Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖީ7 ގެ ބައްދަލުވުން

ޖީ7 ގެ ބައްދަލުވުމަށްފަހު މޫސުމީ މައްސަލަތަކުގައި އެމެރިކާ ނިންމާނެ ގޮތެއްގެ އިންތިޒާރުގައި

ޖީ 7 ގެ ދެންތިބި މެމްބަރުން ތިބީ ނުތަނަވަސްކަމެއްގެ ތެރޭގަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 28 މެއި 2017 | އާދީއްތަ 10:58
ރައީސް ޓްރަމްޕްވަނީ ޕެރިސް އެކޯޑަށް އަމަލު ކުރެއްވުމާ ބެހޭގޮތުން ޔަގީންކަން ދެއްވުމަކާ ނުލައި ބައްދަލުވުމުން ނުކުމެ ވަޑައިގެންފަ

ރައީސް ޓްރަމްޕްވަނީ ޕެރިސް އެކޯޑަށް އަމަލު ކުރެއްވުމާ ބެހޭގޮތުން ޔަގީންކަން ދެއްވުމަކާ ނުލައި ބައްދަލުވުމުން ނުކުމެ ވަޑައިގެންފަ

މޫސުމަށް ބަދަލު އަންނަ މިންވަރު ކުޑަކުރުމަށް ދުނިޔެއިން ގުޅިގެން ކަންތައްތަކެއް ކުރުމަށް ވެފައިވާ އެއްބަސްވުމުގެ ތެރެއިން އެމެރިކާ ނުކުތުމާމެދު ކުރިޔަށް އޮތް ހަފްތާގައި ގޮތެއް ނިންމާނެ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެއްބަސްވުމަށް އަމަލުކުރުމަށް އެމެރިކާގެ އެކުވެރި ގައުމުތަކުން ކުރިމަތިކުރުވަމުން ދިއަ ފިއްތުން ތަކަށް ޖަވާބު ދެއްވުމުގެ ގޮތުން ޓްރަމްޕްވަނީ ދެ ކޮނޑުފުޅު އަރުވާ ލައްވާފައެވެ.

އެމެރިކާގާ ރައީސް ވަނީ ޕެރިސް އެކޯޑަށް އަމަލު ކުރުމާމެދު ވޮޝިންގޓަނަށް ވަޑައިގަތުމަށްފަހު ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ.

ރައީސް ޓްރަމްޕްވަނީ ސިސިލީގައި ބޭއްވި ޖީ 7 ގެ ބައްދަލުވުމުގައި ޕެރިސް އެކޯޑަށް އަމަލު ކުރެއްވުމާ ބެހޭގޮތުން ޔަގީންކަން ދެއްވުމަކާ ނުލައި ހޮނިހިރު ދުވަހު ބައްދަލުވުމުން ނުކުމެ ވަޑައިގެންފައެވެ.

ރައީސް ޓްރަމްވަނީ މީގެ ކުރިންވެސް އެ އެއްބަސްވުން ދޫކޮށްލައްވާނެ ކަމަށް ވިދާޅުވެފަައެވެ.

މޫސުމީ ބަދަލުތަކަކީ ޚިޔާލީ ވާހަަކަތަކެއްކަމުގައި ރައީސް ޓްރަމްޕް ސިފަކުރައްވާފައިވާއިރު މިއީ އެމަނިކުފާނުގެ ނިންމުން ކަން އެމަނިކުފާނުގެ އަރިހުގައި އުޅުއްވާ ފަރާތްތަކުގެ ކިބައިން އިޝާރާތް ވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕެރިސް އެގްރީމެންޓާމެދު ޓްރަމްޕް ނިންމަވާފައިވާ ގޮތާއެކު ޖީ 7 ގެ ދެން ތިބި މެމްބަރުން ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

ޕެރިސް އެގްރީމަންޓަކީ ދުނިޔޭގެ ހޫނުމިން މައްޗަށްދާ އެވްރެޖް މިންވަރު 2 ޑިގްރީ ސެލްސިއަސްއަށްވުރެ ދަށުގައި ބެހެެއްޓުމަށް ދުނިޔޭގެ ގައުމުތަކުން 2015 ވަނަ އަހަރު ވީ އެއްބަސްވުމެކެވެ. މިއީ ދުނިޔޭގެ ހުރިހާ ގައުމަކުން މިފަދަ އެއްބަސްވުމަކަށް އެއްބަސްވި ފުރަތަމަ ފަހަރެވެ.

ދުނިޔޭގެ ހޫނުމިން މައްޗަށްދާ އެވްރެޖް މިންވަރު ކުޑަކުރުމަށް ދުނިޔޭގެ ގައުމުތަކުން ވަނީ ކާބަން ބޭރުކުރާ މިންވަރު މަދުކުރުމަށް އެއްބަސްވެފައެވެ.

ސިސިލީގައި ބޭއްވި ޖީ 7 ނުވަތަ އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ 7 ގަައުމުގެ ބައްދަލުވުމަކީ ރައީސް ޓްރަމްޕް ބައިވެރިވެ ވަޑައިގެންނެވި ޖީ 7ގެ ފުރަތަމަ ބައްދަލުވުން ކަމަށްވާއިރު މޫސުމީ ބަދަލުތަކާމެދު އެމަނިކުފާނު ގެންގުޅުއްވި އެޓިޓިއުޑަކީ ސަމިޓްގައި ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުންކަން ފާހަގަކުރެވިފައިވެއެވެ.

ޓްރަމްޕްގެ އަމަލުފުޅާ ގުޅިގެން އެންމެ ހިތްޕުޅު ހަމަޖެހިވަޑައިނުގެން ލީޑަރަކީ ޖަރުމަނުގެ ޗާންސެލަރ އަންގެލާ މާކެލްއެވެ.

" ވަރަށް ހިތްހަމަ ނުޖެހެޔޭ ނުބުނަންޔާ ބުނެވޭނީ މޫސުމީ ބަދަލުތަކާ ބެހޭގޮތުން ގެންދިއަ މަޝްވަރާތައް ވަރަށް އުނދަގުލޭ" މާކެލް ވިދާޅުވިއެވެ.

އެމެރިކާއިން އެ އެއްބަސްވުމުން ބޭރުވާން ނިންމާ ހިސާބުން ކުދި ބައެއް ގައުމުތަކުން އެ ނިންމުމާއެއް ގޮތަށް އަމަލުކޮށްފާނެ ކަމުގެ ބިރުވަނީ ހީވެފައެވެ.

އެމެރިކާއިން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް އީޔޫއާއި އިންޑިއާއާއި ޗައިނާއިން ބުނެފައިވަނީ އެ ފަރާތްތަކުން ޕެރިހުގައިވީ އެއްބަސްވުމުގެ މަތީގައި ދެމިތިބޭނެ ކަމަށެވެ.

މީގެ އިތުރުން އެމެރިކާ ބައެއް ސިޓީތަކުންވެސް ބުނެފައިވަނީ ޓްރަމްޕްގެ ސަރުކާރުގެ އެއްވެސް ތާއީދެއްނެނުލިބުނަސް އެ އެއްބަސްވުން ތަންފީޒު ކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު