Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު

ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙް ވާދަ ކުރެއްވުމަށް އެދި އެމްޑީޕީގެ ގިނަ މެމްބަރުން ޝުއޫރު ފާޅު ކޮށްފި

ރައީސް ޞާލިޙްގެ ފަސް އަހަރުގެ ތެރޭގައި، ކޮވިޑްގެ ހާލަތު ކުރިމަތިވި އިރު ވެސް ރަށް ރަށުގައި ހިންގާފައިވާ ތަރައްޤީގެ މަޝްރޫއުތަކާއި އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ރާއްޖެ އަށް ގެންނެވި ހެޔޮ ކުރި އެރުންތައް ރައްޔިތުން ފާހަގަ ކުރޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ޖޫން 2025 | އާދީއްތަ 18:55
އެމްޑީޕީގެ މެމްބަރުން ބޭއްވި ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީގެ މެމްބަރުން ބޭއްވި ބައްދަލުވުމުގެ ތެރެއިން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި ވާދަ ކުރެއްވުމަށް ތާއީދުކޮށް އެމްޑީޕީ ގެ ގިނަ މެމްބަރުން ޝުއޫރު ފާޅު ކޮށްފި އެވެ.

ރައީސް ޞާލިޙަށް ތާއިދު ކުރާ ގިނަ އަދަދެއްގެ މެމްބަރުން އާދީއްތަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި، 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙް ވާދަ ކުރެއްވުން އެއީ އެމްޑީޕީ އަށް އިންތިޚާބު ކާމިޔާބު ކުރުމަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ޝުއޫރުފާޅު ކުރި ފަރާތްތަކުން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ކުރީގެ ވަޒީރުންނާއި، ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ގިނަ މެމްބަރުން ހިމެނޭ ގޮތުން ބޭއްވި އެ ބައްދަލުވުމުގައި ގިނަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އާއި މާލޭ ސިޓީގެ މޭޔަރު ވެސް ވަނީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ރައީސް ސާލިހް އިންތިޚާބަށް ނުކުންނެވުމުގެ މުހިންމު ކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގައި މިވަގުތު މާލޭގައި ތިއްބެވި ބައެެއް ރަށް ރަށުގެ ކައުންސިލް މެމްބަރުން ވެސް ބައިވެރިވެޑައިގަތެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ގިނަ އަދަދެއްގެ އެމްޑީޕީ މެމްބަރުން ވަނީ 2028 ގެ ރިޔާސީ އިންތިޚާބާއި އަންނަ އަހަރު އޮންނަ ކައުންސިލް އިންތިޚާބު އެމްޑީޕީ އިން ކާމިޔާބު ކުރަން ޖެހޭ ކަމަަށް ފާހަގަ ކޮށްފަ އެވެ. އަދި އިންތިޚާބު ކާމިޔާބު ކުރުމުގައި ޕާޓީގެ ލީޑަރޝިޕް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.

ރާއްޖޭގައި މިހާރު އޮތް ޑރ. މުއިއްޒުގެ ސަރުކާރުން ގައުމުގެ ކަންކަން ކުރިއަށް ގެންދާ ގޮތުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތި ތަކާއި އުނދަގޫތައް ފާހަގަ ކުރަމުން، އެމްޑީޕީގެ ހެޔޮ ވެރިކަމެއް އަލުން ރާއްޖެ އަށް ގެންނަން ޖެހޭ ކަން ބައްދަލުވުމަށް ހާޒިރުވި ފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ.

ޝުއޫރު ފާޅު ކުރި ބައެއް ފަރާތްތަކުން ބުނެފައިވަނީ، ރައީސް ޞާލިޙްގެ ފަސް އަހަރުގެ ތެރޭގައި، ކޮވިޑްގެ ހާލަތު ކުރިމަތިވި އިރު ވެސް ރަށް ރަށުގައި ހިންގާފައިވާ ތަރައްޤީގެ މަޝްރޫއުތަކާއި އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ރާއްޖެއަށް ގެންނެވި ހެޔޮ ކުރި އެރުންތައް ރައްޔިތުން ފާހަގަ ކުރާ ކަމަށެވެ.

ރައީސް ސާލިހް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ. އަދި އެމަނިކުފާނުގެ ފަރާތްޕުޅުން އަދި އިންތިޚާބަށް ކުރިމަތި ލައްވާކަން އިއުލާނު ކުރައްވާފައެއް ވެސް ނުވެއެވެ.

މީގެ ކުރިން، 2028 ގެ އިންތިޚާބުގައި ވާދަ ކުރައްވާނެތޯ ރާއްޖެޓީވީ އިން ސުވާލު ދެންނެވުން، އެކަމާ ރައީސް ޞާލިޙް ދެކޮޅު ހައްދަވާފައި ނުވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިވަގުތު އެެމަނިކުފާނު ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު