލައި 2024

ކުރީގެ ގޭންގްސްޓާރެއް، ވަގެއް، ދެކުނު އެފްރިކާގެ ކުޅިވަރާ ބެހޭ ވަޒީރު ކަމަށް

03 ޖުލައި 2024
ކުރީގެ ގޭންގްސްޓާރެއް، ވަގެއް، ދެކުނު އެފްރިކާގެ ކުޅިވަރާ ބެހޭ ވަޒީރު ކަމަށް
20 މެއި 2024

ކަރަޕްޝަންގެ މައްސަލައިގައި ދެކުނު އެފްރިކާގެ އެންމެ މަތީ ކޯޓުން ކުރީގެ ރައީސް ޒޫމާ އިންތިޚާބުން ޑިސްކޮލިފައި ކޮށްފި

20 މެއި 2024
ކަރަޕްޝަންގެ މައްސަލައިގައި ދެކުނު އެފްރިކާގެ އެންމެ މަތީ ކޯޓުން ކުރީގެ ރައީސް ޒޫމާ އިންތިޚާބުން ޑިސްކޮލިފައި ކޮށްފި
04 ފެބުރުއަރީ 2024

ނެމީބިއާގެ ރައީސް ހާގޭ ގެއިންގޯބް އަވަހާރަވެއްޖެ

04 ފެބުރުއަރީ 2024
ނެމީބިއާގެ ރައީސް ހާގޭ ގެއިންގޯބް އަވަހާރަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު