Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އީރާނަށް ހަމަލާ ދޭން ޓްރަމްޕް ނިންވެވުމުން، ރިޕަބްލިކަން ޕާޓީގެ ތެރޭގައި ބައިބައިވުން

ޓްރަމްޕްގެ ނިންމުމާ ފާާޅުގައި ދެކޮޅު ނުހަދަނީ، ކުރިއަށް އޮތް އިންތިޚާބާ މެދު ރިޕަބްލިކަން ޕާޓީ އިން ސީރިއަސްކޮށް ވިސްނަމުންދާތީ، އަދި ޓްރަމްޕް އަކީ އެ ޕާޓީ އަށް ނިސްބަތްވާ ރައީސަކަށް ވާތީ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޖޫން 2025 | ހޯމަ 08:22
ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ މެމްބަރުންނާ އެކު އޮތް ރެލީއެއްގައި ޓްރަމްޕް ވާހަކަ ދައްކަވަނީ

ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ މެމްބަރުންނާ އެކު އޮތް ރެލީއެއްގައި ޓްރަމްޕް ވާހަކަ ދައްކަވަނީ

އީރާނަށް އަމާޒުކޮށް އެމެރިކާ އިން ހަމަލާ ދިނުމަށް، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރު ކުރެއްވުމާ ގުޅިގެން، އޭނާ ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ އެތެރޭގައި ބައިބައިވުންތަކެއް އުފެދިއްޖެ އެވެ.

ޓްރަމްޕްގެ އަމުރާ އެކު، އާދީއްތަ ދުވަހުގެ ފަތިހު އެމެރިކާ އިން ވަނީ އީރާންގެ ނިއުކްލިއަރ ފެސިލިޓީ އަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފަ އެވެ. އަދި ޓްރަމްޕް ވަނީ އެކަން ރަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ. 

އެކަމާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމައުގެ ނުރުހުން އެމެރިކާ އާއި ޓްރަމްޕް އަށް އަމާޒުވެފައިވާއިރު، އެމެރިކާގެ ރައްޔިތުންގެ މެދުގައި ވެސް ވަނީ ޓްރަމްޕްގެ ނިންމެވުމާ ގުޅިގެން ނުތަނަވަސްކަން އުފެދިފަ އެވެ. އަދި އެކަމާ ދެކޮޅަށް އެމެރިކާގެ ގިނަ ރައްޔިތުން ވެސް އަންނަނީ ވާހަކަ ދައްކަމުންނެވެ.

އެމެރިކާގެ ކުރީގެ އެސިސްޓެންޓް ޑިފެންސް ސެކްރެޓަރީ ލެރީ ކޯބް ވިދާޅުވެފައި ވަނީ، އީރާނަށް ހަމަލާ ދިނުމަށް ޓްރަމްޕް ނިންމެވުމާ ގުޅިގެން ރިޕަބްލިކަން ޕާޓީގެ އެތެރޭގައި ވަނީ ބައިބައިވުން އުފެދިފަ އެވެ. 

އަލް ޖަޒީރާ އަށް ދެއްވި އިންޓަވިޔުއެއްގައި ކޯބް ވިދާޅުވެފައި ވަނީ، އެމެރިކާގެ ރައީސް ޓްރަމްޕް ދައްކަވާ ވާހަކަތަކާއި، އަދި އަމަލު ކުރައްވަމުން ގެންދަވާ ގޮތް ދިމާ ނުވާތީ ގިނަ ބަޔަކު ކަންބޮޑުވެފައިވާ ކަމަށެވެ. 

އެގޮތުން އީރާންގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ދެ ހަފުތާގެ މުއްދަތެއް ދެއްވާނެ ކަމަށް ވިދާޅުވުމަށް ފަހު، ދެ ދުވަސް ތެރޭގައި ހަމަލާ ދީފައިވާކަން ކޯބް ވަނީ ފާހަގަ ކުރައްވައިފަ އެވެ. މީގެ އިތުރުން، ޓްރަމްޕްގެ އަމުރަށް އެމެރިކާ އިން އީރާނަށް ހަމަލާ ދިނުމާ އެކު، އެ ސަރަހަައްދުގައި ތިބި އެމެރިކާގެ ސިފައިންނަށް އީރާން އިން ހަމަލާ ދީފާނެ ކަމުގެ ބިރު އޮތް ކަމަށް ވެސް ކޯބް ވިދާޅުވެފައިވެ އެވެ. 

އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޓްރަމްޕްގެ ނިންމެވުމަށް ރިޕަބްލިކަން ޕާާޓީގެ ގިނަ މެމްބަރުން ތާއީދު ނުކުރި ނަމަވެސް، އެ މެމްބަރުންގެ ތާއީދު ޓްރަމްޕް އަށް އޮންނާނެ ކަމަށެވެ. އޭގައި އޮތީ ދެ ސަބަބެއްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ފުރަތަމަ ސަބަބަކީ ޓްރަމްޕް އަކީ ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވާ ރައީސަކަށްވުން ކަމަށެވެ. އަދި ދެ ވަނަ ސަބަބަކީ ކުރިއަށް އޮތް އިންތިޚާބާ މެދު ވެސް އެ ޕާޓީ އިން ފުންކޮށް ވިސްނުން ކަމަށް އޭނާ ވިދާޅުވި އެވެ. 

އީރާން އަށް އަމާޒުކޮށް އެމެރިކާ އިން ހަމަލާ ދީފައިވާއިރު، އީރާންގެ ސަރުކާރު ވައްޓާލުމާ ގުޅޭ ގޮތުން ޓްރަމްޕް ދަައްކަވާ އެކި އެކި ވާހަަކަތަކާ ގުޅިގެން ކޯބް ވިދާޅުވީ، ޓްރަމްޕް ބޭނުން ވަނީ ދެކޮޅަށް ވެސް ކުޅުއްވަން ކަމަށެވެ. 

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
25 ޖެނުއަރީ 2017

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު