Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޤަތަރުގެ މައްސަލަ

އަލް އަރަބިއާއިން ދެއްކި ރިޕޯޓްގެ މައްސަލަ ޤަތަރުން އައިކާއޯއަށް ހުށަހަޅައިފި

އެ ޤަތަރުގެ ޤައުމީ އެއާލައިނުން ދަތުރުކުރާ ފަރާތްތަކަށް ބިރު ދެއްކުމުގެ ގޮތުން ހިންގާފައިވާ އަމަލެއް: ޤަތަރު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 20 އޯގަސްޓު 2017 | އާދީއްތަ 03:29
އަލް އަރަބިއާއިން ދެއްކި ރިޕޯޓްގެ މަންޒަރެއް

އަލް އަރަބިއާއިން ދެއްކި ރިޕޯޓްގެ މަންޒަރެއް

ސައުދީ އަރަބިއާގެ އަސްކަރިއްޔާގެ ފައިޓަރ ޖެޓަކުން، ޤަތަރު އެއާވޭޒްގެ ފްލައިޓަކަށް މިސައިލް ހަމަލާއެއް ދޭ މަންޒަރު ރަމްޒުކޮށްދީ، ސައުދީގެ އަލް އަރަބިއާ ޓީވީން ދެއްކި ރިޕޯޓްގެ މައްސަލަ ޤަތަރުން، އދ ގެ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާ، އިންޓަރނޭޝާނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އަށް ހުށަހަޅައިފިއެވެ.

ޤަތަރުން އައިކާއޯއަށް ހުށަހެޅި މި މައްސަލައިގައި ބުނެފައިވަނީ، އަލް އަރަބިއާ ޓީވީން ދެއްކި ރިޕޯޓަކީ، ޤަތަރުގެ ޤައުމީ އެއާލައިނުން ދަތުރުކުރާ ފަރާތްތަކަށް ބިރު ދެއްކުމުގެ ގޮތުން ހިންގާފައިވާ އަމަލެއް ކަމަށެވެ.

ޤަތަރުން ހުށަހެޅި މައްސަލައިގައި އިތުރަށް ބުނެފައިވަނީ، ސައުދީ އިސްވެ އޮވެ، ޤަތަރާއި ދެކޮޅަށް ހިޞާރު ކުރުމުގެ ފިޔަވަޅުތަކެއް އަޅައިގެން އުޅޭ ޤައުމުތަކުން، ޤަތަރު އެއާވޭޒްގެ ފްލައިޓަކަށް ހަމަލާދީ ވައްޓާލާ މަންޒަރު ދައްކައިދޭ މަންޒަރުތަކެއް ޓީވީން ދެއްކުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޚިލާފުވުން ކަމަށެވެ.

އެގޮތުން، 1944 ގެ ޝިކާގޯ ކޮންވެންޝަނާއި، އިންޓަރނޭޝަނަލް އެއާ ޓްރެފިކް ސަރވިސް އެގްރީމެންޓާއި، އިންޓަރނޭޝަނަލް އެއާ ލޯ ގެ އިތުރުންވެސް ބައިނަލްއަޤުވާމީ އެކި މުއަހަދާތަކާއި އެ ރިޕޯޓް ޚިލާފުވާކަމަށް ޤަތަރުން ވަނީ ބުނެފައެވެ.

ޤަތަރުން ހުށަހެޅި މައްސަލައިގައި އެދިފައިވަނީ، އެ ޤައުމެއްގެ ވައިގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ ޤައުމެއްގެ ޒިންމާއެއްކަން ހުރިހާ މެންބަރު ޤައުމުތަކަށް ހަނދާން ކޮށްދިނުމަށެވެ.

އޯގަސްޓް 9 ވަނަ ދުވަހު އަލް އަރަބިއާއިން ދެއްކި ރިޕޯޓްގައި ބުނެފައިވަނީ ޤައުމެއްގެ ވައިގެ ސަރަޙައްދަށް ވަންނަ އުޅަނދަކީ ނުރައްކަލެއް ކަމަށް ބަލައި އެ އުޅަނދެއް ވައްޓައިލުމުގެ ބާރު، ބައިނަލްއަޤުވާމީ ޤާނޫނުތަކުން ކޮންމެ ޤައުމަކަށްވެސް ލިބޭ ކަމަށެވެ.

މި ރިޕޯޓްގައި ހިމަނާފައިވާ އެނިމޭޝަނުން ފެންނަނީ، ސައުދީ އަރަބިއާގެ އަސްކަރިއްޔާގެ ފައިޓަރ ޖެޓަކުން، ޤަތަރު އެއާވޭޒްގެ ފްލައިޓަކަށް މިސައިލް ހަމަލާއެއް ދޭ މަންޒަރެވެ.

މީގެ އިތުރުން ޤައުމެއްގެ ވައިގެ ސަރަޙައްދަށް ވަންނަ އުޅަނދަކީ ނުރައްކަލެއް ކަމަށް ބަލައި، އެ އުޅަނދުގެ ދަތުރު ހުއްޓުވައި، އޭގައި ތިބި ފަޅުވެރިންނާއި ދެކޮޅަށް ދައުވާ ކުރުމުގެ ބާރުވެސް ބައިނަލްއަޤުވާމީ ޤާނޫނުތަކުން ކޮންމެ ޤައުމަކަށްވެސް ލިބޭ ކަމަށެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ
24 ފެބުރުއަރީ 2017

ސީރިޔާގެ އަލްބާބު "ފްރީ ސީރިއަން" އާމީގެ އަތްދަށަށް

24 ފެބުރުއަރީ 2017
ސީރިޔާގެ އަލްބާބު "ފްރީ ސީރިއަން" އާމީގެ އަތްދަށަށް
24 ފެބުރުއަރީ 2017

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
22 ފެބުރުއަރީ 2017

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު