Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އީރާން ހަނގުރާމަ

އަރަބި ލީގުގެ ބައްދަލުވުމަށް އަރާގްޗީ އިސްތަންބޫލަށް

21 ޖޫން 2025 | ހޮނިހިރު 08:48

ތަސްނީމް ނިއުސް އެެޖެންސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި އަރަބި ލީގުގެ 40 އެއްހާ ޑިޕްލޮމަޓުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖޫން 2025 | ހޮނިހިރު 08:48
އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ

އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ

އަރަބި ލީގުގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށް އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ، ތުރުކީގެ އިސްތަންބޫލަށް ވަޑައިގެންފި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން މިހާރު އިސްރާއީލާއި އީރާނާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް އަރާގްޗީ އިސްތަންބޫލަށް ވަޑައިގެންފައި ވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގަ އެވެ.

ތަސްނީމް ނިއުސް އެެޖެންސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި އަރަބި ލީގުގެ 40 އެއްހާ ޑިޕްލޮމަޓުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. މި ޖަލްސާގައި އިސްރާއީލް އިން އީރާނަށް ދިން ހަމަލާއާ ގުޅޭ ގޮތުން ޚާއްސަ ގޮތެއްގައި މަޝްވަރާ ކުރެވޭނެ ކަމަށް، އަރާގްޗީއާ ހަވާލާދީ މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

އޯއައިސީގެ ބައްދަލުވުމަށް ވަޑައިގަތުމުގެ ކުރިން އަރާގްޗީ ވަނީ ޖެނީވާގައި އިނގިރޭސިވިލާތް، ފްރާންސް އަދި ޖަރުމަނުގެ ޚާރިޖީ ވަޒީރުންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ވެސް ވަނީ ހަނގުރާމައާ ގުޅޭ ގޮތުން ޤައުމު ތަކުގެ ޚާރިޖީ ވަޒީރުންނާ އެކު މަޝްވަރާ ކޮށްފަ އެވެ.

އީރާން އިން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، އިސްރާއީލް އިން އެ ޤައުމަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. އޭގެ ބަދަލުގައި އީރާނުން ވެސް އަންނަނީ އިސްރާއީލަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

އެކަމާ ގުޅިގެން މި ފަހުން ވެސް އަރާގްޗީ ވިދާޅުވެފައި ވަނީ، އިސްރާއީލްގެ އަނިޔާވެރިކަން ހުއްޓާލައިފި ނަމަ، އީރާނުން ޑިޕްލޮމަޓިކް މަޝްވަރާތަކަށް ތައްޔާރަށް ތިބި ކަމަށެވެ. 

ތުރުކީގެ އަނަދޮލު ނިއުސް އޭޖެންސީ އިން ބުނެފައިވާ ގޮތުގައި، އޯއައިސީގެ މި ޖަލްސާ ނިމުމުން އޯއައިސީގެ ފަރާތުން ބަޔާނެއް ނެރޭނެ އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

30 އޮކްޓޯބަރު 2017

ސައުދީ އަރަބިއްޔާގެ އަންހެނުނަށް ސްޓޭޑިއަމްތަކަށް ވަންނަން ހުއްދަކުރަނީ

30 އޮކްޓޯބަރު 2017
ސައުދީ އަރަބިއްޔާގެ އަންހެނުނަށް ސްޓޭޑިއަމްތަކަށް ވަންނަން ހުއްދަކުރަނީ
25 އޮކްޓޯބަރު 2017

ސައުދީ އަރަބިއާ ހުރިހާ ދީންތަކަށް ހުޅުވާލަނީ

25 އޮކްޓޯބަރު 2017
ސައުދީ އަރަބިއާ ހުރިހާ ދީންތަކަށް ހުޅުވާލަނީ
19 އޮކްޓޯބަރު 2017

ސައުދީ އަރަބިއްޔާއިން ގަތަރުގެ ވެރިކަން ބަދަލުކުރަން އުޅުނު:ގަތަރު

19 އޮކްޓޯބަރު 2017
ސައުދީ އަރަބިއްޔާއިން ގަތަރުގެ ވެރިކަން ބަދަލުކުރަން އުޅުނު:ގަތަރު
20 އޯގަސްޓު 2017

އަލް އަރަބިއާއިން ދެއްކި ރިޕޯޓްގެ މައްސަލަ ޤަތަރުން އައިކާއޯއަށް ހުށަހަޅައިފި

20 އޯގަސްޓު 2017
އަލް އަރަބިއާއިން ދެއްކި ރިޕޯޓްގެ މައްސަލަ ޤަތަރުން އައިކާއޯއަށް ހުށަހަޅައިފި
16 އޯގަސްޓު 2017

ސައުދީ އަރަބިއްޔާ އާއި އިރާގާ ގުޅިފައިވާ "އަރާރް ބޯޑަރު" ސައުދީން ހުޅުވާލަނީ

16 އޯގަސްޓު 2017
ސައުދީ އަރަބިއްޔާ އާއި އިރާގާ ގުޅިފައިވާ "އަރާރް ބޯޑަރު" ސައުދީން ހުޅުވާލަނީ
17 ޖުލައި 2017

ސައުދީ އަރަބިއްޔާގައި މިނީ ސްކާޓެއްލައިގެން އަންހެން ކުއްޖަކު އުޅެނިކޮށް ފެންނަ ޥީޑިއޯއެއް ތަހުގީގު ކުރަނީ

17 ޖުލައި 2017
ސައުދީ އަރަބިއްޔާގައި މިނީ ސްކާޓެއްލައިގެން އަންހެން ކުއްޖަކު އުޅެނިކޮށް ފެންނަ ޥީޑިއޯއެއް ތަހުގީގު ކުރަނީ
15 ޖޫން 2017

ފިތުރު އީދު ޗުއްޓީ ސައުދީ އަރަބިއްޔާގައި ފެށިއްޖެ

15 ޖޫން 2017
ފިތުރު އީދު ޗުއްޓީ ސައުދީ އަރަބިއްޔާގައި ފެށިއްޖެ
06 ޖޫން 2017

އަރަބި ހަ ގައުމަކުން ގަތަރާ ގުޅުން ކަނޑާލިއަސް އެމެރިކާގެ ތައުރީފު ގަތަރަށް!

06 ޖޫން 2017
އަރަބި ހަ ގައުމަކުން ގަތަރާ ގުޅުން ކަނޑާލިއަސް އެމެރިކާގެ ތައުރީފު ގަތަރަށް!
05 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލި އަރަބި ގައުމުތަކުގެ އަދަދު ހަޔަކަށް!

05 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލި އަރަބި ގައުމުތަކުގެ އަދަދު ހަޔަކަށް!
28 މެއި 2017

ޖީ7 ގެ ބައްދަލުވުމަށްފަހު މޫސުމީ މައްސަލަތަކުގައި އެމެރިކާ ނިންމާނެ ގޮތެއްގެ އިންތިޒާރުގައި

28 މެއި 2017
ޖީ7 ގެ ބައްދަލުވުމަށްފަހު މޫސުމީ މައްސަލަތަކުގައި އެމެރިކާ ނިންމާނެ ގޮތެއްގެ އިންތިޒާރުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް