Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގަތަރު

ގަތަރާ ގުޅުން ކަނޑާލި އަރަބި ގައުމުތަކުގެ އަދަދު ހަޔަކަށް!

ގަތަރުން ބުނެފައި ގަތަރުވެފައި ވަނީ ބަޔަކު ކުރަމުންދާ ދޮގުވެރިކަމުގެ ކޭމްޕެއިނެއްގެ ޝިކާރައަކަށް ކަމަށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 5 ޖޫން 2017 | ހޯމަ 14:49
ގަތަރަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ މުއްސަނދި ގައުމެއް

ގަތަރަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ މުއްސަނދި ގައުމެއް

ގަތަރުން ޓެރަރިޒަމަށް ހިއްވަރު ދޭ ކަމަށް ބުނެ ގަތަރާއި އޮންނަ ޑިޕްލޮމިޓިކް ގުޅުން އަރަބި ހަ ގައުމަކުން ކަނޑާލައިފިއެވެ.

ގަތަރާ ގުޅުން ކަނޑާލި ހަ ގައުމަކީ ސައުދީ އަރަބިއްޔާ، ޔޫއޭއީ، މިސްރު، ބަހްރައިން, ޔަމަން އަދި ލީބިޔާ އެވެ. މިގައުމުތަކުން ބުނެފައި ވަނީ އެއްގަމާއި، ވަޔާއި، ކަނޑުމަގުން ވެސް ގަތަރާ ގުޅުން ކަނޑާލަން ނިންމައިފި ކަމަށާއި އަދި އެގައުމުތަކުގައި ތިބި ގަތަރުގެ ޑިޕްލޮމެޓުން ވެސް ގައުމު ދޫކޮށް ދިޔުމަށް އަންގާފައިވާ ކަމަށެވެ. ޔަމަނުގައި ހަނގުރާމަ ކުރަމުންދާ، ސައުދީ އިސްވެ އޮވެގެން އުފައްދާފައިވާ ކޯލިޝަނުން ވެެސް ގަތަރު ވަނީ ވަކިކޮށްފައެވެ.

ބައިނަލްއަގްވާމީ ދުނިޔެއިން ވާގިވެރިވާ ޔަމަނުގެ ސަރުކާރު، އެހެން ނަަމަވެސް އެގައުމުގެ ވެރިރަށާއި އަދި ގައުމުގެ ބޮޑުބައިގައި ކޮންޓްރޯލް ނެތް ސަރުކާރާއި އަދި ލީބިޔާގެ އިރުމަތީގައި ގާއިމުވެފައިވާ ސަރުކާރުންވެސް ގަތަރާއި ގުޅުން ކަނޑާލާފައިވާއިރު، މިހާރު ދިމާވެފައިވާ މި ހާލަތަކީ ގަލްފު ސަރަހައްދުގައި މިފަހުގެ އަހަރުތަކުގައި ހިނގައި ދިޔަ އެންމެ ސީރިއަސް މައްސަލައެވެ.

ގަތަރާ ގުޅުން ކަނޑާލި ގައުމުތަކުން ބުނާގޮތުން ގަތަރު ދަނީ ހަނގުރާމަވެރި ޖަމާއަތްތައް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް)، އަލް ގައިދާ އަދި މުސްލިމު ބްރަދާ ހޫޑް ފަދަ ޖަމާއަތްތަކަށް ވާގިވެރިވަމުންނެވެ.

ސައުދީ އަރަބިއްޔާ އިން ބުނެފައި ވަނީ ގަތަރާއި ގުޅުން ކަނޑާލަން ނިންމީ ސަރަހައްދުގައި ހަމަނުޖެހުން އުފައްދާ ޓެރަރިސްޓް އަދި ވަކިވެގަންނަން މަސައްކަތް ކުރާ ޖަމާއަތްތަކަށް ވާގިވެރިވާތީއެެވެ. އެފަދަ ޖަމާއަތްތަކުގެ ތެރޭގައި އައިއެސް އަދި އަލްގައިދާ ފަދަ ޖަމާއަތްތައް ހިމެނޭ ކަމަށް ސައުދީން ބުނެއެވެ.

މިސްރުން ވެސް ބުނެފައި ވަނީ ގަތަރު ޓެރަރިސްޓް ޖަމާއަތްތަކަށް ހިއްވަރުދޭ ގައުމެއް ކަމަށެވެ. ބަހްރައިން އިން ބުނެފައި ވަނީ ގަތަރުން ޓެރަރިސްޓް ހަރަކާތްތަކަށް ހިއްވަރުދޭ ކަމަށާއި އަދި ގަތަރުން އިރާނާއި ގުޅިފައިވާ ގްރޫޕްތަކަށް ފަންޑުކޮށްގެން ބަހްރައިން ގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާ ކަމަށެވެ.

ގަތަރާއެކު އޮންނަ ގުޅުން ބައެއް އަރަބި ގައުމުތަކުން ކަނޑާލުމާއި ގުޅިގެން، ގަތަރުގެ ފޮރިން މިނިސްޓްރީން ބުނީ ގަތަރާމެދު އެ ގައުމުތަކުން ކަންކުރި ގޮތަކީ އެގައުމުތަކަށް މަގްބޫލު ސަބަބެއް ދެއްކޭނެ ކަމެއް ނޫން ކަމަށާއި އަދި ގަަތަރާއި މެދު ދައްކާ ވާހަކަތަކަކީ ހަގީގަތާ ހިލާފު އަދި ހީތަކެއްގެ މައްޗަށް ދައްކާ ވާހަކަތަކެއް ކަަމަށެވެ. ގަަތަރުގެ ބަޔާނުގައި އިތުރަށް ބުނީ މިހާރު ހިނގާ ކަންކަމުން ދޭހަވެގެން ދަނީ ގަތަރުގެ ދައުލަތް ނިކަމެތިކޮށްލަން މަސައްކަތް ކުރާ ކަން ކަމަށެވެ.

ގަލްފް ސަރަހައްދުގެ ނުތަނަވަސްކަމާއި ގުޅިގެން ސަރައްދުގެ ވައިގެ ދަތުުރުފަތުރަށް ވަނީ ބުރޫއަރާފައެވެ. ސަރަހައްދުގެ ލޯންގް-ހޯލް ދަތުރުތައް ކުރާ މައި އެއް އެއާލައިން ކަމަށްވާ ގަތަރު އެއާވޭސް އިން ވަނީ ސައުދީ އަށް ކުރާ ހުރިހާ ދަތުރުތައް ހުއްޓާލާފައެވެ. ޔޫއޭއީގެ އަބޫ ދާބީ އަށް ނިސްބަތްވާ އިއްތިހާދު އެއާވޭސް އިން ބުނެފައި ވަނީ އިތުރު އެންގުމެއް އެ އެއާލައިން އިން އަންގަންދެން ގަތަރަށް ކުރާ ފްލައިޓްތައް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. ޔޫއޭއީގެ ޑުބާއީ އަށް ނިސްބަތްވާ އެއާލައިން، އެމިރޭޓްސް އިން ބުނެފައި ވަނީ އަންގާރަ ދުވަހުން ފެށިގެން ގަތަރަށް ކުރާ ފްލައިޓްތައް ސަސްޕެންޑް ކުރާނެ ކަމަށެވެ. ޔޫއޭއީގެ ޑުބާއީ އަށް ނިސްބަތްވާ ބަޖެޓް އެއާލައިން ފްލައި ދްބާއީން ބުނެފައި ވަނީ އަންގާރަ ދުވަހުން ފެށިގެން ގަތަރުގެ ދޯހާ މެދު ކުރާ ހުރިހާ ފްލައިޓެއް ސަސްޕެންޑް ކުރާނެ ކަމާށެވެ.

ގަލްފު ސަރަހައްދުގެ މަޝްރަހު މިހާރު ވަރަށް ހަލަބޮލިވެފައިވާއިރު މިދިޔަ މެއި މަހު ގަތަރުގެ އަވަށްޓެރި ގައުމުތަކުން ވަރަށް ހިތްހަމަނުޖެހޭ ކަމެއް ވަނީ ދިމާވެފައެވެ. އެއީ ގަތަރުގެ ދައުލަތުން ހިންގާ ނިއުސް އެޖެންސީން، ގަތަރުގެ އަމީރު އިރާނާއި އަދި އިޒްރޭލާއި މެދު ވިދާޅުވި ބަސްފުޅެވެ. މިކަމާބެހޭގޮތުން ގަތަރުން ބުނެފައި ވަނީ ސްޓޭޭޓް ނިއުސް އެޖެންސީ، ހެކަރުންތަކެއް ހެކްކޮށް "ފޭކް" ކޮމެންޓްތަކެއް ގަތަރުގެ އަމީރު ވިދާޅުވި ކަމަށް ޝާއިއު ކުރީ ކަމަށެވެ.

އަރަބި ގައުމުތަކެއް ގަަތަރާ ގުޅުން ކަނޑާލުމާއި ގުޅިގެން އިރާނުގެ އިސް އޮފިޝަލެއް ކަމަށްވާ، އިރާނުގެ ރައީސް ހަސަން ރޫހާނީގެ ޑެޕިއުޓީ ޗިފް އޮފް ސްޓާފް، ހާމިދް އަބޫޓަލަބީ ވިދާޅުވީ ގަތަރާ ގުޅުން ކަނޑާލުމަކުން މެދުއިރުމަތީގެ ހަމަނުޖެހުންތައް ހައްލު ކުރުމަށް އެޙީއަކަށް ނުވާނެ ކަމަށެވެ.

ހަނގުރާމަވެރި ޖަމާއަތްތަކަށް ގަތަރުން ވާގިވެރިވާ ކަމަށް ބުނެ ގަތަރުގެ އަވަށްޓެރި ގައުމުތަކުން ގަތަރަށް ފާޑުކިޔަމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އެހެންނަމަވެސް ގަތަރުން ތަކުރާރުކޮށް ވަނީ މިކަން ދޮގުކޮށްފައެވެ. ހަނގުރާމަވެރި ޖަމާއަތްތަކަށް ގަތަރުން ވާގިވެރިވާ ކަމަށް ތުހުމަތު ކުރަނީ އަވަށްޓެރި ގައުމުތަކުން އެކަންޏެއް ނޫނެެވެ. ހުޅަނގުގެ އޮފިޝަލުންވެސް ތުހުމަތުކުރެއެވެ.

ގަލްފުގެ މަަޝްރަހު ހަލަބޮލިވުމާއި ގުޅިގެން އެމެރިކާ އިން ބުނެފައި ވަނީ މި ދިމާވެގެން އުޅޭ ކަމެއްގެ ސަބަބުން ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތްތަކަކަށް ބުރުލެއް ނާރާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕެނަމާއިން ޓައިވާނާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި

ޕެނަމާއިން ޓައިވާނާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި

13 ޖޫން 2017
އިޓަލީން ޤަތަރާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެއްބަސްވެއްޖެ

އިޓަލީން ޤަތަރާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެއްބަސްވެއްޖެ

12 ޖޫން 2017
ގަތަރާ މެދު އުފެދިފައިވާ ދެބަސްވުންތައް ހައްލު ކުރެއްވޭތޯ ނަވާޒް ޝަރީފް ސައުދީއަށް

ގަތަރާ މެދު އުފެދިފައިވާ ދެބަސްވުންތައް ހައްލު ކުރެއްވޭތޯ ނަވާޒް ޝަރީފް ސައުދީއަށް

12 ޖޫން 2017
ގުޅުން ކަނޑާލި ގައުމުތަކުގެ ރައްޔިތުންނަށް ވެސް ގަތަރުގައި ތިބެވޭނެ ކަމަށް ބުނެފި

ގުޅުން ކަނޑާލި ގައުމުތަކުގެ ރައްޔިތުންނަށް ވެސް ގަތަރުގައި ތިބެވޭނެ ކަމަށް ބުނެފި

12 ޖޫން 2017
ގަތަރާމެދު އިގްތިސޯދީ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޔޫއޭއީ އިން ދީފި

ގަތަރާމެދު އިގްތިސޯދީ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޔޫއޭއީ އިން ދީފި

08 ޖޫން 2017

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު