Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ގަތަރު

އަރަބި ހަ ގައުމަކުން ގަތަރާ ގުޅުން ކަނޑާލިއަސް އެމެރިކާގެ ތައުރީފު ގަތަރަށް!

ގަތަރަކީ އެމެރިކާގެ ބޮޑު މިލިޓަރީ ވައިގެ ބޭސްއެއް ކަމަށްވާ އަލް-އުދެއިދު އެއާބޭސް އޮންނަ ގައުމު

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 6 ޖޫން 2017 | އަންގާރަ 09:04
އަލް-އުދެއިދު އެއާބޭސްއަކީ ސަރަހައްދުގައި، ވައިގެ މަގުން އިރާގު އަދި ސީރިޔާގައި ތިބޭ އައިއެސްގެ ހަނގުރާމަވެރިންނާ ކުރާ ހަނގުރާމަ ރާވާ ހިންގާ މައިތަން

އަލް-އުދެއިދު އެއާބޭސްއަކީ ސަރަހައްދުގައި، ވައިގެ މަގުން އިރާގު އަދި ސީރިޔާގައި ތިބޭ އައިއެސްގެ ހަނގުރާމަވެރިންނާ ކުރާ ހަނގުރާމަ ރާވާ ހިންގާ މައިތަން

ގަތަރަކީ "ދެމެހެއްޓެނެވި ގޮތެއްގައި ސަރަހައްދުގެ ސަލާމަތަށް މަސައްކަތް ކުރާ" ގައުމެއް ކަމަށް ބުނެ އެމެރިކާގެ އަސްކަރިއްޔާ އިން ގަތަރަށް ތައުރީފުކޮށްފިއެވެ.

ގަތަރާ މެދު އޮންނަ ޑިޕްލޮމެޓިކް ގުޅުން އަރަބި ހަ ގައުމަކުން ކަނޑާލާފައިވާއިރު އަދި މިކަމުގެ ސަބަބުން ގަލްފު ސަރަހައްދަށް ޑިޕްލޮމެޓިކް "ކާރިސާ"އެއް ކުރިމަތިވެފައިވާއިރު، އެމެރިކާ އިން ބުނީ ގަތަރުގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭސްއެއް ކަމަށްވާ އަލް-އުދެއިދް ބޭސްގެ އެއްވެސް އޮޕަރޭޝަނަކަށް ބުުރުލެއް ނާރާނެ ކަމަށެވެ.

އެމެރިކާގެ އަސްކަރިއްޔާގެ "އެއާ ފޯސަސް ސެންޓްރަލް ކޮމާންޑް" ގެ ތަރުޖަމާނު ލެފްޓެނެންޓް ކާނަލް ޑެމިއަން ޕިކްކާޓް ވިދާޅުވީ ގަތަރުގައި ހުންނަ މިލިޓަރީ ބޭސް އަށް އެއްވެސް އަސަރެއް ނުކުރާ ކަމަށާއި ހުރިހާ ފްލައިޓެއް ވެސް ޝެޑިއުލް ކުރެވިފައިވާ ގޮތަށް ކުރިއަށް ދާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ "އެމެރިކާ، އިސްލާމިކް ސްޓޭޓް (އަައިއެސް)އާ ދެކޮޅު އިރާގާއި އަދި އެމެރިކާ އިން އިސްވެ އުފައްދާފައިވާ ކޯލިޝަނުން ވާގިވެރިވާ ސީރިޔާ އިން"، ގަތަރުގައި އެމެރިކާގެ އަސްކަރިއްޔާ އިން ތިބޭ ތިބުމަށް، ގަތަރުން ދޭ އެއްބާރުލުމަށް އަބަދުވެސް ޝުކުރުވެރިވާ ކަމަށާއި އަދި ގަތަރު ސަރަހައްދުގެ ސަލާމަތްތެރިކަމަށްޓަކައި ދޭ އަހްމިއްޔަތު ކަމަށް ވެސް ޝުކުރުވެރިވާ ކަމަށެވެ. ޕިކްކާޓް ވިދާޅުވީ އެމެރިކާގެ އަސްކަރިއްޔާ ނުވަތަ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް އިން ގަތަރާ މެދު އަމަލު ކުރާ އުސޫލަށް ބަދަލެއް ނާންނާނެ ކަމަށެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް އެމެެރިކާ ގެ އަސްކަރިއްޔާގެ އޮފިޝަލަކު އަލްޖަޒީރާ އަށް ވިދާޅުވީ މިލިޓަރީ ނަޒަރިއްޔާތަކުން ބަލާއިރު، މިހާރު ލިބެމުންދާ ޚަބަރުތަކުން އެއްވެސް އަސަރެއްް ނުކުރާ ކަމަށެވެ.

އެމެރިކާގެ ބޮޑު މިލިޓަރީ ވައިގެ ބޭސްއެއް ކަމަށްވާ އަލް-އުދެއިދުގައި 10،000 އެމެރިކާ ސިފައިން ތިބެއެވެ. ގަލްފު ހަނގުރާމަ 1991 ގައި ނިމުމަށްފަހު އެމެރިކާ އާއި ގަަތަރުން ވަނީ ދެގައުމުގެ މެދުގައި އަސްކަރީ އެއްބާރުލުން ދޭ އެގްރީމެންޓެއްގައި ސޮއކޮށްފައެވެ. މި އެގްރީމެންޓާއި ގުޅިގެން ދެގައުމުގެ އަސްކަރީ ގުޅުން ވަނީ ވަރުގަދަވެފައެެެވެ.

2003 ގައި އެމެރިކާގެ އަސްކަރިއްޔާ އިން، ސައުދީ އަރަބިއްޔާގައި ހުންނަ "ޕްރިންސް ސަލްޓަން އެއާފޯސް ބޭސް" އިން ގަތަރުގެ ބޭސްއަށް ވަނީ ބަދަލުވެފައެެވެ.

ގަތަރުން ޓެރަރިޒަމަށް ހިއްވަރު ދޭ ކަމަށް ބުނެ ގަތަރާއި އޮންނަ ޑިޕްލޮމިޓިކް ގުޅުން އަރަބި ހަ ގައުމަކުން ހޯމަ ދުވަހު ކަނޑާލައިފައިވާ އިރު އެ ހަ ގައުމުތަކަކީ ސައުދީ އަރަބިއްޔާ، ޔޫއޭއީ، މިސްރު، ބަހްރައިން, ޔަމަން އަދި ލީބިޔާ އެވެ.

ގަތަރާ ގުޅުން ކަނޑާލި ގައުމުތަކުން ބުނާގޮތުން ގަތަރު ދަނީ ހަނގުރާމަވެރި ޖަމާއަތްތައް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް)، އަލް ގައިދާ އަދި މުސްލިމު ބްރަދާހޫޑް ފަދަ ޖަމާއަތްތަކަށް ވާގިވެރިވަމުންނެވެ.

ގަތަރާއެކު އޮންނަ ގުޅުން ބައެއް އަރަބި ގައުމުތަކުން ކަނޑާލުމާއި ގުޅިގެން، ގަތަރުގެ ފޮރިން މިނިސްޓްރީން ބުނީ ގަތަރާމެދު އެ ގައުމުތަކުން ކަންކުރި ގޮތަކީ އެގައުމުތަކަށް މަގްބޫލު ސަބަބެއް ދެއްކޭނެ ކަމެއް ނޫން ކަމަށާއި އަދި ގަަތަރާއި މެދު ދައްކާ ވާހަކަތަކަކީ ހަގީގަތާ ހިލާފު އަދި ހީތަކެއްގެ މައްޗަށް ދައްކާ ވާހަކަތަކެއް ކަަމަށެވެ. ގަަތަރުގެ ބަޔާނުގައި އިތުރަށް ބުނީ މިހާރު ހިނގާ ކަންކަމުން ދޭހަވެގެން ދަނީ ގަތަރުގެ ދައުލަތް ނިކަމެތިކޮށްލަން މަސައްކަތް ކުރާ ކަން ކަމަށެވެ.

އިތުރަށް ކިޔާލަން

13 ޖޫން 2017

ޕެނަމާއިން ޓައިވާނާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި

13 ޖޫން 2017
ޕެނަމާއިން ޓައިވާނާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
12 ޖޫން 2017

އިޓަލީން ޤަތަރާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެއްބަސްވެއްޖެ

12 ޖޫން 2017
އިޓަލީން ޤަތަރާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެއްބަސްވެއްޖެ
12 ޖޫން 2017

ގަތަރާ މެދު އުފެދިފައިވާ ދެބަސްވުންތައް ހައްލު ކުރެއްވޭތޯ ނަވާޒް ޝަރީފް ސައުދީއަށް

12 ޖޫން 2017
ގަތަރާ މެދު އުފެދިފައިވާ ދެބަސްވުންތައް ހައްލު ކުރެއްވޭތޯ ނަވާޒް ޝަރީފް ސައުދީއަށް
12 ޖޫން 2017

ގުޅުން ކަނޑާލި ގައުމުތަކުގެ ރައްޔިތުންނަށް ވެސް ގަތަރުގައި ތިބެވޭނެ ކަމަށް ބުނެފި

12 ޖޫން 2017
ގުޅުން ކަނޑާލި ގައުމުތަކުގެ ރައްޔިތުންނަށް ވެސް ގަތަރުގައި ތިބެވޭނެ ކަމަށް ބުނެފި
08 ޖޫން 2017

ގަތަރާމެދު އިގްތިސޯދީ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޔޫއޭއީ އިން ދީފި

08 ޖޫން 2017
ގަތަރާމެދު އިގްތިސޯދީ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޔޫއޭއީ އިން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު