Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމިސްރުގައި އިމާރާތެއް ވެއްޓުން

މިސްރުގައި 8 ބުރީގެ އިމާރާތެއް ވެއްޓި، ބޮޑުމީހަކާއި ކުޑަކުއްޖަކު މަރުވެއްޖެ

މިސްރުގައި ފާއިތުވި ދެ މަހުވެސް އިމާރާތްތައް ވެއްޓުމުގެ އެތައް ހާދިސާއެއް ހިނގާފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 16 ޖުލައި 2023 | އާދީއްތަ 17:58
މިސްރުގައި އާދީއްތަ ދުވަހު ވެއްޓުނު އިމާރާތް

މިސްރުގައި އާދީއްތަ ދުވަހު ވެއްޓުނު އިމާރާތް

މިސްރުގެ ވެރިރަށް ގާހިރާގައި 8 ފަންގިފިލާގެ އިމާރާތެއް ވެއްޓުމުގެ ސަބަބުން ބޮޑުމީހަކާއި ކުޑަކުއްޖަކު މަރުވެ, އިތުރު ނުވަ މީހުންނަށް އަނިޔާވެއްޖެއެވެ. ވެއްޓުނު އިމާރާތް ހުރީ ގާހިރާގެ އުތުރުން 260 ކިލޯމީޓަރު ދުރުގައިވާ ނައިލްޑެލްޓާގެ ރާޝިދު ޑިސްޓްރިކްޓްގައެވެ. މިހާދިސާގައި މަރުވެފައިވަނީ 38 އަހަރުގެ ފިރިހެނަކާއި 10 މަހުގެ ތުއްތުކުއްޖެކެވެ. އަނިޔާވި މީހުންނަށް ކައިރި ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދާއިރު، ބައެއްމީހުންގެ އަތްފައި ބިނދި އަދި އެހެނިހެން ބޮޑެތި އަނިޔާތައް ވެފައި ވެއެވެ.

ހާދިސާ ހިނގުމާއެކު އެހީގެ ޓީމްތަކުން އައީ ގާތަކުގެ ދަށުވެފައިވާ މީހުން ތިބިތޯ ބަލައި، ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިސްރުގައި ހުއްދަ ނެތި އިމާރާތް ކުރުން ގިނަވުމާއި އަދި އިމާރާތްތައް މެއިންޓެއިން ކުރުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވެމުން ނުދާތީ، ގިނަ ދުވަސްވެފައިވާ އިމާރާތްތައް މިގޮތަށް ވެއްޓުމަކީ މިސްރުގައި ފަހަކަށް އައިސް އާންމު ކަމެކެވެ. މީގެ 24 ގަޑިއިރު ކުރިންވެސް މިސްރުގެ އިސްކަންދަރިއްޔާގައި އިމާރާތެއް ވެއްޓުމުގެ ސަބަބުން ދެމީހުން މަރުވެފައި ވެއެވެ. އަދި ޖުލައި 6ވަނަ ދުވަހުވެސް ވެސްޓް އެލެކްޒެންޑްރިއާގެ ގޮމްރޮކް ނެއިބަރހުޑްގައި ދެބުރީގެ އިމާރާތެއް ވެއްޓުމުގެ ސަބަބުން އެކަކު މަރުވެފައި ވެއެވެ. ހަމަ މިދިޔަ މަހު އިސްކަންދަރިއްޔާގައި 13 ބުރީގެ އިމާރާތެއް ވެއްޓުމުގެ ސަބަބުން 10 މީހުން މަރުވެފައި ވެއެވެ.

މިފަދަ ހާދިސާތައް ގިނަވަމުން ދިއުމާއެކު، 100 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މިސްރުގައި ކޮންސްޓްރަކްޝަން ގަވާއިގުތައް ހަރުދަނާކޮށް އިމާރާތްކުރުމުގެ ކަންތައްތައް ގާތުން މޮނިޓަރ ކުރަން ސަރުކާރުން މިހާރުވަނީ ފަށާފައި ކަމަށް ޚަބަރުތައް ބުނެއެވެ.

މިޞްރުދުނިޔެކައިރޯ

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2025

ސުލްޙަވެރިކަން ޤާއިމު ކުރެވޭނެ ހަމައެކަނި މަގަކީ ދެ ދައުލަތުގެ ޙައްލު: އަލް ސީސީ

14 އޮކްޓޯބަރު 2025
ސުލްޙަވެރިކަން ޤާއިމު ކުރެވޭނެ ހަމައެކަނި މަގަކީ ދެ ދައުލަތުގެ ޙައްލު: އަލް ސީސީ
12 އޮކްޓޯބަރު 2025

ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއިން، މެކްރޮން މިޞްރަށް ވަޑައިގަންނަވަނީ

12 އޮކްޓޯބަރު 2025
ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއިން، މެކްރޮން މިޞްރަށް ވަޑައިގަންނަވަނީ
11 އޮކްޓޯބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލަން ވެފައިވާ އެއްބަސްވުން ދެމި އޮންނާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

11 އޮކްޓޯބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލަން ވެފައިވާ އެއްބަސްވުން ދެމި އޮންނާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
07 އޮކްޓޯބަރު 2025

ހަމާސް އާއި އިސްރާއީލްއާ ދެމެދު ފުރަތަމަ ބުރުގެ މަޝްވަރާތައް ބާއްވައިފި

07 އޮކްޓޯބަރު 2025
ހަމާސް އާއި އިސްރާއީލްއާ ދެމެދު ފުރަތަމަ ބުރުގެ މަޝްވަރާތައް ބާއްވައިފި
05 އޮކްޓޯބަރު 2025

ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާ އަށް ޓްރަމްޕްގެ މަންދޫބުން މިޞްރަށް

05 އޮކްޓޯބަރު 2025
ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާ އަށް ޓްރަމްޕްގެ މަންދޫބުން މިޞްރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު