Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީގައި އަންހެނުންގެ ހައްގު

ސައުދީ އަރަބިއްޔާގައި މިނީ ސްކާޓެއްލައިގެން އަންހެން ކުއްޖަކު އުޅެނިކޮށް ފެންނަ ޥީޑިއޯއެއް ތަހުގީގު ކުރަނީ

މި ފްޓޭޖްގެ ވާހަކަ ސައުދީ އަރަބިއްޔާގެ ސޯޝަލް މީޑިއާގައިވަނީ ހޫނު ބަހުސަކަށްވެފަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 17 ޖުލައި 2017 | ހޯމަ 20:57
 މި ފްޓޭޖްގެ ވާހަކަ ސައުދީ އަރަބިއްޔާގެ ސޯޝަލް މީޑިއާގައިވަނީ ހޫނު ބަހުސަކަށްވެފަ

މި ފްޓޭޖްގެ ވާހަކަ ސައުދީ އަރަބިއްޔާގެ ސޯޝަލް މީޑިއާގައިވަނީ ހޫނު ބަހުސަކަށްވެފަ

ސައުދީ އަރަބިއްޔާގެ ޒުވާން އަންހެން ކުއްޖަކު މިނީ ސްކާޓަކާއި ކޮރްޕް ޓޮޕެއްލައިގެން ޢާއްމުތަނެއްގައި ހުރި ވީޑިއޯއެއް އޭނާ އަމިއްލައަށް ޕޯސްޓް ކުރުމުން އެ ގައުމުގެ އިދާރާތަކުން އެކަން ތަހުގީގުކުރަން ފަށައިފިއެވެ.

"ޚުލޫދް" ނަމަކަށް ކިޔާ މޮޑެލް ޝެއަރ ކޮށްފައިވާ ކްލިޕަކީ އުޝައިޤިރްގައި ހުންނަ ގަދީމީ އިމާރާތެއްކައިރީގައި އޭނާ ހިނގާ މަންޒަރެވެ.

މި ފްޓޭޖްގެ ވާހަކަ ސައުދީ އަރަބިއްޔާގެ ސޯޝަލް މީޑިއާގައިވަނީ ހޫނު ބަހުސަކަށްވެފައެެވެ. ސައުދީގައި އޮންނަ ހެދުން އެޅުމުގެ އިސްލާމީ މިންގަނޑާ ޚިލާފްވެފައިވާތީ އޭނާ ހައްޔަރުކުުރުމަށްވެސް އެއްބަޔަކު ގޮވާލާފައިވެއެވެ.

ބައެއް ފަރާތްތަކުންވަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކައި އޭނާގެ ހިތްވަރު ގަދަކަމަށް ބުނެ ތައުރީފް ކޮށްފައެވެ.

ސައުދީ އަރަބިއްޔާގެ އަންހެނުން ލާންޖެހެނީ ދޫކޮށް މުޅި އިސްކޮޅަށް ފަހާފައި ހުންނަ އަބާޔާ އެވެ. އެއާއެކު އާއްމު ތަންތާގައި ބުރުގާ އަޅަންޖެހޭނެއެވެ.

ހަފްތާ ބަންދުގައި ސްނެޕް ޗެޓްގައި އާއްމުކޮށްފައިވާ މި ވީޑިއޯއިން ފެންނަ ގޮތުގައި ޚުލޫދު ފެންނަނީ ވެރިރަށް ރިޔާޒުގެ އުތުރުން 155 ކިލޯ މީޓަރު ދުރުގައި ނަޖްދު ޕްރޮވިންސްގައި އޮންނަ ތަރިކައިގެ ގޮތުގައި ރައްކާތެރިކުރެވިފައިވާ އުޝައިޤިރް އަވަށުގެ ހުސް މަގެއްގައި ހިނގާ މަންޒަރެވެ.

ނަޖްދް އަކީ ސައުދީ އަރަބިއްޔާގެ އެންމެ ގަދީމީ އެއް ސަރަހައްދެވެ.

އެއީ 18 ވަނަ ގަރުނުގެ ތެރޭގައި ވައްހާބިޒަމް ފެށިގެން އައިތަނެވެ.

ޓްވިޓަރގައި މި ވާހަކަ ހޫނު ބަހުސަކަށް ވެފައިވާއިރު ދިފާއުގައި ވާހަކަ ދައްކާ ބައެއް ފަރާތްތަކުންވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެއި މަހު ސައުދީއަށް ޒިޔާރަތްކުރެއްވިއިރު ރައީސް ޓްރަމްޕްގެ އަނބިކަނބަލުން މެލަނިއާ ޓްރަަމްޕް އަދި ދަރިކަނބަލުން އިވަންކާ ޓްރަމްޕްވެސް އަބާޔަ ނުވަތަ ބުރުގާއެއްވެސް ތުރު ނުކުރައްވާކަމަށް ބުނެފައެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
26 ފެބުރުއަރީ 2017

އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

26 ފެބުރުއަރީ 2017
އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު